ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންނަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްގައި ތިބި މީހުންތޯ ބެލުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ މީހުންގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށް ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ހުށަހަޅަމުންދާ ކަމަށެވެ.

މިގޮތަށް ހުށަހަޅަމުންދާ ސަބަބު ހާމަކޮށް އެ މިނިސްޓްރީން ބުނީ ބައެއް ފަރާތްތަކުން ސައްޙަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫން ކަމަށް ބުނަމުން އަންނަ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ގެ ދަށުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ގައުމަށް އެނބުރި ފޮނުވާލާފައިވާ ކަމަށެވެ. މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ފޮނުވާލިއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 20،000 މީހުން އެނބުރި އެމީހުންގެ ގައުމަށް ފޮނުވާލުމެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ފޮނުވާލުމުގައި ސަރުކާރަށް އެހީވެދީފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. މޯލްޑިވިއަންގެ އިތުރުން ބަންގްލަދޭޝް ސަރުކާރުން ވެސް ބައެއް ފްލައިޓުތައް ވަނީ ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަ

    ހުރަވަޅިން ދިޔައީ ސައްޙަ ލިޔުންތިބި ބިދޭންސީން.. އިންޑިޔާވެސް ބަަނގްލަދޭސް ވެސް.. ގިނަ ކުންފުނިތަކުން ސަރުކާރު ބޮލަށް މުވައްޒަފުންތައް ޖެހީ.. އެނގިގެން މިބުނީ.. ކުރިންވެސް މިކަމަށް ކޮމެންޓްކުރިން..

  2. އޮޅުވާލި ވޯޓު

    ބަންގާޅީން ފޮނުވާލާފަ އިންޑިއާ މީހުންގިނަކުރަންަ ތިއުޅެނީ ދިވެހިން އެފުރުސަތު ދިނުމަކީގައުމައް ހުރިބޮޑުބިރެކަމުގާނޫނީނުވާނެކަން ޔަގީން

  3. ޙަސަނާ

    ބާކީ އޮތީ 4 މަސްދުވަސް 6 މަސްދުވަހުން ހަހާސް މީހުން ފޮނުވާލެވުނު ބަޔަކައް ސާދަހާސް މީހުންފޮނުވޭނެބާ...