ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު އައްޔަން ކުރެއްވުމާ ގުޅިގެން، އޭނާގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހްމަދު ހައިލަމް ސުވާލުތަކެއް ކުރިމަތިކުރުވައިފިއެވެ.

ހައިލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ފަނޑިޔާރެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭން ޖަހައިގެން ގެންދާ މަންޒަރު ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުވުމުން، އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑް ކުރީއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައެއް ވަކީލުން ވެސް އިންނަވާ ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރީ ވެސް ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުމާ ހަމައަށް ޝަރީއަތް ގޮސްފައިވަނިކޮށެވެ. ހައިލަމް ސަސްޕެންޑް ކުރުމަަށް ފަހު، ކްރިމިނަލް ކޯޓު ހިންގުން ހަވާލުކުރެއްވީ އަލީ ރަޝީދަށެވެ. ޔާމީންގެ މައްސަލަ ބައްލަވަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލިއެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ގާޒީ އަލީ ރަޝީދެވެ.

ސުޕްރީމް ކޯޓަށް ގާޒީ އަލީ ރަޝީދު އައްޔަން ކުރެއްވި ހަބަރެއްގެ ލިންކް ހިއްސާ ކުރައްވައި ހައިލަމް ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވާފައިވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ކުރީގެ ރައީސެއްގެ ޝަރީއަތް ކުރެއްވި ފަނޑިޔާރު ނޫން ފަނޑިޔާރަކު ނެތީތޯއެވެ.

ހައި ކޯޓުގައި ތިއްބެވި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުން އެއްވެސް ބަޔަކަށް ނުވަނީތޯ އޭނާ ސުވާލު ކުރެއްވިއެވެ. އަދި ހަދިޔާއަކަށް ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުން ގޯސްކޮށް ވާހަކަ ދެއްކެވި ބޭފުޅުން ކޮބައިތޯ ވެސް ސުވާލު ކުރެއްވިއެވެ.

ހައިލަމް އިޝާރާތް ކުރެއްވި ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނަށް އުފުލުނު ދައުވާތަކުގެ މައްސަލަތަކުގައި ހުކުމް ކުރެއްވި ފަނޑިޔާރުންނަށް މަތީ ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ފަހުން އައްޔަން ކުރެއްވުމުން އޭރު އެމްޑީޕީގެ އިސް ބޭފުޅުން ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކަށެވެ.

އޭރު އެ ފާޑު ކިއުން އެންމެ ބޮޑަށް އަމާޒުކުރީ ރައީސް ނަޝީދަށް ހުކުމް ކުރެއްވި ބެންޗުގައި އިންނެވި އަބްދުﷲ ދީދީ ފަހުން ހައި ކޯޓަށް އައްޔަންކޮށް، އޭގެ ފަހުން ސުޕްރީމް ކޯޓަށް ވެސް އައްޔަން ކުރެއްވުމުންނެވެ. މި ސަރުކާރު އައިސް، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބި، ޖޭއެސްސީއަށް ވެސް އެމްޑީޕީގެ ބޭފުޅުން އައްޔަން ކުރެއްވުމަށްފަހު، އަބްދުﷲ ދީދީ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ވަކިކުރައްވައިފައެވެ.

އާންމުންގެ ތެރޭގައި އަބަދުވެސް އޮންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ޝަރުއީ ނިޒާމުގެ ތެރޭގައި ސިޔާސީ ލީޑަރުން ބޭނުންފުޅުވާ އެޖެންޑާތައް ކުރިއަށް ނެރުމެވެ. ޝަރުއީ ނިޒާމު އިސްލާހުކޮށް، ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު އެމްޑީޕީއަށް ބާރު ލިބުމަށް ފަހުގައި، ޖޭއެސްސީ ބަދަލު ކުރުމުގެ ވާހަކަ މާ ބޮޑަކަށް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޗާލު

    ފަނޑިޔާރުން ޢަދުލުވެރި ވާނެތޯ ސުާލުއުފެދޭ. ފަނޑިޔާރުންނަށް ކުރިއެރުން މިލިބެނީ ސިޔާސީ ވަރުގަދަ ޙުކުމެއް ކުރުމުން. ކުރިންވެސް މިހާރުވެސް. ޔާމީނުގެ މައްސަލަ ދަށުކޯޓުން ނިންމާފަ ސްޕްރީމްކޯޓުންވެސް ނިންމާނީ ޢަލީ ރަޝީދު. އެމްޑީޕީން އެދޭކޮތަކަށް ޙުކުމް ކުރާނެ ފަނޑިޔާރުން ސްޕްރީމްކޯޓުގަ މިހާރު ހަމަވީ. ދަށުކޯޓުން އެންމެމަތީކޯޓަށް މިޔަށްކިޔާނީ މުރުތައްދުވުމޭ. ޢަލީ ރަޝީދުގެ ޤާބިލްކަމާމެދު ސުވާލުއުފެދޭ.

    12
    2
  2. ޖޭވީ

    ހައިލަމް ބޭނުން ނުވީދޯ ތިހުރިހާ މޮޅެއް... ދެން އެހެން މީހުންނަށް ދިނީމަ ޖޭ ވަނީ ދޯ؟؟؟

    4
    41
    • ކިނބޫފުޅު

      ތިމޮޅުކަމާއި ފޮނިމީރުކަން ޤިޔާމަތް މަހުޝަރު ދުވަހުން އެގޭނެ

      7
      1
    • ޥގ

      ބަލަތިހައިލަމްފަނޑިޔާ ރުކަންކު ރީ ވަ ރަށްތާހި ރުކޮއްތަ.

      1
      6
  3. ކިޔުންތެރިއެއް

    ހާމަކަން ބޮޑުކޮށް އެއްމެން ކުރިމަތީ ހަދިޔާ ދެމުން ގެންދަނީ. ރާއްޖޭގެ ޝަރުއީނިޒާމުގެ ހުރިވަރު ފެނިގެންމިދަނީ.

    32
    • ޢަހޫ

      ޙާމަކަންބޮޑުގޮތަކަށްނޫންތޯ ރެހެންދި ފްލެޓްވެސްދިނީ.

  4. ހަނި

    އެމީހުންބު ނެގެންކޮދިންކަންތަކަށް ބަދަލްއެދިނީ

    24
  5. މަ

    ދުނބުރިޔެއް ކިތަންމެ ދޮންވިޔަސް, އަނބަކަށް ނުހެދޭނެ.

    31
  6. މަހާރާޖާ

    ހައިލަމް އަކީ ޔާމީންގެ ޝަރިޢަތަށް ފާސިގުންގެ ހެކިނަގާ ޤަބޫލުކުރި ފަނޑިޔާރެއް! އެއްކަމަކަށް ތުހުމަތުކުރެވޭ ބަޔަކު އެކަކު އަނެކަކަށް ހެކިބަސްދިންއިރު...؟

    11
  7. ހުސޭނުބޭ

    ތި ހުރިހައި ސުވާލެއްޖެ ޖަވާބުދެއްވުމަށް މިރޭ އަމިއްލަ ގޭ ދޮރާއްޓަށް އަމިއްލައަށް ދެތިން ކަތިވަޅި ޖައްސަވާނެ!

    12
    1
  8. މާމަ

    ހުރިހާ ކަމެއް މިއޮތީ ބައްކޮށްގެން

    9
    1
  9. މެކް

    ކޮންއިރަކުތަ ކްރިމިނަލް ކޯޓުގެ އިސްގާޒީކަން އަލީރަޝީދާ ހަވާލުކުރޭ

    1
    4
  10. ނުބައި ފަންޏެއް

    އަސްލު ހައިލަމް ގަޅިހެއްދީ އަލްހާނު ކަމަށްވަނީ، ސޯޝަލް މީޑިޔާގަ ނަޝީދައް ބަވަނީ އެހެންމީހުން ލޮލުގަ އަނދުން އަޅުވަން!

  11. އިސްލާޙުގެ ބައެއް

    "ޝަރުއީ ނިޒާމު އިސްލާހުކޮށް، ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. "

  12. ޔޫ ސް

    ހައި ތީ މި ފަހުޒަމާނުގެ އެއްމެ ކޮސް . ލޮލްސް . ޙީހީ ހަލާކު .

  13. Anonymous

    " ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައެއް ވަކީލުން ވެސް އިންނަވާ ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރީ "
    ކީއްވެ ނަޝީދު މީހަ އިންނަންވީ...؟ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަންތަ؟

  14. އމމ.

    ވަގުތު ފާއިތުވެއްޖެ.އަމިއްލަ އަތައް ގޮއްވާލާފަ ދެންމޮޅެތި ބަސްބުނުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނޭ.