(ތައިލެންޑް، ޕި ޕި އައިލެންޑް ވިލޭޖް ބީޗް ރިސޯޓް) މާލެ ކައިރީ އޮންނަ "އެނބޫދޫ ލެގޫން" ގައި ތައިލެންޑުގެ ސިންހަ އެސްޓޭޓް ކުންފުނިން ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ ތެރޭގައި ރާއްޖޭގައިވެސް މެރިން ޑިސްކަވަރީ ސެންޓަރއެއް ގާއިމް ކުރުން ހިމެނޭއިރު، އެ ކުންފުނިން އެންމެ ފުރަތަަމަ ގާއިމް ކުރި މިފަދަ ސެންޓަރ މިއަދު ތައިލޭންޑްގެ ޕި ޕި ވިލޭޖް ބީޗް ރިސޯޓްގައި ހުޅުވައިފިއެވެ.

މިއަދު ހަވީރު އެތަން ހުޅުވިގެން ދިޔައީ، ތަފާތު ގިނަ ހަރަކާތްތަކާއި އެކުގައެވެ. އެގޮތުން މިއަދު އެ ސެންޓަރު ހުޅުވުގެ ކުރިން މުރަކަ ހިމާޔާތް ކުރުމަށް ބަންދުކޮށްފައިވާ ޔޫންގ އައިލެންޑްގައި ހައްދަމުން އަންނަ މުރަކަތައް ބަލާލުމުގެ ފުރުސަތު ދުނިޔޭގެ އެކި މީޑިޔާތަކަށް ވަނީ ދީފައެވެ.

ތައިލޭންޑަށް، ރާއްޖޭގައި ޤާއިމްކުރާ ފެންވަރުގެ މެރިން ޑިސްކަވަރީ ސެންޓަރެއް ޤާއިމްކުރުން - ވަގުތު އިމޭޖަސް

އެ ޔޫންގ އައިލެންޑަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. އެ ރަށަކީ އާއްމުކޮށް ފަތުރުވެރިން ސްނޯކަލް ކުރުމަށާއި، ސްކޫބާ ޑައިވިންގ އަދި މޫދަށް އެރި އުޅުމަށް ގޮސް އުޅޭ މަޝްހޫރު ފަތުރުވެރި މަންޒިލެކެވެ. އެހެން ނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި އެއްވެސް ހައްދެއް ނެތި، މި ރީތި ރަށަށް ފަތުރުވެރިން ގޮސް އެކި ގޮތްގޮތަށް މުރަކަތަކަށް ގެއްލުން ދީފައިވާކަމަށް ޕްރޮފެސަރ ޑރ. ތަން މިއަދު ވަނީ ވިދާޅުވެފައެވެ.

ތައިލޭންޑަށް، ރާއްޖޭގައި ޤާއިމްކުރާ ފެންވަރުގެ މެރިން ޑިސްކަވަރީ ސެންޓަރެއް ޤާއިމްކުރުން - ވަގުތު އިމޭޖަސް

އޭނާ ވިދާޅުވިގޮތުގައި، އެތަނަށް ގެއްލުން ލިބިފައި ވަނީ ހައްދެއް ނެތި އެތަަނަށް ފަތުރުވެރިން ގޮސް އުޅޭތީއެވެ. އެތަނުގައި މިހާރު މުރަކަަ އިންދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެތަން ވަނީ ދުވަސްކޮޅަކަށް ބަންދުވެސްކޮށްފައެވެ. އެތަން ބަންދުކޮށްފަައި ވަނީ ކޮރަލް ބްލީޗްވުމުން ސަލާމަތްކޮށްދިނުމަށްކަަމަށް ތަން ވިދާޅުވިއެވެ.

މިއަދު ހުޅުވުވި މެރިން ޑިސްކަވަރީ ސެންޓަރަކީ ކަނޑުގެ ދިރުންތަކާއި ގުޅޭ އެކި މައުލޫމާތުތައް ސްކޫލްތަކުގެ ދަރިވަރުންނަށާއި، ސްޓޭކްހޯލްޑަރުން އަދި އެ ރިސޯޓަށް އަންނަ ފަތުރުވެރިންނަށާއި، އާއްމުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. އެތަނުން ހިދުމަތްދޭގޮތަށް ނިންމާފައި ވަނީ އެއްވެސް ޗާޖަކާއި ނުލައެވެ.

ތައިލޭންޑަށް، ރާއްޖޭގައި ޤާއިމްކުރާ ފެންވަރުގެ މެރިން ޑިސްކަވަރީ ސެންޓަރެއް ޤާއިމްކުރުން - ވަގުތު އިމޭޖަސް

އެގޮތުން އެ ސެންޓަރު އިންނަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ. އެއީ ޝާކް ރޫމް އާއި، ޕި ޕި އައިލެންޑް ރޫމް، ކްލައުން ފިޝް ރޫމް އަދި އޮޑިޓޯރިއަމް ހިމެނެއެވެ.

ސިންހަ އެސްޓޭޓް ކުންފުނީގެ ސީއީއޯ ނަރިސް ވިދާޅުވީ، މިއަދު ޕި ޕި އައިލެންޑްގައި ހުޅުވިގެން ދިޔަ މެރިން ޑިސްކަވަރީ ސެންޓަރުން އެތަނުގައި ތިބޭ މެރިން ބަޔޮލޮޖިސްޓުންގެ އެހީގައި ސްކޫލް ކުދިންނަށާއި އާއްމުންނަށް ގިނަ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ކަމަށާއި، ރާއްްޖޭގައި ގާއިމް ކުރާ ސެންޓަރުންވެސް މި ހިދުމަތްތައް ދިނުމަށް ނިންމާފައިވާކަަމަށެވެ.

ރާއްޖޭގައި ގާއިމް ކުރާ މެރިން ޑިސްކަވަރީ ސެންޓަރު މިހާރު ޕި ޕި އައިލެންޑްގައި ގާއިމްކޮށްފައިވާ ސެންޓަރަށްވުރެ ބޮޑުވާނެއެވެ. އެެހެން ނަމަވެސް އެތަން ތަރައްގީ ކުރަނީ އެ ކޮންސެޕްޓަށް ކަމަށް. ސިންހ އެސްޓޭޓް އިން މައުލޫމާތުދެއެވެ.

ތައިލޭންޑަށް، ރާއްޖޭގައި ޤާއިމްކުރާ ފެންވަރުގެ މެރިން ޑިސްކަވަރީ ސެންޓަރެއް ޤާއިމްކުރުން - ވަގުތު އިމޭޖަސް

ސިންހަ އެސްޓޭޓް ކުންފުނީގެ ޗީފް ހޮސްޕިޓަލިޓީ އޮފިސަރ ޑާކް ޑީ ކޫޕާ ވިދާޅުވީ، މިހާރުވެސް މެރިން ބަޔޮލޮޖިސްޓުންގެ ޓީމެއް ރާއްޖެ ގޮސް އެ ސެންޓަރު ހަދަން ބޭނުންވާ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ތައިލޭންޑަށް، ރާއްޖޭގައި ޤާއިމްކުރާ ފެންވަރުގެ މެރިން ޑިސްކަވަރީ ސެންޓަރެއް ޤާއިމްކުރުން - ވަގުތު އިމޭޖަސް

އަދި އުއްމީދަކީ އެތަނަށްވެސް ގިނަ ސްކޫލް ކުދިންތަކެއް ގޮސް، އެތަނުން ބޭނުން ހިފުން ކަމަށާއި، މިއަދު ހުޅުވިގެން ދިޔަ މެރިން ޑިސްކަވަރީ ސެންޓަރަށް މައުލޫމާތު ހޯދުމަށް ގިނަ ސްކޫލްތަކުން ރިކުއެސްޓް ކުރަމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިހާރު ރާއްޖޭގެ ބައެއް މީޑިޔާތަކުން ތަައިލެންޑްގެ ބައެއް ރަށްތަަކަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން މާދަމާ މާޔާ ބޭ އަށް ޒިޔާރަތް ކުރާނެއެވެ. އެތަނަކީވެސް މުރަކަ ހިމާޔަތް ކުރުމަށް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވަގުތީ ގޮތުން ބަންދު ކުރާނެ ފަތުރުވެރިންގެ ވަރަށް މަގުބޫލު މަންޒިލެކެވެ. އެތަނަކީ ކޮންމެ ދުވަހެއްގެ މައްޗަށް 4000 އެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެެކެވެ.

އެތަން ބަަންދުކޮށް، ބައެއް ކަހަލަ ބަދަލުތަކެއް ގެނެސް އެތަން އަލުން ހުޅުވަން ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަސް ތެރޭގައެވެ. އަދި އެ ތަން ހުޅުވިގެން ދާނީ ފަތުރިން އެތަަނަށް ޒިޔާރަތް ކުރި ނަމަވެސް، މުރަކަތަކަށް ގެއްލުން ނުވާނެ ގޮތަަކަށެވެ.

ކިޔުންތެރިންގެ ހިޔާލު