ތ.އަތޮޅު ގުރައިދޫގައި ބަނދަރަށް ވެއްޓި މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނދަރަށް ވެއްޓި ނިޔާވެފައި ވަނީ އުމުރުން 84 މީހެކެވެ.

އޭނާ ބަނދަރަށް ވެއްޓިފައި އޮއްވާ ފެނިގެން އޭނާ ނެގީ ޑިންގީ އެއްގައި ތިބި ދެމީހުންނެވެ.

އޭނާ މޫދުން ނަގައިގެން ރަށުގެ ޞިއްހީ މަރުކަޒަށް ގެންދެވުނު އިރު، ހާލު ސީރިއަސްއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައީ މިރޭ 20:45 ކަންހާއިރުއެވެ. އޭނާ ނިޔާވިކަން ގުރައިދޫ ސިއްހީ މަރުކަޒުން ކަށަވަރު ކޮށްދީފައިވަނީ މިރޭ 21:15 ކަންހާއިރުއެވެ.

އޭނާ މޫދަށް އެރުނީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ދަނީ ނިޔާވެފައިވާ މީހާގެ ހަށިގަނޑު ކައިރީގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޙަސަން

  "ގުރައިދޫ ބަނދަރަށް ވެއްޓި މީހަކު ނިޔާވެއްޖެ" މިހެން ބުނެފައި ފަހުން "އޭނާ މޫދަށް އެރުނީ" އޭ ބުނުމުން ކަމަކު ނުދެއެވެ.

  16
 2. އަލީ

  ކޮބާހޭ އަގުހެޔޮކުރި އެތެރޭގެ އުދުހުންތައް. މިދަތި ދުވަސްވަރު މޯލްޑިވިއަން އިން ރައްޔިތުން ފެލަނީ. މިކަމާ ޒިންމާވާނެ މިނިސްޓަރެއްވެސް ނެތީތޯ. މީޑިއާތައް ގަދަ ނިދީގައިތޯ...
  ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް...

  5
  1