ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުއަކީ 38.3 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނެފައިވަނީ އޭދަފުށީ މަގުތަކުގެ ތާރު އަޅާއި މިހާރު އެ މަޝްރޫއުގެ 87 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފެން ހިންދުމަށްޓަކައި ޕަމްޕު ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން، 22،942 ސްކުއެއާ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރީފް

    ޔާމިނު ސަރުކާރުން ފެށި ޕްރޮޖެކްޓެއް

    1
    1
  2. ސަރޭ

    މި ސަރުކާރުގެ ކމެއް ނޫން ތީކީ، މި ސަރުކާރު އައިފަހުން އިޅެނީ ވައްކަމުގަ ތަރްއްގީއައް އެއވެސް ކަމެއް ނުކުރޭ

    1
    1
  3. އައްޑޫމީހާ

    މަރްހަބާ އޭދަފުށީގެ ވެރިން.
    އައްޑޫ ސިޓީގައި މަގުތާރު އަޅަނީ ކޮންދުވަހަކުންތޯ؟
    އައްޑޫ ސިޓީގެ މަޖިލިސް އާއި ކައުންސިލްވެސް އެއޮތީ އެމްޑީޕީއަށް ދީފައި.
    އަޅެ އެމްޑީޕީއަށް މަރުދީފައިވާ އަސްލަމާއި ސޯބެ މިކަމަށް ޖަވާބެއްދީބަލަ.