ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ރިޒާއަށް މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުން ދައްކައިފިއެވެ.

މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުން މެއި 28، 2019 އިން މެއި 27، 2020 އާ ހަމައަށް ރިޒާއަށް ޖުމުލަ އާމްދަނީގެ ގޮތުގައި 4،320،800 ރ. ލިބިވަޑައިގެންފައިވެއެވެ. އެއީ މަޖިލީހުގެ މެންބަރު ކަމުގެ މުސާރައާއި، ރިޒް ކުންފުނިން ލިބިވަޑައިގެންނެވި އާމްދަނީއާއި، ސަފާރީއެއްގެ ކުލިންނާއި އެޕާޓްމަންޓް ކުލިން ލިބިވަޑައިގެންނެވި ޖުމުލަ އަދަދެވެ.

މާލީ ބަޔާން ހުށަހެޅިއިރު، އަލީ ރިޒާގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ ދެ އެކައުންޓެއްގައި 56،812.7 ރ. ހުރި ކަމަށް މާލީ ބަޔާނުން ދައްކައެވެ.

މީގެ އިތުރުން ރިޒާގެ އަމިއްލަ ނަމުގެ މިލްކިއްޔާތުގައި ހިމެނެނީ 27 މިލިއަން ރުފިޔާގެ އަގު ހުރި ސަފާރީ އުޅަނދެއް އެކަނި ކަމަށް މާލީ ބަޔާނުން ދައްކައެވެ. ރިޒާގެ ނަންފުޅުގައި އެއްވެސް ބިމެއް، އިމާރާތެއް، އަދި އެހެން އުޅަނދެއް ވެސް ނެތެވެ.

މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ރިޒާއަށް އާމްދަނީގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންނެވިއިރު، ރިސޯޓެއް ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި ރިޒާގެ ރިޒް ކުންފުނިން ގެންގުޅުނު 179 ބިދޭސީންނަށޤ ހަތް މަސް ވަން ދެން މުސާރަ ނުދިން މައްސަލަ ހޫނެވެ، އެ ރަށުގައި ދިވެހިންތަކެއް ރަހީނުކޮށް ބިދޭސީން ވެގެން ހަމަނުޖެހުންތަކެއް ހިންގިއެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން އެ ރަށަށް އެރި ފުލުހުންނާ ވެސް ބިދޭސީން ކުރިމަތިލިއިރު، އެ މައްސަލާގައި 19 ބިދޭސީއަކު ހައްޔަރު ކުރިއެވެ. ހައްޔަރު ކުރި 19 ބިދޭސީޏް ފަހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މިދިޔަ މަހުން ފެށިގެން އެ ބިދޭސީން ތިބީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ.

ބޮޑުފިނޮޅުގައި ރިޒް ކުންފިނިން މުވައްޒަފުންގެ ގޮތުގައި ގެންގުޅުނު އެހެން ބިދޭސީން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މީހުން މިހާރު ތިބީ ހުޅުމާލޭގައެވެ. އެ ބިދޭސީން ހަވާލުވާން ރިޒްގެ މައްޗަށް ބ. ތުޅާދޫ ކޯޓުން އަމުރު ވެސް ކުރި އެވެ. އެކަމަކު އެ ކުންފުނިން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަންނަވާ

    ކަލޯ މިކަލޭގެ ކުންފުނިތަކުގަ މަސައްކަތް ކުރުވި މުވައްޒަފުންގެ މުސާރަ ދުލިދަށުލައިގެން މުއްސަނދިވި މީހެއް.

    26
    1
  2. ހަސަނާ

    ލާރިކޮޅު ހިފަހައްޓާފައި ބިދޭސީންނަށް މުސާރަދީ

    22
  3. މާމީ

    މީހުން ލައްވާ މަސައްކަތް ކުރުވާފަ މުސާރަނުދީ ބަގުލަދޭޝް މަސައްކަތު މީހުން ސަރުކާރު ޚަރަދުގަ ފޮނުވާލީމަ ލާރިތައް އޮންނާނެނު....

    23
    1
  4. އަލީ

    އެހެންމީހުންގެ ޙައްގު ތަކަށް އަރައިގަނެގެން ހޯދާ ފައިސާ ޙަލާލު ވާނެތަ؟

    9
    1
  5. ހަނި

    ތީއީ ރިޒާގެ ލާރި ޔެތްނޫ އެތަށްބަޔެގެ ،މުސާރަ ކކކކކ؛ކކއޭގެހަގުވެރިންނަށް އަވަހަށްރަށްދު ކޮދީ

    10