ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގު ހުރި މުދާ ހުރި ކަމަށް ގާސިމްގެ މާލީ ބަޔާނުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ ގާސިމްގެ މާލީ ބަޔާންގައިވާ ގޮތުން، މެއި 28، 2019 އިން މެއި 27، 2020 އާ ހަމައަށް އެމަނިކުފާނަށް އާމްދަނީގެ ގޮތުގައި 11،492،638 ރުފިރާ ލިބިވަޑައިގެންފައިވެއެވެ.

އެ ގޮތުން މަޖިލީހުގެ މެންބަރު ކަމުގެ މުސާރައިންނާއި ވިޔަފާރިތަކުން ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި 9،564،438 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މާފަންނު ވިލާ ގުދަން އަދި ފުޅޮއި ގަރާޖް ކުއްޔަށް ދީގެން 1،740،000 ރުފިޔާ ލިބިވަޑައިގެންނެވިއިރު، ގާސިމްގެ ހިއްސާ އޮންނަ އެކި ކުންފުނިތަކުގެ ފައިދާއިން ހިއްސާގެ ގޮތުގައި 188،200 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.

މާލީ ބަޔާނުން ދައްކާ ގޮތުގައި ރާއްޖޭގައި ގާސިމްގެ އަމިއްލަ ފުޅު ހަތަރު އެކައުންޓަކާއި، ރާއްޖޭން ބޭރުގައި ގާސިމްގެ އަމިއްލަފުޅު ދެ އެކައުންޓެއްގައި ޖުމުލަ 307،184.84 ރުފިޔާ އެބަ ހުއްޓެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ބީއެމްއެލްގެ ރުފިޔާ އެކައުންޓެއްގައި ހުރި 141،608.76 ރުފިޔާ އާއި ބީއެމްއެލް ޑޮލަރު އެކައުންޓެއްގައި 609.72 ޑޮލަރު (9،395.79 ރ.) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ރުފިޔާ އެކައުންޓެއްގައި ހުރި 60،173.66 ރުފިޔާ އާއި، އެސްބީއައި ޑޮލަރު އެކައުންޓެއްގައި ހުރި 3،828.05 ޑޮލަރު (58،990.05 ރ.) ހިމެނެވެ.

އޭގެ އިތުރުން ރާއްޖޭން ބޭރުގައި، އެޗްއެސްބީސީ ހޮންގްކޮންގް ބޭންކްގެ ޑޮލަރު އެކައުންޓެއްގައި 500 ޑޮލަރު (7705 ރ.) ހުރިއިރު، ހަމަ އެ ބޭންކްގައި ގާސިމްގެ ނަންފުޅުގައި ހުޅުވާފައިވާ ހޮންގްކޮންގް ޑޮލަރު އެކައުންޓެއްގައި 14،742.24 ހޮންގްކޮންގް (29،311.58 ރ.) އެބަ ހުއްޓެވެ.

ރާއްޖޭގެ ނުވަ ބިމެއް ގާސިމްގެ މިލްކިއްޔާތުގައި ހިމެނެއެވެ. އެއީ މާމިގިލި އިންޖީނުގެއާއި، މ. މާފަންނުވިލާއާއި، މ. ބުރުމާވިލާއާއި، މ. ކުނޫޒްއާއި، ވިލާ ބިންޑިންއާއި، އިންޝޮޕްއާއި، ޒެރޮކްސްއާއި، މިޑްވޭ ޓްރޭޑާސްއާއި، ވިލާ ބިލްޑިން 4 އެވެ. މި ހަތް ބިމުގެ ޖުމުލަ އަގަކަށް 94،861،111 (94 މިލިއަނަށް ވުރެ) ގިނަ ރުފިޔާ އަރައެވެ.

ގާސިމްގެ އަމިއްލަފުޅު ނަމުގައި ތިން ކާރެއް އޮންނަ ކަމަށް މާލީ ބަޔާނުން ދައްކައެވެ. އެއީ ބީއެމްޑަބްލިއު ކާރަކާއި، މާސިޑީޒް ކާރަކާއި، ޕިއުގޮތް ކާރެކެވެ. މި ތިން ކާރުގެ ޖުމުލަ އަގުގެ ގޮތުގައި، މާލީ ބަޔާނުގައި ވަނީ 3،400،000 ރުފިޔާ އަށް އަރައެވެ.

ފަސް ކުންފުންޏެއްގައި ގާސިމްގެ ހިއްސާ އޮވެއެވެ. މި ގޮތުން ވިލާ ކުންފުންނީގައި އޮންނަ 7،600،000 ރުފިޔާ އަށް އަރާއިރު ބީއެމްއެލްގައި އޮންނަ ހިއްސާގެ އަގު 540،000 ރުފިޔާ އަރައެވެ. އެމްޓީޑީސީގައި އޮންނަ ހިއްސާގެ އަގަކީ 11،000 ރުފިޔާ އެވެެ. އެމްޓީސީސީގައި އޮންނަ ހިއްސާގެ އަގަކީ 300 ރުފިޔާ އެވެ. އެސްޓީއޯގައި އޮންނަ ހިއްސާގެ އަގަކީ 125،000 ރ. އެވެ.

ގާސިމްގެ އަމިއްލަ ނަންފުޅުގައި ތިން ލޯނެއް ނަގައި އަދާ ކުރަމުންދެއެވެ. އެއީ އެސްބީއައި އިން މާޗު 27، 2019 ގައި ނަގާފައިވާ 1،500،000 ޑޮލަރުގެ ލޯނަކާއި، ހަމަ އެސްބީއައި އިން ސެޕްޓެމްބަރު 30، 2019 ގައި ނަގާފައިވާ 1،500،000 ޑޮލަރުގެ ލޯނެއްގެ އިތުރުން އަމިއްލަފުޅު ވިލާ ޝިިޕިން ކުންފުނިން މިހާތަނަށް ނަގާފައިވާ 21،071،205.07 ޑޮލަރުގެ ލޯނެކެވެ.

މީގެ ތެރެއިން އެސްބީއައިން ނަގާފައިވާ ދެ ލޯނަށް މިހާތަނަށް 379317.8 ޑޮލަރު ދައްކާފައިވާއިރު، ނުދެއްކެވި ބާކީ 2،792،354.88 ޑޮލަރުވެއެވެ. އަމިއްލަފުޅު ވިލާ ޝިޕިން ކުންފުނިން މިހާތަނަށް ނަގަމުން އައިސް ޖުމުލަ ޖެހިފައިވާ 21 މިލިއަން ޑޮލަރުގެ ލޯނުން ފަހުން ބައެއް ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މާމީ

    އެކަމަކު މިހުންލައްވާ މަސައްކަތް ކުރުވާފަ މުސާރަނުދީ ހާލުގަޖެއްސީ ނުލަފާ މީހެއް..

    95
    3
  2. رن زمان

    މި މުއްސަންޖެއް ނުން. އާދައިގެ ފަޤީރު އަދި ދަރާފައިވާ މީހެއް

    68
    3
  3. ޤައުމު

    ތީދެންވަރަށް ދެރަވަރު ކަންކަން ކުންފުނިތަކުގެ މައުލޫމާތު ތިގޮތައް ÷އާއްމުކުރުން ރަނގަޅެއްނޫން

    32
    40
    • رن زمان

      މީހުން ގެ ޙައްޤު ތަކެއް ހުރި ދަރަނި ހުރި ވަގެއް

      36
      5
    • ކުދުވާނޑި މުހުންމާ

      އާންމު ކުރަނީ ކުންފުނިތަކުގެ މައުލޫމާތެއްނޫން. ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ބޮޑު މުސާރަލިބޭ މަގާމެއްގައި ހުރި މީހަކަށްވާތީ އާންމުކުރަންޖެހޭ މައުލޫމާތު މިއީ. މިމައުލޫމާތު އާންމުކުރަން ބޭނުންނުވާބޭފުޅުން ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ލިބޭ މަގާމްތަކަށް ނައިމަނިމުނީ. އެއިރަކުން ރައްޔިތުން މިމައުލޫމާތު ހޯދާކަށް ނޫޅޭނެ.

      44
      2
  4. ބީ ތާނު

    ސާދާ ގަރެއް ދޯ؟؟؟

    38
    2
    • رن زمان

      ނު-ސާދާ ގަރެއް

      23
      1
  5. ފާތުމަ

    ޢެވަރުންވެސް މުވަ އްޒަފުންނަށް ދެރަ ދިނީ. މަރުވެގެން ސަންދޯކަށް އަޅަން ބަ އްކުރީ ލާރިތައ އ

    48
    1
  6. ހުސޭނުބޭ

    މުއްޒަފުންގެ ސާވިސް ޗާޖަށް ވާ ލާރިކޮޅު ނުދީ ސަރުކާރަށް ޓެކްސް ނުދައްކައި ރިސޯޓް ކުނިކަހައި އަންހެންވެރިންނަށް މަހަކު 1500 ދީ......... ބަޚީލުން މުއްސަދިވާގޮތް. މިހާރުވެސް ފަޤީރުކަމުން ރިސޯޓުން މުއައްޒަފުންތައް ވަނީ ވަކިކޮށްފައި.

    51
    3
  7. Mahujanu

    އއެތަ އް ކުންފުންޏަކާ އެތަ އް ވިޔަފާރި އެ އް ހިންގާ މީހަކަށް އަހަރު ދުވަހުގެ ތެރޭ 11 މިލި އަން ލިބުން އެ އީ މަ އްސަލަ އެ އްނޫން، މަޖިލިސްގެ މެމްބަރުކަންނޫން އެހެން އެ އްވެސްކަމެ އް ނުކުރާ މީހަކަށް އަހަރު ދުވަހުގެ ތެރޭ 3 މިލިޔަން ލިބޭ އިރު.

  8. ނަދާ

    ދަރާ ވިކިފަ ނޫންތޯ؟

    25
  9. މާމިގިލި ފާތުން

    މިހާރު ތިޔަލާރި ކޮޅަށް މަންޖެއަށް ފިނިފެންމާ ގާޑަންއެއް ސަންއައިލެންޑް ގައި ހަދާފި. އަދި މުސަޅާއި ޖަމަލު. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަސްދޫނި މާރުކޭޓެއްވެސް ހަދާނިންމާފި

    30
  10. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ނިކަމެތި ރައްޔިތު މީހާގެ މުސާރަ ކަނޑާލާފަ ރަށަށް ފޮނުވާލިއިރު، ﷲ ޖައްލަޖަލާލް ވޮޑިގެންވާކަން ހިތަށްނޭރި މީހެއް.

    38
    2
  11. Happy

    ޔަގީނުންވެސް ތިފައިސާ ކައްވަޅަކަށް ނުގެންދެވޭނެ..ފަގީރުންނަށް ހޭދަކުރުން މާއައުލާކަންބޮޑު...

  12. ދަށޫ

    ދެކޮޅަށް ވާހަކަ ދައްކަމާ.. މީނަގެ ރޯޔަލް އައިލެންޑް ގަ ހަމަ ސްޓާފުންނަށް ވ ރަނގަޅު ތަމްރީނުދޭ... އަދި ރޯޔަލް އަކީ ހަމަ މި ހޮސްޕިޓަލިޓީ އިންޑަސްޓްރީގަ ފާހަގަ ކޮށްލެވޭ ރަށެއް.

  13. ވަގުތު

    މަށަކަށް ނުފެނުނު މިއެއް މަޖިލިސް ސައިޓުން

  14. ލާމު

    1 ބިލިއަން ހަމަވޭތަ؟

  15. ައަހުމަދު

    މުއްސަނދިން މުއްސަނދިކުރުވަނީ ނިކަމެތިން އިތުރަށް ނިކަމެތިކުރުވަނީ. ސަރުކާރުގެ މޮޓޯ.

  16. އެޑަމް

    ލިންކް ޕްލިޒް

  17. ޙހހހ

    މަށަށްވެސް ދައުލަތުން ގެރެންޓީ ދީފަ ބޭރުން ބޮޑުލޯނެއްދީފަ ، ދެތިން ރިސޯޓް ކުއްޔަށްދީފަ ކުލިނުދައްކާ ، މުވައްޒަފުންލާފަ މުސާރަނުދީ ހުންނަންވީމަ ، އެކައުންޓް ބަންޑުންވެ ޖެހި ގެން އިން އެކައުންޓްވެސް ފުރޭނެ ، އަދި ބީއެމްއެލް އޮފީސްތަކު ގެ ފްލޯތައް ފުރޭވަރަށް މަށަށް ލާރި ލިބޭނެ

  18. ޚަޖައި

    ކޮބާތަ ތިޔަބުނާ އެއް ބިލިޔަނެއް. އެއްބިލިޔަނަކީ 1000 މިލިޔަން. މަށަކަށް ނުފެނުނު ތިޔަ ކިޔާ އެއްޗެއް

  19. ށުމަން

    ގާބެ ފޮޓޯ ގަ ވެސް އިންވައްްތަރު ބަލާބަލަ ނިކަން..

  20. ދީނަށްޓަކާ ޤައުމަށްޓަކާ

    އިއްޒަތްތެރި ފިރުއައުން!

    3
    1
  21. ދުނިޔެ ދުނިޔެ

    އަވަހަށް މިބޭފުޅާ ފޯރބް ލިސްޓަށް އަރުވަން އުޅޭ. އޭރުން ޓުރަމްޕުމެން އަދި ނުވާނެ އެއްޗަކަށް.

  22. ހެހެ

    ގުނަން ވެސް ނުދަންނަ ބައެއް. ތިއީ 1 ބިލިއަންއެއް ނޫން. ތިއީ 11 މިލިއަން.
    1 ބިލިއަން އަކީ 1000 މިލިއަން.

    ގާސިމް މިލްކިއްޔާތު: 11،000،000
    އަސްލު 1 ބިލިއަން އިންނަ ގޮތް: 1،000،000،000

  23. ަސްނޯ ޢަލީ

    މީހުން ލައްވާ މަސައްކަތްކުރުވާފައި އެމީހުންނަށް ދޭންޖެހޭ މުސާރަ ފައިސާ ނުދީ ޖަމާކުރީމާ ބިލިއަނެއް ނޫން ޓްރިލިއަން ރުފިޔާވެސް ހުރެދާނެ. އެކައުންޓްތައް ފްރީޒް ކޮށްގެން ނަމަވެސް މީހުންނަށް ދޭންޖެހޭ މުސާރަ ދިނުމަށް ގޮވާލަން. ޤާސިމަކީ ބަހީލެއް.