ޒުވާން ރެޕް މިއުޒީޝަނުންނަށް ތަމްރީނު ދިނުމަށް ސްރީލަންކާ އާއި ރާއްޖެ އެކުގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ.

އެކަމާއި ގުޅޭގޮތުން މިހާރު ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

އެ މަޝްވަރާތައް ކުރެވިގެން ދިޔައީ، ރާއްޖޭގެ މަޝްހޫރު ހިޕްހޮޕް ބޭންޑް ސިމްބޮލިކް ރެކޯޑްސް އާއި އަދި ސްރީލަންކާގެ މިއުޒިޝަން އިރާޖް އާއެކުގައެވެ.

ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު ވިދާޅުވިގޮތުގައި، ލަންކާ އަދި ރާއްޖޭގެ ރެޕް ސީންގައި ހަރަކާތްތެރިވާ ޒުވާނުންނަށް ގުޅުން ހުރި މައުލޫމާތުތަކާއި، ތަމްރީނުތައް ދިނުމަށް މަޝްވަރާ ކުރެވިގެން ގޮސްފައިވާ ކަމަށެވެ. އަދި ގުޅިގެން ޒުވާނުންނަށް އެފަދަ ފުރުސަތުތައް ހޯދައިިނުމަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ގޮސްފައިވާ ކަަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި މަހްލޫފް ވަނީ ލަންކާގެ ޔޫތް މިނިސްޓަރ ނަމާލް ރަޖަޕަކްސާ އާއި އޭނާގެ ޓީމާއެކު ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ސިމްބޮލިކް ރެކޯޑްސް އިން ވަނީ އެފަދަ ފުރުސަތެއް ފަހިކޮށްދިން ކަމަށްޓަކައި، މަހްލޫފްއަށް ޝުކުރު އަދާކޮށްފައެވެ. އަދި ރެޕް މިއުޒިކް ކުރިއެރުވުމަށް އޭނާ ކުރަމުންދާ މަސައްކަތް ސިމްބޮލިކް އިން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމަލު

    ބަލަގަ ތިއީ ހަރާމް ކަމެކޭ ބުނާތީ އަޑުއިވެނީ، އަލީ ރަމީޒް ތިކަމާ ދެކޮޅުވާނެ!

  2. ހަމްދޫން

    މިއުޅެނީ ރެޕް ނުކުރެވިގެންތަ ؟ ކޮވިޑާހެދި ވަޒީފާގެއްލި ކާނެ ބޯނެގޮތެއް ނެތިގެން އުޅޭއިރުވެސް..