ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރެހެނދި ފްލެޓުން ދެ ފްލެޓު ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބެލުމަށް ނިންމައިފިއެވެ.

އެ ދެ ފްލެޓު އަދުރޭ ބައްލަވައިގެންފައި ވަނީ އެއްފަހަރާ 9 މިލިއަން ރުފިޔާ ދެއްކުމަށްފަހުއެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަދުރޭ އެ ފްލެޓުތައް ބައްލަވައިގެންނެވިއިރު އޭރުވެސް ގިނަ ބަޔަކު އަދުރޭ އެ ފްލެޓު ބައްލަވައިގަތް ގޮތް ހާމަ ކޮށްދެއްވުމަށް ގޮވާލެއްވިއެވެ. އެކަމާއި ގުޅިގެން މީގެކުރިން އެ މައްސަލަ އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ނިންމީ އެއްވެސް ކޮރަޕްޝަނެއް އެ މައްސަލާގައި ނެތް ކަމަށް ބުނެއެވެ.

އޭސީސީ އިން ބުނީ މައްސަލަ އަލުން ބަލަން ނިންމި ސަބަބެއް ކަމަށް އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި "ސުވާލު އުފެދޭ" ކަންތައްތަކެއް ހުރުމުން ކަމަށެވެ. އިތުރު ތަފްސީލެއް މިވަގުތު ހާމަކުރަން އެ ކޮމިޝަނުން އިއުތިރާޒު ކުރެއެވެ.

އަދުރޭ އަކީ ރައްޔިތުން މަޖިލީހުގައި ދެ ދައުރު ފުރިހަމަ ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ދެ ދައުރު ފުރިހަމަ ކުރެއްވި ބޭފުޅެއްގެ މުސާރަ ހުރި ގޮތަށް ކޮންމެ މަހަކު ފޮރުވި ނަމަވެސް 9 މިލިއަން އެއް ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަދުރޭ ވަނީ އޭނާ ފްލެޓު ބައްލަވައިގެން ކަމަށް މީޑިއާގައި އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ފްލެޓު ބައްލަވައިގެން ގޮތާއި ގުޅޭ ގޮތުން މީހުން އުފައްދަމުން ދިޔަ ސުވާލުތަކަށް އަދުރޭ ޖަވާބުދާރީވުމަށް އިންކާރު ކުރެއްވިއެވެ.

އަދުރޭ ވަނީ ފްލެޓު ބައްލަވައިގެންފައި ވަނީ ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖަރީ

    ކިއްލި ވިއްކައިގެން ޢަލީ ވަހީދު ގޯތި ގަތް ގޮތް ނުބަލާނަންތަ؟

    37
    5
  2. މާމީ

    ކަލޭމެން ކުރާނެ އެއްވެސް ކަމެއް ނެތިއްޔާ ހަމަ ލޯބޮޑުކޮއްގެން ތިބެބަލަ

    30
    7
  3. Anonymous

    އެކަކަށް 2 ފްލެޓު ގަނެވޭނެ ބާ ؟ އަދުރޭގެ ހިސާބު ހަމައެއް ނުޖެހޭ

    16
    11
  4. އަލީމޫސާ

    މިދުވަސްވެސް ދާނެ އަދި.

    29
    2
    • މޮޔަ

      މިދުވަސް އަންނާނެކަން ނޭނގި ކުރެވުނުކަމަކަ އް ވެދާނެ!

      5
      7
  5. ޒާ

    މިފެންނަނީ އޭސީސީ ސިޔާސީވެފައިވާ ވަރު. އެއއާޕޯޓް ގީއެމްއާރަށް ދިން މައްސަލަ ކީއްވެ ނުބަލަނީ؟

    17
    3
  6. ޢަފްލާ

    ކަލޭމެންނަށް ބެލޭނީ ކޮންމައްސަލައެއް ކަލޭމެންދޭ ބަލ މޯދީއާއެކު އަޗާތަޅަން

    8
    2
  7. އަހްމަދު

    އަލުންބަލަންނިންމިސަބަބަކީ ރައީސް ޔާމީން ޖަލަށްލިގޮތައް އަދުރޭވެސް ޖަލަށް ލާންވެގެން އަދުރޭއަކީ ތިކަހަލަކަމަކުން އަނގަމަތީގަޓޭޕްއެޅިގެންހުންނާނެ މީހެއްނޫން ބަލާފަބަހައްޓާ އިދުކޮޅުގެވެރިކަމެއްގަ ބަލަންޖެހޭމައްސަލަތައް މިދަނީގިނަވަމުން އެންމެފުރަތަމައޮންނާނީ އެމްޑީޕީގެ ކުރީގެވެރިކަމުގެ އޮޑިޓުރިޕޯޓްތައް ހަމަޔަކަށް އެޅުވުންއޭގެފަހުން މިހާރުމިހިނގާހުރިހާކަމެއް ބެލުންއޮންނާނެ

    9
    1
  8. ސަލާ

    ހުރިހާ ކަމެއް ބަލަންވާނެ. އަބްދުﷲ ޝާހިދު ލަންޑަނުން ގެއެއްގަތް ގޮތްވެސް ބަލަންވާނެ. އަލީވަހީދު މެލޭޝިއާއިން ނާއި ހުޅުމާލެއިން ފްލެޓްގަތްގޮތްވެސް ބަލަންވާނެ. އަދުރޭ ފްލެޓްގަތްގޮތްވެސް ބަލަންވާނެ. އަންނި މެން ލަންޑަނުގައި އުޅޭ ހަރަދުބަރަދު ހޯދާގޮތްވެސް ބަލަންވާނެ. ދިވެހި ބައިތުލްމާލުން ބޮޑު މުސާރަނަގައިގެން ތިބޭ މީހުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާގޮތް ބަލަންވާނެ. އެގޮތް ބޭނުން ނޫނިއްޔާމު މަގާމްދޫކޮށްފައިދޭ އެއިރަކުން ރައްޔިތުން ކަލޭމެން އުޅޭގޮތް ބަލާކަށްބޭނުމެއްނުވާނެ.

    10
    1
  9. ޙާލަތު

    ތި އޭސީސީ ކިޔާނެ ކަމެއްނެތް ތިޔަތަނަކަށް... މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ތަނެއް ކީއްކުރަން ބޮޑު ޚަރަދު ކޮށް ހިން ގަން އުޅެންވީ. ކުރީ ސަރުކާރެއް ގަ ރަނ ގަޅު ކަމަށް ނިންމާފަ އޮއްވާ އަނެއް ސަރުކާރެއް އައީމަ އަލުން ބަލަންޖެހޭކަމީ ތިޔަތަނުން ކުރާ ޙުކުމު ގަ އޮށްޓަރެއް ނުހުންނަކަން.

  10. ޒާ

    ސަރުކާރުން ރޯމާދުވާލު ދައުލަތުގެ ފައިސާ އިން އެތައްމިލިއަން ރުފިޔާގެ ވައްކަންކުރާއިރު އޭސީސީން އެއިން ކަމެއް ނުބަލާ. އެކަމަކު ސިޔާސީވެގެން ބަލާނެކަމެއް ނެތިގެން އުޅޭހެން ހީވަނީ.

  11. ޟަރީ

    އަތުލަންވީ ނުހައްގުން ހޯދާފައި ހުންނަ ފުލެޓާއި ބިން މުދާވެސް ދައުލައް ނަގަންވީ މިހާރު މާލަސް ވެއްޖޭ