ނަމާދު ކުރާއިރު މުއްނާރު ޖައްސާކަށް ނުޖެހޭނެ (މިސްކިތުގެ ބޭރަށް ނަމާދު ކުރާ އަޑު އިއްވާކަށް ނުޖެހޭނެ) ކަމަށް އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވީ އިބްރާހިމް މިސްކިތުގެ ޢިމާމް އިސްލާމިކް މިނިސްޓްރީ އަށް ހާޒިރުކޮށް ނަމާދުކުރާއިރު ބޭރަށް އިވޭގޮތަށް މައިކު ބޭނުންނުކުރަން އެންގީ ކީއްވެތޯ ސުވާލުކޮށް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ. ޑރ.ފައިސަލް ވިދާޅުވެފައި ވަނީ އިބްރާހިމް މިސްކިތުގައި ވަކިން އެތެރެއަށް އަޑުއިވޭގޮތަށް ހެދެން ނުހުންނަ ކަމަށާއި ފަންކާތަކުގެ އަޑާހެދި އިމާމު ސަޖިދައިންތެދުވިތޯ ބަލަން ބޯހިއްލާލަން ޖެހޭ ކަމަށެވެ.

އެޓްވީޓަށް އިޝާރަތް ކުރައްވާ ޝައިހް ޒައިދު ވިދާޅުވީ މިސްކިތުގެ އެތެރޭގެ އަޑު ކަނޑާލަން އިސްލާމިކް މިނިސްޓްރީން ނާންގާނެ ކަމަށެވެ. "ނަމާދު ކުރާއިރު ހަޤީޤަތުގައި މުންނާރު ޖައްސާކަށް ނުޖެހޭނެ. މުންނާރު ޖައްސަން ވާނީ ބަންގި ގޮވާއިރު އެކަނި. އުސައިމީން ރަހިމަﷲ ފަދަ ބޮޑެތި އާލިމުން ވެސް އެބަހުރި އެގޮތައް އެވާހަކަ ބަޔާން ކުރައްވާފައި." ޝައިހް ޒައިދު ވިދާޅުވިއެވެ.

ޝައިހް ޒައިދުގެ ޓްވީޓްގައި ވަނީ މިސްކިތުގައި ނަމާދު ކުރާއަޑު ލައުޑް ސްޕީކަރުން އިއްވުމަކީ އިސްލާމްދީނުގައި ކަންކުރަން އޮންނަން ގޮތް ނޫންކަން ސާފުކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ މަޝްހޫރު އިލްމުވެރިޔާ މުހައްމަދު އިބްނު އަލް-އުސައިމީން ދެއްވާފައިވާ ދަރުހެއްގެ ތަފްސީލް ހިމެނޭ ލިންކެއް ވެސް ހިއްސާ ކުރައްވާފައެވެ.

މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ނަމާދު ކުރާ އަޑު ވަރަށް ބާރަށް ލައުޑް ސްޕީކަރުން އިއްވައެވެ. ކައިރި ކައިރީ ހުންނަ މިސްކިތްތަކުން ނަމާދު ކުރާ އަޑު ބާރަށް އިއްވާތީ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާއިރު އޮޅުން ވެސް އަރައެވެ.

ނަމާދު ކުރާ އަޑު މިސްކިތުގެ ބޭރަށް އިއްވާކަށް ނުޖެހޭނެ ކަމަށް ސައުދީ އަރަބިއްޔާ، މިސްރު އަދި ޔޫއޭއީ ފަދަ އިސްލާމީ އެތައް ގައުމެއްގެ ފަތުވާ މަޖިލިސްތަކުން ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. އަޙްމަދު

    ކުރިން ކަލޭމެންވެސްކީ އެހެން ލަވައެއް! މިހާރު ރާގުބަދަލުވަމުން ދަނީ!

    101
    4
  2. އައްބޭބެ

    ޑރ.ފައިސަލް ވިދާޅުވެފައިއެވަނީ އިބްރާހިމް މިސްކިތުގައި އެތެރެއާއި ބޭރުގެ ސައުންޑް ވަކިން ޖެއްސޭގޮތަށް ނުހުންނައިރު އެގޮތައް މިނިސްޓްރީން މިސްކިތުގެ ހާލަތު ނުބަލަ ކަންތައް ކުރުމުން ދިމާވި މައްސަލާގެ ވާހަކަ. ތެދެއް ރަސޫލު (ސއވ) ޒަމާނުގައި ނުހުރޭ ލައުޑް ސްޕީކަރެއް އެހެންވީމާ މިސްކިތުގައި ސައުންޑް ނެތަސް ނަމާދު ސައްހަވާނެ. އަޑު މަޑުކުރަން ހަދަންޖެހޭނެގޮތަކީ މިސްކިތުގެ ދޮރުތައް ލައްޕައި ފަންކާތައް ނިއްވާލުން. އަދި އިންޖީނުލީ އުޅަނދުތަކަށް ނަމާދުވަގުތައް ވަށައިގެންވާ މަގުތައް ބަންދުކުރުން.

    109
    4
  3. ޢަބްދުﷲ ޞިއްދީޤް

    ބޭރަށް އަޑު އިވުނީމަ އޮޅުން އަރަނީ ނަމާދު ކުރާއިރު އެކަނި ދޯ؟ އެހެން އެއްވެސް އަޑަކުން ކަމެއް އޮޅުން ނާރާތޯ؟

    88
    4
  4. ސަންތި

    ޑރ ފައިސަލް ވިދާޅުވެފައި އޮތީ، މިސްކިތުގެ އެތެރެއަށް ވަކިން އަޑު އިވޭ ގޮތަށް މައިކް ވަކިން ނުޖެއްސޭ ކަމަށް! ތިޔަ ކަހަލަ ސޭކުން އުޅޭތީޔޭ ގައުމު ފަސާދަވަނީ! ތަނެއް ދޮރެއް ނޭނގޭ ޖާހިލުންވެސް ތިޔަށްވުރެ ރަނގަޅުވާނީ! ޝެއިޚުންގެ އަސާސީ އެއް ކަމަކީ ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ ފައި ސުވާލަށް ޖަވާބު ދިނުން!

    93
    5
  5. ތޮރާ

    ތިތިބީކިޔެވި ލިޔެވިހެން އޯވަރ ވެފައިދެންދުވަސްކޮޅަކުންބުނާނެ ނަމާދު ވެސް އެއީ އިޚުތިޔާެރިކަމެއްކަމަށް

    61
    8
    • ވަޒީރެއާލާ

      އަހަރެންގެ މުނިކާފަ ބުނާނެ އެވެނިމީހަކު ކިޔެވި ކިޔެވީނުންގޮސް ކާފަރު ވީ ވާހަކަ. ވެދާނެ މީވެސް އެކަހަލަ މީހަކަށް.

      9
      4
  6. ޢަލިބެ

    މާދަންބުނާނެ ނަމާދުކުރާކަށް ނުޖެހޭނެޔޭ

    67
    9
  7. ނ

    މިއީ ސެކިއުލާ ކުރުމުގެ ފުރަތަމަ ފިޔަވަޅު..ލިޔުންތެރިޔާ މިސްކިތައް ނަމާދަށް ނުދާތީ ނޭނގެނީ...ބައެއް ވަގުތު މިސްކިތުގެ ބޭރުގައިވެސް މީހުން ނަމާދަށް ތިބޭ
    ޢަހަރެން އަރާ މިސކިތުގާ ކޮންމެ ވަގުތަކުގާވެސް ބޭރުގައި މީހުން ނަމާދަށް ތިބޭ
    ބަލަން ބޭނުން ނަމަ...ހީނާމާގޭ ޕާކިންގ ސަރަހައްދުގައި ހުރި މިސްކިތް ކައިރިޔަށް ދޭބަލަ

    75
    4
  8. އަހްމަދު

    ﷲ ތަކްބީރު ގެ އަޑު އިވެންޖެހޭނޭ އިއްވަންވެސް ޖެހޭނެ ކަމުގައި އަޅުގަނޑު ދެކެން. ނަމާދު ކުރެވޭ އިރު އެއަޑު އިވުމަކީ އިސްލާމް ދީނާއި މާތްﷲ މަތިން ހަނދުމަކޮށްދޭކަމެއް
    އަދި މިއަޑަކީ އަޑު އަހާހިއްވާ އަޑު އިއްވުންވެސް މޮޅު އިތުރު ކަމެއްގެ ގޮގުގައި ދެކެން
    އަޅަމެން އެއްމެނަށް ހެޔޮވިސްނުން ދެއްވާށި. އާމީން

    97
    3
  9. ސައިމާ

    މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދާއި ޢީދު ނަމާދުގައި މިސްކިތުގެ އެތެރޭގައި ތިބޭ މީހުންނަށްވުރެ މިސްކިތުގެ ބޭރުގައި މަގުމަތީގައި ނަމާދުކުރަން ތިބޭ މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރެވޭ. އަދި މަގުގެ ވަރަށް ދުރަށް ސަފުތައް ހަދާފަ އޮވޭ. މިފަދަ ވަގުތުތަކުގައި އިމާމުމީހާގެ އަޑު ބޭރަށް ނީވޭނަމަ އިމާމާއަށް ތަބާވެގެން ނަމާދުކުރަން ދަތިވާނެ. އިމާމާ އަޑުހަރުކޮށް ކިޔަންޖެހޭ ތަކުބީރުތަކާއި، ކިޔެވުންތައް މައުމޫމުންނަށް އިވޭގޮތަށް އިންތިޒާމު ކުރެވެންވާނެ.

    74
    2
  10. އޮޅުވާލި ވޯޓު

    މިއީސެކިއުލާކުރުމުގެ ފުރަތަމަފިޔަވަހި ނަމާދުގަކިޔަވަނީގުރުއާން ގުރުއާންކިޔަވާ އަޑުއެހުމަކީވެސް އެއިން ނުހަނު ގިނަގުނަ ސަވާބުކިބޭކަމަކައް ވާއިރު ގުރުއާނުގެ އަޑުކަޑުވާލަން ހިންގާ ބޮޑުޖަރީމާއެއް ކަމުގާ ދެކެން މުސްލިމުން އަދިވެސް ހޭލާކައް ނުވަނީތޯ

    41
    2
  11. ނަން

    އެއްމެ ސުވާލެއް ކީއްވެ ބަންގި އަޑު މަޑީ؟

    40
    1
  12. ކަހަރުވައް

    ނަމާދުކުރާ އަޑު އިވުނީމަ ހިތްތަކަށް ހަމަޖެހުން ލިބޭ❤️ ބަޔަކަށް އުނދަގޫ ވިޔަސް އަހަރުމެންނަކަށް އުނދަގުލެއް ނުވޭ♥️ ނަމާދުކުރާ އަޑާއި ޤުރްއާން ކިޔަވާ އަޑުއިވުމުން އުފާވޭ♥️ އެކަމަކު މިއުޒިކް ކުޅޭ އަޑުއިވުމުން ވަރަށް ބޮލަށް އުނދަގޫވޭ? އަޑުގަދަކޮށް މިއުޒިކް ޝޯތައް ބާއްވަން ހުއްދަދޭތީ ރުޅިވެސް އާދޭ????

    64
    2
  13. ނަޖީ

    ތިޔަކީ ށޭހެއްކަމަކައް އަހަރުމެން ގަބޫލެނުކުރަން ށޭހެއްނަމަކަ ނަމާދުކުރާ އަޑުކަޑުވާލަން މަސަކަތެނޖކުރާނެ މިއީިއިސްލާމީގައުމެއް މިގައުމުގަ ތިބޭކައް ނުޖެހޭ ކީރިތިގުރުއާނުގެ އަޑުއިވުނީމާ އުދަގޫވާބަޔަކު ތިދެން ތަންކޮޅެބޮޑުވަރު ބައެއްގެ މުށުތެރޭއޮތަކަސް

    37
    1
  14. ޞަހީފާ

    މަށަށް ހީވަނީ މި ޒައިދާ އިޔާސް ބޮލެކްމެއިލްކޮށްގެން ބަޔަކު އުޅޭހެން.

    36
    1
  15. އޮޅުވާލި ވޯޓު

    އަހަރުމެން މުސްލިމުންވެސް ނުބެހޭ ޔަހޫދީންކުރާކަންތަކާ ދެން ކީކުރަން މުސްލިމުންގެ ކަންތަކާ ޒައިދު މިބެހެނީ ކަލޭކިތަމްމެ ވަރެއްދައްކަމުން ދިއަޔަސް އަހަރުމެން ކަލޭބުނާގޮތަކައް ތަބައެއްނުވާނަން މި ހާރުވަރައް ސާފު ޒައިދު ކަލެޔަކީ ކިހާވަރެއްގެ މީހެއްކަން ޔާ ﷲ މިކަހަލަ މަދުބައެއްގެ ކިބައިން މި އިސްލާމީގައުމު ސަލާމަތް ކުރައްވާށި އާމީން

    33
    2
    • ބުރާންތި

      ވަރަށް ނުބެހޭނެ ޔަހޫދީންނަކާ، ތެދުވާހަކައެއް. ބުރަކަށީގަ އޮންނަ ގުދު ނުފެންނަ ބައެއް

      5
      3
  16. ދ

    އިސްލާމު ނޫން ޔޫރަޕްގެ ގައުމުތަކުގައި އޮންނަ ހެން ދެން ހަދަން އެއުޅެނީ ދީން އޮންނަން ޖެހޭނީ މިސްކިތު ހަތަރުފާރުން އެތެރޭގައޭ މިހާރު ދީނީ ދަރުސު ބާއްވަން ވެސް ތަންތަން ދިނުން ސަރުކާރުން ވަނީ ހުއްޓާލާފައި އަޅެ މީމީހުން މިތިބީ ހަމަ ހޭގައިތަ ޒައިދު ، އަދި އިޔާޒު މަގާމުގެ ދަހިވެތި ކަމުގައި .. އިސްލާމިކް މިނިސްޓްރީ އުފެދުނު ފަހުން މިހާތަނަށް އެތަނުގެ އަޑު މަޑުވީ މިސަރުކާރު އައި ފަހުން .. މިއީ ދޮގެކޭ ބުނެބަލަ... ދީން ހިމާޔަތް ކުރުމުގެ ގާނޫނު ތަންފީޒެއް ނުކުރޭ ދީނަށް ފުރައްސާރަ ކުރާއިރު ބަޔާނެއް ވެސް ނެރެލަން ނުކުރޭ

    32
    2
  17. ޢަފްލާ

    ކިތަންމެ މޮޅަސް ޒައިދުމެން ޢިޔާޒްމެންގެ ވަހަކ މިހާރު ގަބޫލު ކުރަންދަތި އެއްފަޅި ލާދީނީ އަނެއްފަޅި އިސްލާމް ދީން މީ މިކަން ހަބުލުކުރެވަެނެ ގޮތެއްނޫން ތިމާރުހޭ މީހާ ކުރީމަ އޯކޭ ނުރުހޭ މީހާ ކުރީމަ ކަމުނުދާ ވައްތަރު ކޮންވައްތަރު ހުންނަނީ ޝއޚުން

    27
    2
  18. ޝަކީލް

    އޭނަ އެބުނީ ހަމަ ސަތޭކައިގެ ވާހަކައެއް! އިބިލީސް ބުންޏަސް ރަގަޅު ވާހަކަ ވާނީ ހަމަ ރަގަޅުވާހަކަޔަށް! ނަމާދުކުރާ އަޑު ކޮންމެހެން ބޭރަށް އިއްވާކަށް ނުޖެހޭ!

    2
    34
  19. ކަނޑުކޮސް

    އިއްވަންވާނެ. ތަންގަޑު މީހުންނަށް ނުކުޅަދާނަ ވާވަރަށް އަޑު ގަދަ ކުރަންވާނެ.

    10
    13
  20. ކަހުރަބު

    މުންނާރުން ގޮވަން ވާނީ ބަންގިދޭ މީހާ އެތަނަށް އަރާ. ތާޅަފިލި ބަހަށްޓާކަށް ނުޖެހޭ

    17
    1
  21. މުއާމަރާއެއް

    ދުރާލާ ރާވައި ނުލަފާ މީހުން އެކަމަށް ތަމްރީނުވެސް ކުރުވައިގެން ހިންގާ ކަންތައްގަނޑެއް. ހަމައެކަނި ނަމާދުކުރާ އަޑުތޯ ބޭރަށް އިއްވަންނުވަނީ؟ އެހެން ހުރިހާ އަޑެއް ވަރިހަމަ، ތަންގަނޑުމީހުން ބޯފަޅައިގެންދާ ވަރަށް ވެސް އަޑުގަދަކޮށްފަ ބަހައްޓަން. ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން އެހެން ހުރިހާ ކަމެއް ނުކުރާ ގޮތަށް ހަމަޖައްސަން މި މަޖުބޫރުކުރަނީ ހަމައެކަނި އިސްލާމްދީނާ ގުޅުން ހުންނަ ކަންކަމުގައި. އިސާހިތަކު ބުނެފާނެކަންނޭނގެ، މިސްކިތްތައް މިހާ ބޮޑެތިކޮށް ޒީނަތްތެރިކޮށް ހަދާކަށް ނުޖެހޭނެޔޭ، އަސްހާބު ޒަމާނުގައިވެސް މިހާ ބޮޑެތި ޒީނަތްތެރި މިސްކިތްތަކެއް ނުކުރެޔޭ. މިސްކިތެއް ދެ މިސްކިތުން ކޮންމެ ރަށަކަށް ފުދޭނެޔޭ. ދެން ހުރި ތަންތަން، ބިރެއްނެތި މަޖާކުރާ މަރުކަޒުތައް ހިންގަން ދޫކޮށްލަންޖެހެޔޭ.

    13
    2
  22. ތާކިހާ

    ހޫޫޫޫޫޫޫހޫޫޫހޫޫޫހޫޫހޫޫހޫުއް ! އެބަކުލަވޭ. އެޖެންޑާ 19 .

    14
    1
  23. ހަސަން

    މީގެ ކުރިން ބުނީ ނަމާދު ކުރާ އިރު އަޑު އިވެންޖެހޭނެއޭ. މިހާރު ތިބުނަނީ އަޑު އިވޭކަށް ނުޖެހޭނެއޭ. ފައިސާ ނެގި އަސް ބޮޑުވަރު ތި މަހަކު -/45000 ރުފިޔާ ލިބޭ ތިބުނާ މީހާއަށް.

    14
  24. ހަސަން

    މާދަން ބުނާ ނެ ނަމާދު ގެ އަޑު ގަދަ ކޮށް ޤުރުއާން ކިޔަވާކަށް ނުޖެހޭނެއޭ އަދި ހުކުރު ދުވަހު ހުތުބާ ވެސް އަޑު ގަދަ ކޮށް ކިޔާ ކަށް ނުޖެހޭނެއޭ. ކީކޭ ބުނާނީ.

    14
    1
  25. އައްޝައިޚް ޓިނު ވަގު

    މިސްކިތުގައި ނަމާދު ކުރާ އަޑު ބޭރަށް އިއްވުމަކީ ވަރަށް މުހިންމު ކަމެއް... ސަބަބަކީ ޣާފިލުކަމުގެ ނިދިން މުސްލިމުން ހޭލައްވާ އަދި ﷲ ގެ މަގަށް ރުޖޫޢަ ވުމަށް އެޅޭ ބާރަކަށް ވާނެތީ...

    16
    2
  26. ޙހހހ

    ޢަލީ ޒައިދުމެން މިހާރު ކަނުވެއްޖެ ، ވީގޮތެއް ނޭނގެނީ ، ހަމަ މީހަކު އެއްޗެއްބުނާއިރަަށް ބަލާވެސް ނުލާ ޒާހިރުމެން އަނގަތަޅަންޖެހޭތަ ، ޑރ. ފައިސަލް އެބުނަނީ އަޑުނީވޭ ވާހަކަ ، އެހެންވީމަ ލޯޑަށްލާގެން އަޑުއިވުނަސް ރަނގަޅުތާ ، ބަލަ ލާދީނީ އެތަށްކަމެއް ހިނގާއިރު ޒާހިރުމެން ފުރިފަ ތިބީތޯ ، ގުޑުގުޑު ނާޅަނީ

    13
    • ޞަމީރާ

      ނަމާދަށް ދާން ހަނދާންނެތިފަ ހުންނަ މީހަކަށް މިސްކިތުގައި ނަމާދުކުރާ އަޑު އިވުމުންވެސް ނަމާދަށްދާން ހަނދާންވެދާނެ. އަޑު ނީވުމަށްވުރެ އިވުމުން ލިބޭ ފައިދާ ބޮޑު. މިސްކިތުގެ އެތެރެއަށްވެސް ބޭރަށްވެސް.

      16
      2
  27. ހުސޭނުބޭ

    އަހަރެން މިއުޅެނީ ޝައިޚް އަލީ ޒައިދު ކަންފަތްމަތީ އެންމެންކުރިމަތީ ވަރުގަދަ ތަފާލެއް އަޅަލަން! ރޯއިރު ބޭރަށް އަޑުއިއްވާކަށް ނުޖެހޭނެ! ކަލެއަށް މިކަން ވާނެތަ!

    • އަހްމަދު

      ހުސޭނުބޭ ތިބުނީ ޓެރަރިޒަމަށް ހިތް ވަރުދޭ ވާހަކައެއް. ތިވާހަކަ ރައީސް ސޯލިހަށް ނިސްބަތްކޮށްބުނިނަމަ ބަންދު ކުރާނެ.

  28. އައްޔާ

    ކަލޭގެ ބަހަށް ބުއްޅަބޭގެ ތަޢުރީފް އެބަ އޮތް! ލަންޑަނުން ތެރަޕީ ހަދައިގެން އައިސް ތީގެ އިނާމެއްގެ ގޮތުން މުސާރަ ޑަބަލްކޮށްދޭނެ!

    10
  29. ?

    އެއީ ކީއްވެގެންކަން ބުނަން ވާނެނު؟ އޭރައްނު އިނގޭނީ ބުއްދިއަށް ގަބޫލް ކުރެވޭ ވާހަކަ އެއްކަން ތި ދައްކަވާނީ. ހަމަ ގައިމުވެސް ނަމާދު ކުރަންތިބޭ އެންމެންގެ ވެސް އީމާންތެރިކަން އިތުރުވާ ގޮތް ހަދަން ޖެހޭނީ. އެއީ ކޮންގޮތެއް ސަބަބާއި އެކު ބުނެދީ

  30. ކައުންސެލަރު

    ލާދީނީ ލާދީނީ ލާދީނީ ލާދީނީ ލާދީނީ

    5
    1
  31. ވެލާ

    މިސްކިތަކީކޮބައިތޯ. މިސްކިތުން ބޭރުގައި ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

  32. ރައްޔިތުމީހާ

    މިސްކިތް ފުރިގެން ބޭރުގައި ނަމާދުކުރުން އާންމުވެފައި މި ދަނޑިވަޅުގައި މިކިޔަނީ ކޮން ލަވައެއް ....

  33. މުހައްމަުބޭ ކުޑަހުވަދޫދަރި

    ބައެއމުދިމުންނަށް ހިވަނީ އެފަރާތުގެ އަޑުރީތިކަމަށްވަނީ ބާރަށޤ ބޭރަށްދިނުންކަމަށަޢި އެކަމަކު ނެތްއަޑެތް އެައކުންއަދިނުނުވާނެ ކުޑަހުވަދޫގެ ބައެއްމިސްކިތްތަކުގައި އަޑުހުނަނީ ފީސްވެމުޅިން ކިޔާއެއްޗެއްނޭގޭވަރުކޮށް އަޑުހަމައެއްގޮތަކަށްވެސްކަމަކުނުދޭ ވަކިވވަރަކަށް ވުރެއްބާރުވުމަކުން އަލުން ރަގަޅުކުރާނެކަމަށް ހީކުރަން

  34. ދީދީގެސީދީ

    ނަމާދު ކުރާ އިރުވެސް ބަންގި ގޮވާ އިރުވެސް ލޯޑު ބޭނުން ކުރާކަށް ނުޖެހޭނެ. އެއީ ކީރިތިރަސޫލާ ނަމާދު ކުރެއްވި ގޮތެއްނޫން. ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވަނީ ތިމަންކަލޭގެ ފާނު ނަމާދު ކުރާތީ ތިޔަބައިމީހުން ދުށްގޮތަށް ނަމާދު ކުރާށޭ. އެހެންވީމާ ޒަައިދު މެން އަންގަންވީނު މިސްކިތުގައި ސައުންޑްސިސްޓަމް ބެހެއްޓުމަކީވެސް އިސްލާމްދީނުގައި އޮންނަ ކަމެއްނޫނޭ.

  35. ކެނެރީގެ ވަގު

    ކޮއްމެހެން ބަންގީގެ އަޑުވެސް އިއްވާކަށް ނުޖޭހޭ. ޥަގުތު ޖެހުނީމަ

    3
    1
  36. ދޯ

    ދުވަސްކޮޅަކުން ބުނާނެ ބަންގި އަޑުވެސް އިއްވާކަށްނުޖެހޭނެއޭ. ފަހުޒަމާނުގައި ދީން އޮޅުވާނެކަމީ ކަނޑައެޅި އެނގިގެންވާކަމެއް.

  37. ބުނެބަލަ

    އެއީ ކީއްވެބާ އނަމާދުކުރާއަޑު އިވުނީމާ އެހެންމީހުންގެ ހިތައް އިސްލާމް ދީނުގެ ލޯބި އިތުރުވެދާނެތީތަ

    6
    1
  38. ކީއްވެ

    ތިހެންވިއްޔާ ބަންގި ވެސް ގޮވަން ނުޖެހޭނެ ކަމަށް ކަލޭމެން ބުނެފާނެ.
    ސަލާތު އެމްވީ އެޕްއިން ބަންގި އެލާޓް އާދޭ. އެހެންވީމާ ބަންގި ގޮވުމުގެ ބޭނުމެއް ނެތްތާ

  39. މޮޑަން

    ބައެއް މުދިމުން ކަންދެއްކުމުގެ ގޮތުން ނަމާދުކުރާ އިރު މުންނާރު ލޯޑްއިސްޕީކަރުޖައްސަނީ މާމޮޅުމީހެއްކަން ދަށްކަންވެގެން ގްރުއަާނު މެދުޓެރެއިން ދެތިންއާޔަތް ހިތުދަސްކޮށްގެން އުޅޭނީ ގްރުއަާން ހިތުދަސް ހާފިޒަކަށް ހެދިގެން