ރައްޔިތުން މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު މާލީ ބަޔާން ހުށަހަޅާފައި ނުވާކަން ހާމަވެއްޖެއެވެ.
މި ދެ މެންބަރުން ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ. މި ދެ މެންބަރުންގެ މާލީ ބަޔާން 15 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ވަނީ ލިޔުމުން ދެ މެންބަރުންނަށް ވެސް އަންގަވާފައެވެ.
މަޖިލީހުގެ ގަވާއިދު ކުރިން އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ. ނަމަވެސް މެމްބަރުންގެ އަނބިންނާއި ދަރިން ނުހިމެނޭ ގޮތުން މެމްބަރުގެ މާލީ ބަޔާން އެކަނި އާންމު ކުރަން ޖެހޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެއެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެއެވެ.
ބޭ ފުޅާގެ މިލްކިއްޠާތު ތެރޭ ގައި ކޭބަލް ކާރާއި ލޮލީ އާޢި ހެލިކަފުޓަރު ދުއްވާއިގެން ލިބުނު ލާރި މާލީ ބަޔާނާއި އެޑު ކުރަން ޖެހޭނެތަ؟
މި މީހުން ގާނޫނު އަސާސީއާ ހިލާފު ވެފައިވާތީ މަަގާމުން ވަކިކުރަން ޖެހޭ
އަނެއްކާ މިފްކޯ ތިޖޫރީއައް އެޅި އެއްޗެހި ނުޖަހައްޗޭ އެއީ ހުސް ފޭކް އެއްޗިއްސެއް ނުން
ގާނޫނުއަސާސީގެ އެއްވެސް މާއްދާ އަކާ ޚިލާފު ވެއްޖެނަމަ އެއްވެސް އަދަބެއް ކަނޑައެޅިފައި ގާނޫނު ގައި އޮވޭބާ؟