ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ދަށްކޮށް އާމްދަނީ ލިބިވަޑައިގެންނެވި މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (ސަމްޕަތް) އާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދުއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކަން މެންބަރުންގެ މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ.

މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި އެންމެ ދަށް އާމްދަނީއެއް ލިބިވަޑައިގަތީ އެމްޑީޕީގެ މެންބަރު ވިސާމަށެވެ. މެއި 28، 2019 އިން މެއި 27، 2020 އާ ހަމައަށް ލިބިވަޑައިގެންފައިވަނީ 808،803.5 ރ. އެވެ.

ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ވަހީދަށް ހަމަ އެ މުއްދަތުގެ ތެރޭގައި 850،234.2 ރ. ލިބިވަޑައިގެންނެވިއިރު، އެ މުއްދަތުގެ ތެރޭގައި އަމިއްލަ މެންބަރު ނަޝީދަށް ލިބިވަޑައިގަތީ 850،246.11 ރ. އެވެ.

ހަތަރުވަނައަށް އެންމެ ދަށް މުސާރައެއް ލިބިވަޑައިގަތީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. އޭނާއަށް ލިބިވަޑައިގަތީ 860،376.69 ރ. އެވެ.

ފަސްވަނާގައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާންއެވެ. ބޮޑުބޭބޭފުޅު، ރައީސް ޔާމީން ލީޑް ކުރައްވާ ޕީޕީއެމްގެ އެ މެންބަރަށް ލިބިވަޑައިގަތީ 868،073.98 ރ. އެވެ.

ހަވަނައަށް އެންމެ ދަށް މުސާރައެއް ލިބިވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށެވެ. އެމްޑީޕީގެ އެންމެ އިސްކޮށް އުޅުއްވާ އެ މެންބަރަށް ލިބިވަޑައިގެންފައިވަނީ 879،936.69 ރ. އެވެ.

މި ހަ މެންބަރުންނަށް ލިބިވަޑައިގެންނެވި އާމްދަނީއަކީ ހަމައެކަނި މަޖިލީހުގެ މުސާރައެވެ. މި މެންބަރުން ފިޔަވައި ދެން ތިއްބެވި ހުރިހާ މެންބަރުންނަށް ނުވަ ލައްކަ ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ މުސާރައަށް ލިބިވަޑައިގަންނަވާ އާމްދަނީ މެންބަރުންގެ މެދުގައި ތަފާތުވާ ސަބަބަކީ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާ ނިސްބަތުން މިހާރު މުސާރައިން އުނިކުރާތީއެވެ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރ. ލިބިވަޑައިގަންނަވާނީ ވެސް އެ މަހެއްގެ ކޮމިޓީތަކުގައި ބައިވެރިވެވަޑައިގަންނަވާނަމައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ތަޚާނުގެ ޢަލިދީދީ

  ކަޓެއް ނަގައިގެންނަމަވެސް ތިބައި އެބަޖެހޭ ރަނގަޅުކުރާން.

  14
  3
 2. އަހުމަދު

  މިމީ ހުންނަށް މިހާ މަދުން މި ލިބުނީ ކީއްވެ؟ ހާދަ މަދޭ. އެންމެ 800000ރ. ??

 3. ކުސުމް

  އެދެން ވިސާމު ކުޑަ ކުއްޖެއްވީމަ ތުންމެޓައެއްދީ އެބައި ހަމަ ޖައްސާލީ.. ހެހެހެ... ނަ ތުމް ޖާނޯ ނަ ހަމް... ކިޔާބަތު ހޭ.. ވާ ވާ ކިޔާބާތުހޭ...

 4. Anonymous

  "އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރ. ލިބިވަޑައިގަންނަވާނީ ވެސް އެ މަހެއްގެ ކޮމިޓީތަކުގައި ބައިވެރިވެވަޑައިގަންނަވާނަމައެވެ."
  ރައްޔިތުންނަށް ހެޔޮ އެދޭ، އިހުލާސްތެރި، ރައްޔިތުން ދެކެ އެންމެ ލޯބިވާ އިއްޒަތްތެރި ރައްޔިތުންގެ މަޖިލިސް... ޝުކުރިއްޔާ ޤައުމް...
  ސާބަހޯއި.. މިނިމަމް ވޭޖް...؟ ނެތް.. ކޮމެޓީ އެލަވަންސް އިން ވެސް އާދައުގެ ރައްޔިތެއްގެ 4 މަހު މުސާރަ... ނޮއިސް... އެވްރިތިންގ ވިލް ބީ ފައިން ސޫން ކަމަށް ބަލަމާ... އެކަމް ވޯޓު ހޯދަން މަކައިރިއަށް ނާންނާތި މީގެ ފަހުން....

 5. ބޮކި

  ތަމެންނަށް ކެރޭނެތޯ ޕޕޕޕ މަޖްލިސް މެންބަރުންގެ މާލީ ބަޔާން އާންމުކުރަން ؟

 6. ލޮލްލް

  އެހެން ވީމާ އެންމެ މޮޅު ވަގުންނަކީ މީ....

  1
  1
 7. މުހައްމަދު

  ދިއްދޫ ދާއިރާގެ މެންބަރެށް މިހާރު މަޖިލީހުގައި ހުންނަ ކަން ވެސް ނޭނގޭ.!

 8. ޯޮކޭ

  އަހަރެންނަށް ވެސް މިވަރު ދައް އާމްދަނީ އެއް ލިބޭނަމަ މައިންބަފައިން ޙައްޖައް ފޮނުވޭވަރު ވާނެ

 9. ފައްޔާޒު

  70000 ލިބޭއިރުވެސް މަދު ނޫނޭ ކެވޭވަރުން ބަނޑުނުފުރިގެން ބަޔެއް ތިޔަ މަޖިލީހުގަ އުޅެނީ ، ތިތަން އުވާލަން ގޮވާލަން އަދި ކެނެރީގޭ ބުއްޅަބޭ ހަވަރަށް ދިނުމައްވެސް ގޮވާލަން.