މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްގެ މަގާމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ކަނޑައަޅައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނާޝިދަށް މަގާމުގެ ރަސްމީ ލިޔުން (އެގްޒެކެޓަރ) ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރުވާފައިވެއެވެ. އެއަށް ފަހު، މިނިސްޓަރ ޝާހިދު ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގައި އޮނަރަރީ ކޮންސުލްގެ ދައުރުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އެހެން ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކައުންސިލުންނަކީ އެ ގައުމުތަކުގެ ސަރުކާރުތަކުން ކަނޑައަޅުއްވާ ބޭފުޅުންނެވެ. އޮނަރަރީ ކައުންސިލުން ކަނޑައެޅުމުގައި ދިވެހި ސަރުކާރާއި ފޮރިން މިނިސްޓްރީގެ މާ ބޮޑު ދައުރެއް ނޯވެއެވެ.

އޮނަރަރީ ކޮންސުލްއިން އައްޔަން ކުރުމުގައި ދިވެހި ސަރުކާރުގެ ދައުރަކީ އޮނަރަރީ ކޮންސުލްގެ ގޮތުގައި އެ ގައުމުތަކުން ކަނޑައަޅާ ބޭފުޅަކު ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދެއްވުމެވެ. އެ ކަން ހިނގަނީ ވިއެނާ ކޮންވެންޝަންސްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެލެކުސް މައިކާލޯ

  ކޮންމެހެން މީނައަށް ދޭންޖެހޭތަ...ނެތީތަ އެހެން ދިވެހި ދަރިޔަކު ތިމާގާމަށް ކުފޫހަމަވާ....ކިހިނެތް ތިމީހުން އަމިއްލަ ވިޔަފާރި މަޖިލިސް މަޖިލިސް ކައުންސިލް...ކިހިނެތް އެކަކު ތިހުރިހާ ކަމެއް 8 ގަޑިއިރު ނިދާފަ ކުރަނީ؟؟؟؟؟؟؟؟؟ ސަހަރޯ

  10
 2. ނަޖާ

  އެމްޑީޕީގައި މިވަރު ކޮށްލެވޭނެ މީހަކު ހަމަ ނެތީ؟؟؟؟

 3. ޢާޟޯހު

  ކިޔަވައިގެން ވަޒީފާ ނެތް އެތައް ކުދިންނެތް އެބަތިބި. ޢެއިން ކުއްޖަކަށް ތި ވަޒީފާ ދީބަލަ. ތީ މިގައުމުގަ އެއްޗެއް ނުލިބޭ މީހުންނަކީ

 4. Anonymous

  މޮރޮކޯގެ ވެރިޔާއަކީ ކިހާރު އަބްދުﷲ ޝާހިދުތަ؟. ދިވެހިގައުމުގެ ބަޖރޓުން ދޯ މުސާރަދޭނީވެސް.

 5. މިތުރު

  ދިވެހިރައްޔިތުންނަށް މިގައުމުގެ މުއްސަނދިކަން ބަހާލަބަލަ. ވަކި ބަޔަކާއި އެބައި މީހުންގެ ދަރިންނަށް މިގައުމުގެ އެންމެ ފައިސާލިބޭ ސަރުކާރުގެ މަގާމްތައް މިދެނީ.

 6. Anonymous

  ނެތްތަ ބާ ކާޕެޓްގަނޑެއް؟؟؟؟؟؟؟