އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެން އާއި އުތެމަގެ މައްސަލައިގައި ރައްޔިތުންގެ އިއްތިހާދާއި އިލްމުވެރިންގެ ގުޅުމުގެ ވެރިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްޑީއެން އާއި އުތެމައާ މެދުގައި އެއްވެސް ފަރާތަކުން ގާނޫނީ ފިޔަވަޅެއް ނާޅައި ލަސް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކާއި ފިޔަވަޅު އެޅުން އަވަސް ކުރެވެން ހުރި ކަންކަމާ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި އެ ދެ ޖަމާއަތާ މެދުގައި ފިޔަވަޅު ނޭޅި ލަސްވަމުންދާ ލަސްވުމުގެ ސަބަބުން ނުކުންނާނެ މައްސަލަތަކާ މެދުގައި ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި އެމްޑީއެން އާއި އުތެމައިގެ ރިޕޯޓުގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުއަސާސީއާ އާންމު އެހެނިހެން ގާނޫނުތަކާ ހިލާފު ވާހަކަތަކުގެ މައުލޫމާތު ވެސް ޕީޖީއާ ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ޒިނޭ ކުރުން ހުއްދަ ކުރުމަށާއި މާތް ﷲ ނޫން ފަރާތްތަކަށް އަޅުކަން ކުރުމުގެ ފުރުސަތު އެއްވެސް ހުރަހަކާ ނުލައި އޮންނަން ޖެހޭނެ ކަމަށް ބުނާ ބުނުން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިން ވެސް ދީނީ މިނިވަން ކަމަށް ގޮވާލައި މަދު ބަޔަކު އާޓިފިޝަލް ބީޗުގައި ކުރި މުޒާހަރާއާ މެދުގައި ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމަކީ އެމްޑީއެން އާއި އުތެމަ ފަދަ ޖަމާއަތްތަކަށް ހިތްވަރު ލިބިގެންދާ ކަންކަން ކަމުގައި ބައްދަލުވުމުގައި ފާހަގަކުރިއެވެ.
އަދި އެ ދެ ޖަމިއްޔާއާ މެދުގައި ފިޔަވަޅު ނާޅާ ނަމަ، އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާ ހިލާފު ކަންކަން އިތުރަށް ކުރުމަށް ހިތްވަރު ލިބިގެންދާނެ އިލްމުވެރިންގެ ގުޅުމާއި ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފާހަގަ ކުރިއެވެ.
ރައްޔިތުންގެ އިއްތިފާހާއި އިލްމުވެރިންގެ ގުޅުމުން ބުނީ އެމްޑީއެން އާއި އުތެމެގެ މައްސަލައިގައި ޕީޖީގެ ފަރާތުން އަދާ ކުރަން ޖެހޭ ޒިންމާ އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން ޝަމީމް ދެއްވި ކަމަށެވެ.
ޒިންމާ އަދާކުރެވޭނީ ދެން މިހާވަރަކަށް. މިއޮޢްގެން ދައުރުވެސް ނިމެނީ.
ސަމީމު. އިހްތިރާމް . އިމްތިހާނުގެ ފުރުތަމަ ޞަފުހާ . އިނގޭތޯ ރަގަޅު މާކްސް ހޯއްދަވާތި. ރަގަޅަށް ޕެސެޖް ވިދާޅުވެ ދެއްވާތި. ސުވާލުތައް ފަހުމް ކުރައްވާތި.
ނުވާނެ އެއްކަމެއްވެސް ތި ޕޯޖޯމެއްވެސް ތީ ހަމަ އޭގެ މޯހުން
ތިކަމެއްނުވާނެ
ތިޔަފަދަ ކަމެއް ހިނގިކަން އިނގޭ މީހަކު މިއަދު ސަރުކާރުތެރޭނެތް ސޭހު އިމްރާންވެސް ރައީސްމައުމޫނުވެސް...
ކަލޭމެން ތިޔަ ބައްދަލު ކުރި ކުރުމުން ދެންއެނގުނުތަ ކީއްވެގެން ކަން ފިޔަވަޅު ނޭޅި ލަސްވަނީ...
ޔާﷲ، މިގައުމަށް ގައްދާރުވަމުންދާ މީހުންގެ ކިބައިން މިގައު ސަލާމަތް ކޮށްދެއްވާށި އަދި ބޭރުގެ ނުފޫޒު ތަކުން ރައްކާކޮށްދެއްވާށި. ގައުމަށް ގައްދާރު ވާމީހުން ފަލީހަތްކުރައްވައި ނިކަމެތި ކުރައްވާށީ. އާމީން
ޝަމީމް އަކަށް ތިމައްސަލާގަ ސަހާދަ އިނގިލި ހިއްލާލާކައްވެސް ނުކެރޭނެ. ޝަމީމް ޖެހޭނީ މާ އެތިކަލް މީހަކަށް ވެގެން ހުންނަން. ތި މައްސަލާގައި ހިމެނެނީ ޝަމީމްގެ ގާތް އެކުވެރިން. ޕާޓީ ކުދިން. ކުރީގެ ލޯބިވެރިންނާ އަނބިން. ތިކަން އޮބި ދާނީ.
ތިޔަކަން ކުރި ޖަމާޢަތުގެ މީހުންނާ ދިމާއަށް ބަހެއް ބުނި މީހުންނަށް ދަޢުވާކޮށް އެމީހުން ފަހަތުން ދުވާއިރު އެކަން ކުރި މީހުން ހެވިފަ. ޝަމީމް ހިމެނޭހެން ވަޓްސްއެޕް ގްރޫޕް ހަދައިގެން އިލްމުވެރިންނަށް މަލާމާތް ކުރުމުގަ.
މިފަދަ ކަންކަމުގައި ފިޔަވަޅު ނޭޅުމުން ހަރުކަށި މީހުން އިތުރުވޭ. ޤާނޫނުތައް ހަދަނީ މަތާރަންފިލާގައި ބަހައްޓަންތޯ؟ ނުވަތަ އެއާޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންތޯ؟ ޤާނޫނު ތަންފީޛު ކުރަން ނުކެރޭނަމަ މަޤާމުތަކުގައި ތިބުމުގެ ބޭނުމެއްނެތް. ތަން ހަލާކުވެދާނެ.
އެވެސް އޭގެ މީހެއް
ޢޭނަ ވަރަށް ލޯބި ވާނެ ސަހިންދާ ދެކެ. ދެން ކިހިނެށް ތިކަން ބަލަނީ
ބައްދަލްކުރެއްވީތީ މަރުޙަވާކިޔަން އެކަމު ވިދާޅުވާގޮތައް ކަންކަން ދާނަމަ މިއަދު މިމައްސަލތައް ނުނިކުނަނާނެ ދެއްތޯ. އެމް.އެމް.ޕީ ފައިސާގެ މައްސލާގަ ވަކިބަޔަކަށް ފިޔަވަޅުއަޅަން ކެރުނު އެކަމު އެމްޑީ.ޕީގެ އެއްވެސް މެމްބަރަކަށް އަދި އެމްޑީޕީގެ ވަޒިރަކަށްވީމަ މެމްބަރަކަށްވީމަ ހަމަހަމައުސޫލް ގެއްލުމަކީ އިންސާފެއްނޫންކަމުގަ ދެކެމެވެ. ޤިޔާމެއްދުވަސް އޮތީ ކުރިމަތީގަކަމުން އެކަމަށްވިސްނަވާލައްވާގެން މަސައްކަތް ކުރީމަ ކާމީބުއާއި ފަލާޙް ލިބޭނެ.
ބަައްދަލުކުރިއިރުވެސް ތިބޭފުޅުން އެނގެންވާނެ އެއީ ޝަހިންދާގެ ކުރީގެ ފިރިމީހާކަން، ދެން އެނާއަށް މަޤާމްދިން މީހުން އެތިބީ މި ސަރުކާރުގެ މަތީ މަޤާމުތަކުގަކަން، ކޮންކަމެއް އެއްކަމެއްވެސް ނުވާނެ، ހެޔޮނިޔަތުގަ ކުރިކަމެއް ރަނގަޅުވާނެ.
ނިޔަތް ކިހިނެއްތޯ ބެލީމަ އެނގޭނީ.
ބައްދަލްކުރެއްވީތީ މަރުޙަވާކިޔަން އެކަމު ވިދާޅުވާގޮތައް ކަންކަން ދާނަމަ މިއަދު މިމައްސަލތައް ނުނިކުނަނާނެ ދެއްތޯ. އެމް.އެމް.ޕީ ފައިސާގެ މައްސލާގަ ވަކިބަޔަކަށް ފިޔަވަޅުއަޅަން ކެރުނު އެކަމު އެމްޑީ.ޕީގެ އެއްވެސް މެމްބަރަކަށް އަދި އެމްޑީޕީގެ ވަޒިރަކަށްވީމަ މެމްބަރަކަށްވީމަ ހަމަހަމައުސޫލް ގެއްލުމަކީ އިންސާފެއްނޫންކަމުގަ ދެކެމެވެ. ޤިޔާމެއްދުވަސް އޮތީ ކުރިމަތީގަކަމުން އެކަމަށްވިސްނަވާލައްވާގެން މަސައްކަތް ކުރީމަ ކާމީބުއާއި ފަލާޙް ލިބޭނެ.