"ޓު ޣައްޒާ ވިތް ލަވް"ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ފަންޑް ރެއިޒިން ހަރަކާތެއް ފަށައިފިއެވެ.

ގުދުސްގައި އެމެރިކާގެ އިޒްރާއީލު އެމްބަސީ ހުޅުވިތާ މާގިނަ އަރުތަކެއް ނުވަނީސް ޣައްޒާގައި މުޒާހަރާތައް ފެށުނެވެ. ޣައްޒާ ބޯޑަރު ކައިރީގައި ފެށުނު މުޒާހަރާތައް ހުއްޓުވުމަށް އިޒްރާއިލުގެ ސިފައިން ވަނީ ބާރުގެ ބޭނުންކޮށް މީހުންގެ ތެރެއަށް ބަޑި ޖަހާފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 60 އަށް ވުރެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާގައި އިޒްރާއީލުން އަނެއްކާވެސް މިފަދަ ލާއިންސާނީ ހަމަލާތައް ދޭން ފަށާފައިވާ ދަނޑިވަޅެއްގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން އަނެއްކާވެސް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިވެންޓެއް މިވަނީ ފަށާފައެވެ. މިފަހަރުގެ ހަރަކާތަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

އެ ޖަމިއްޖާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެކަމާއި ގުޅޭގޮތުން އާާންމު ކުރި ޕޯސްޓެއްގައި ހާމަ ކޮށްފައިވާ ގޮތުން ޣައްޒާގެ 10 މީހުންގެ އާއިލާއަކަށް އެއްދުވަހުގެ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަރަދުވާނީ އެންމެ 20 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 310 ރުފިޔާއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ހަރަކާތުގެ ދަށުން ކޮންމެ މީހަކަށްވެސް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާާލާފައެވެ. އެގޮތުން އެ ޖަމިއްޔާގެ ބޭންކް އެކައުންޓުތަކަށް ފައިސާ ޖަމާކޮށްގެން އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް:

އެކައުންޓް ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް ނަންބަރ: 7770000014818 ޑޮލަރު އެކައުންޓް ނަންބަރ: 7770000014817

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން މީގެ ކުރިންވެސް ޣައްޒާގެ އިތުރުން މުސްލިމުން ހާލުގައި ޖެހިފައި ތިބި އެކި ސަރަހައްދުތަކަށް އެހީފޮނުވުމުގެ ހަރަކާތްތައް ހިންގާފައި ވެއެވެ.