ބަންގްލަދޭޝް އިން ރާއްޖެ އައި މީހެއްގެ އަތުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިރޭ ވިދާޅުވީ، ވައިގެ މަގުން ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ކަސްޓަމްސް އިން ވިދާޅުވީ، އެއީ 28 އަހަރުގެ ފިރިހެނެއް ކަމަށާއި، އެ މީހާގެ ލަގެޖް ކަސްޓްމަސްއިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޝައްކު ކުރެވޭ ހިކިފަތްތައް ފެނިފައިވާ ކަަމަށެވެ.

އަދި އެ ތަކެތީގެ ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، ކެެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އަދި އެ މަސްތުވާތަކެތީގެ ބަރުދަނުގައި 4.448 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ފަސް ލައްކައަށް އަރާނެ ކަމަށް ކަސްޓަމަސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވަނީ އެ މީހާއާ، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދޫ

    2012 ގަވެރިކަން ބަދަލުވިފަހުން ކާރެއްގެ ޑިކީން 3 ކެސް ބަގުރަަ ފުލުހުން އަތުލި ހަނދަނެއްވޭ.އެދުވަސްވަރު ކާރަކަށް 4 ކޭސް އަރުވާށާ ހިކި އެތިކޮޅެއް ހޯދުމަށް ލިޔެ ނަސީދުގެ ސޮއި އޮތްސިޓީއެެްއް ސޯސަލްމީޑިޔާއިން ފެނިއްޖެ މިއީ؟؟؟؟

    10
    2
  2. ައަހުމަދު

    ތިބަންގާޅިން ރާއްޖޭ އެތެރެނުކުރާށޭ ތީދެން ކިހާބޮޑު މުސީބާތެއް މިޤައުމުގައި ތިބި ބަންގާޅިންނަކާއި ހުރެ ސަލާމަތްނުވެވިގެން ރައްޔަތުން މިއުޅެނީ މިހާރު މިޤައުމުގައި ތިބަންގާޅިން ކުރާހުރިހާ ްަވާއިދާޚިލާފް ކަންތަށް ސަރުކާރުން ޒިންމާނަގަންޖެހޭނެ ގަސްތުގައި ސަރުކާރުނޮ ކުރުވާކަމެއްތީ، އަޑުއެހިން ރައްޔިތުންމަޖީލީހުގެ އެމް.ޑި.ޕީގެ މެންބަރު އާޒިމް ވެސް މާރުކޭތެއްކަހަލަތަނެއް ހާދާފައި ބަންގާޅިންނަށް ގޮޅިދުކުރާވާހަކަ، ދެންކިހިނެއް މިކަން ހައްލުކުރާނީ ، ޤައުމުދެކެ ލޯބިވަނައެއް މިކަމެއް ނިކުރާނެ، ދެން ތިކަން ހައްލުކުރަންޏާމުން ޖެހޭނީ ރައްޔަތުން ނިކުމެ ހައްލުކުރަން.

    10
  3. ދެރަ

    ބަންގާޅީން ނަކަށް ރާއްޖެނާދެވޭނު ތިވާނީ ކޮންމެވެސް އެހެންތަނެއްގެމީހަކަށް

    • Anonymous

      ރާއްޖެނާދެވެޔޯ ... ފޮނުވާލާ މީހުންގެ ތިނެގުނައަށް ޓުއަރިސްޓް ވިސާގައި އާދޭ އަނެއްކާ... މިގޮތަށްއައިސް މިމީހުންނެއް ނުދޭ މިތާ މަސައްކަތް ކުރަން އުޅެނީ

  4. ފުލެޓު ސޫޖީ

    4.5 ކިލޯ ފަތް ވިއްކައިގެން 3 މިލިޔަން ލިބެންނާ ނެތް ބުނާނެ އެއްޗެއް..

  5. ތިމަންނަ

    މިއީ އަނެއްކާ ގައުމަށް އިތުރުވާ އާއްމުދަނީ އެއް ނޫންބާ؟