ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ލިބިވަޑައިގެންފައިވާ ކަން ބަޔާނުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އީވާގެ މާލީ ބަޔާނުުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސްގެ މުސާރައާއި އިނާޔަތުގެ އިތުރުން މެންބަރުގެ ހައިސިއްޔަތުން ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެން ލިބިވަޑައިގަންނަވާ އިނާޔަތް ހިމެނޭ ގޮތަށް 1،023،031.21 ރ. ލިބިވަޑައިިގެންފައިވެއެވެ. އެއީ މެއި 28، 2019 އިން ފެށިގެން މެއި 27، 2020 އާ ހަމައަށެވެ.

މާލީ ބަޔާނުގައިވާ ގޮތުން ބީއެމްއެލްގައި އީވާގެ އަމއިްލަފުޅު ނަމުގައި ހުޅުވާފައިވާ އެކައުންޓުގައި 1،108.58 ރ. އެބަ ހުއްޓެވެ. އީވާ އާއި އޭނާގެ ފިރިކަލުން އަހުމަދު ޝާހިދުގެ ނަމުގައި ތިން ޖޮއިންޓް އެކައުންޓެއް ހުޅުވާލާފައިވާއިރު، އެ އެކައުންޓްތަކުގައި 24،670.91 ރ. ހުރި ކަމަށް މާލީ ބަޔާނުން ދައްކައެވެ.

ބަޔާން ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅި އިރު އީވާގެ އަތުގައި 2،000ރ. އާއި 7،100 ސްރީލަންކަން ރުޕީސް އާއި 50 ބްރިޓިޝް ޕައުންޑްއާއި، 220 އެމެރިކާ ޑޮލަރު ހުރި ކަމަށް މާލީ ބަޔާނުގައިވެއެވެ. އެއީ ޖުމުލަ ގާތްގަނޑަކަށް 6،973.18 ރ. އެވެ.

އީވާގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ، ސްކޫޕީ ހޮންޑާ ސައިކަލެއް އެކަންޏެވެ. އޭގެ ގާތްގަނޑަކަށް 48،000 ރ. އަށް އަރައެވެ. އީވާގެ އަމިއްލަފުޅު ނަމުގައި އެއްވެސް ބިމެއް އަދި އިމާރާތެއް ނެތް ކަމަށް ވެއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަން ކުރައްވާ ބޭފުޅަކަށް މުސާރައާއި އިނާޔަތާއެކު ގާތްގަނޑަކަށް 91،000 ރ. ލިިބިވަޑައިގަންނަވާނެއެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އީވާ ވަނީ މުސާރައާއި އިނާޔަތުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ވެސް 75,700 ރ. ނަންގަވަން ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަކުރުބޭ

    އަލިފާން އަލިފާން އަލިފާން. އަދިކޮބާ ހެދުންއަޅައިގެން އައުރަ ނިވާނުކޮށް ތިބޭ އަންހެނުންނަކީ ނަރަކައިގެދަރު.

    27
    2
  2. އޮސްކާ

    ކުރިން ނެރުނު މާލީ ބަޔާނުގައި ބުނީ ބޭންކް އެކަންޓެއް ނެތޭ. މަޖިލީހުގެ މުސާރަ ޖަަމާވީ ކޮންތާކަށް ބާ!!

    14
  3. އަޙްމަދު

    މީ ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅުއްވާ ބޭފުޅެއް! މުސާރަ ބޮޑުކޮށް ދިނުމަށް ގޮވާލަން!

    19
    1
  4. ޖިންނި

    ދާއިރާގެ ވޯޓުދިން ރައްޔިތުން ތިބޭނީ ކާނެއެތިކޮޅެއް ނެތިފަ ގަދައަށް އަތް ޖަހަން

    19
  5. ޑެއިލް

    ރައްޔިތުންނޭ ރައްޔިތުންގެ ހައްގޭ މިކިޔަނީ ކަންހުރި ގިނަ ކަމުން. ދައުލަތް ހުސްމިވަނީ މިމީހުންނަށް. އެހެންވީމާ ހަޅޭވެސް ލެވޭނެތާ ބާރަށް.

    15
    1
  6. ފ

    ރައިސް ސޯލިހު އާ ވަޒީރުން ރަގަޅީ، މަޖުލީހުގަ މިތިބެނީ ކޮރަޕްޓް ބައެއް... އީވާ ގެ ކޮރަޕްޓް ކަން ވެސް އިންތިހާގަ

    16
    1
  7. އެމަންޖެ

    ކަލޭމެން ރައްޔިތުންގެ ލާރި ހަރާމް ގޮތުގަ ކައިގެން މިލިޔަނުން ކާއިރު މާލޭގަ ކުއްޔައް އުޅޭއިރު އަހަރެއް ތެރޭ ކިރިޔާ ލައްކައެއް މިލިބެނީ އެވަރުންވެސް މަޖިލިސް އެއްޗިހިން މިއުޅެނީ ލިބޭވަރު މަދުވެގެން.

    14
    1
  8. ފާތުމަ.

    އެކައުންޓުގައި 2000 ރ ނެތް.މީ ވ ނިކަމެތި ފަގީރެއް.މީނާ އަށް އެހީވާން.ފަންޑުފޮއްޓެއް ހުޅުވަންވީ.

    8
    1
  9. ސަޅި

    އޭނާއަށް އެލާރި ޙައްޤުވާނެ، ބަކަރިކޮށްޓެއް ގެންގުޅެ ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫން ??‍♀️

    8
    3