އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
އެ ހަތަރު ސަރަހައްދަކީ އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި އެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި އެންވެރޮމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި 4 ސަރަޙައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް 30 ސެޕްޓެންބަރު 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ.
އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އާންމުންގެ ޚިޔާލު ހޯދުމުގެ ސަރވޭއިން އައްޑޫ ސިޓީގެ %97 ރައްޔިތުން ބޭނުންވާކަމަށް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ.
އަދި މި ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާޢަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.
މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވެއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަޙައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.
މިގަ އުމުގަ ތިބި ރަ އްޔިތުން ހިމާޔަތް ކުރެވޭތޯ ބަލާބަ
ކޮންތާކި ކުރިޔަށް އޭ ތަރައްގީގެ މަޝްރޫއަށް؟އައްޑޫ އަށް ކޮށްދިން އެއްވިއަސް ކަމަށް ނެތް. ކެރާ ކަމަކަސް ނެތް. ބާކިން އަމެއްލާއް އިސް ނާގެން ކަމަށް ކެޑަސް އެކަމަށް ހުއްޓުވަނީ. ބީޗް ނަލަކެޑެމެއި އެކަން މަނާ ކޮށްލި. ޢައްޑޫމީހުން ކިޔަންވީތައު މި ކަންކަމާއި އަޑަ ނިއުފުލަނީ. ޢެމްޑީޕީ ވިއަސް ބޮނޑޮވަރަ.
97% ހޯދި ގޮތެއް ބުނެދީބަލަ. ކޮންމެ ސަރުކާރެއްގަ ވޯޓު ހޯދަންވީމަ އމ ހނދާންވާހެން އައްޑޫ ރައްޔިތުން ބޮލައްއެރިގެން ޥޯޓުހޯދަނީ. އަތޮޅަށް ކަމެއް ކޮށްދޭން ވީމަ ރައްޔިތުން ނުފެނޭ. ކައުންސިލަރުންނޭ ކިޔަފަ ތިބިބަޔަކަށް ތަނެއް ދޮރެް ނެނގޭ. ފާޑެއްގެ އިމާރާތެއް ބޭރު ބަޔަކަށް ދިނީމަ އެއީ އަތޮޅައް އަންނަ ތަރައްގި ހެން ތިޔަ ދައްކަނި. . މަގުތައް ނެހެދި އެތައް ގަރުނެއްވަނީ. ތާރު އެޅި މަގު މަރާމާތު ކުރުމަށް ސިމެންތި އަޅަމުން ގޮސް އެމަގު އެއޮތް ބަދަުވަނީ ސިމެންތި ތަލުނަގަނޑަކަށް.
ކަލޭ މެންނަށް ރައްޔިތުންނަށް އެއްވެސް ކަމ މެއްކޮށް ނުދެވޭތާ ރައްޔިތުންނަށް ލުއި ފަސޭހަ އާއި އާމ މްދަނީ ވަންނަ ދޮރުތައް ވެސް ބަންދުކުރާތި.
އީދުގަލު ކުޅި( އީދިގަލި ކިޅި) ސަރަހައދުގަ ހަދާފަ އޮތް ނޭޗަރ ޕާރކް ވީރާނާ ވާން ދޫކޮށްލާފަ އެއޮތީ! ކަމެއް ކުރާކަށް ނުން ތި އުޅެނީކީ! ބޭރު ގައުމު ތަކަށް ތިމާވެށި ހިމާޔަތް ކުރާ ބައެއް ކަމަށް ދައްކާގެން ފައިސާ ހޯދަން ވެގެން! އެނުން ކަމެއް ނުން! ހިތަދޫ-ފޭދޫ- މަރަދޫ ގެ ތާރު އެޅި މަގު ތައް ވެސް ވީރާނަ ވެގެން ގޮސް ވެއްޔަށް ވެ ނިމެނީ! ކޮން ކަމެއް ބާ އަތޮޅަށް ރަށަށް ކޮއްދެވުނީ މި ވެރިން ނަށް!