މިކަން ކަށަވަރުކޮށްދެއްވާ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަގުތަށް" ވިދާޅުވީ، ކޮޗިން-ރާއްޖެ ފެރީގެ ޚިދުމަތް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 26 ހިސާބުގައި ކަމަށެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު ފެރީގެ ހިދުމަތް ފެށުމަށް މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ އަހަރެވެ. އެ ޚިދުމަތާއި ގުޅެ ކަންކަން ހަމަޖައްސާ، އިޢުލާންކޮށްފައި ވަނީ، މިދިޔަ އޮގަސްޓް މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުތަކަށް ފަހުގައެވެ.
" ޝެޑިއުލް ދަތުރުތައް އަދި ފަހުން އިއުލާން ކުރާނެ. މިމަހުގެ ފަހުކޮޅު ފަށާނެ. ސީދާ ތާރީޚެއް ނޭގެ 26 ހާއިރު ފަށާނެ. މިހާރު އެންމެ ފަހުގެ ތަފްސީލްތަކާއި މެދު ގޮތެއް ނިންމަމުން ދަނީ." މިއުވާން ވިދާޅުވިއެވެ.
މިއީ ރާއްޖެ އާއި އެހެން ޤައުމަކާއި ދެމެދު ފެރީގެ ޚިދުމަތް ދޭން ފަށާ ފުރަތަމަ ފަހަރުކަމަށް ވާއިރު ކޮޗިން އާއި ރާއްޖެ އާއި މެދު ފެރީގެ ޚިދުމަތް ދޭން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށިންނެވެ.
ފުރަތަމަ އަންނަ ކޮންޓެއިނަރު ބޯޓުގައި މެޝިނަރީ އާއި، ފަރުނީޗަރާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަމާނު ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ސަރުކާރުން އުންމީދު ކުރާ އިރު މި ދަނޑިވަޅުގައި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.
އަދި އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް އެ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މިކަން ހުއްޓުވަން ކުޅުދުއްފުށީ ރައްޔިތުން ނުކުންނަންޖޭ..ދިވެހި ހު ރިހާ ރައްޔިތުން އަޑުއުފުލަން ނުކުންނަންވީ...މިއީ މިގައުމު. ފަނާވެދިއުން....ސަމާލުވޭ..މިއީ ގޯހެއް... ރ މައުމޫނު މަނިކުފާނު އެބަހުންނެވިންތޯ...މަނިކުފާނު އިސްލާހީ އެޖެންޑާއެ ނެ ރެގެން މިގެނައީ އިންޑިއާގެ އަސްކަ ރިއްޔާތޯ...އަޅުވެތިކަމަށް މަގުކޮށާދިނީ....ގާސިމު ތިބޭފުޅާގެ ވިޔަފާ ރިތަކަށް ހު ރަސްނޭޅޭނެތީތޯ ހައްޕުކިޔައިގެން ތިހުންނެވީ...މުޅިގޭގެ އެއްމެން ކާން އެއްމެ މީހެއް ކައްކަން ބަދިގޭގަ ބަހައްޓާފަ ގޭއެއްމެން ކުޅިމަޖަލުގަ ތިބެފަ ސުފު ރާމައްޗަށް ތި ރިވެ އިންސާފުކު ރަންތަ ތި ތިބެނީިި...
ވިސްނަވާ ކާގޯފެރީ އެއްގެ ނަމުގަ މިގެންނަނީ ކެރޭނެއްވެސް ނެއް ކާގޯ ބޯޓެއް އެބޯޓކައް ކުޅުދުއްފުށި ބަނދަރަކައް ނުވަދެވޭނެ ދެން ކުޅުދުއްފުއްޓައް މުދާބާލާނަމަ ބާޖެއްގަ ކުރޭނެއް ބަހައްޓާގެން ބާޖަކައް ހުސްކުރަން ޖެހޭނީ މާލެއައިއްޔާ މަގަތުފާލަމައް ކާރި ކުރެވިދާނެ ވީމާ ކާގޯފެރީކިއާފަ ދިވެން ކާރި ތިދައްކަނީ ބުހުތާނު ދޮގު ތިކަން 6މަސްދުވަހައްވެސް ނުކުރެވޭނެ. ތީހަމަ ރިސޯޓުތަކުގަ މަސައްކަތް ކުރާމީހުން ޑިއުޓީނިއްމާފަ އަނބިދަރީން ކާރިއައް ފޮނުވަން ވިވައުދުކަހަލަ ކަމެއް ސަލާމް
ދިވެހި ބޯޓު ފަހަރަށް ނުދެވޭނަމަ ހަމަހަމަ ކަމެއް ނެތެވެ.
އިންޑިޔާއަށް މުޅިއިގުތިސާދު ނުދީ. އެމީހުންއެއުޅެނީ މިތަނަށްލިބޭ ހުރިހާ ޑޮލަރެއްކަހާލާނެގޮތެއްނޭގިގެން