ރައްޔިތުން މަޖިލީހުގެ ދާއިރާތަކުގެ މެދުގައި މިނިސްޓަރުން ތަފާތު ކުރުން ގެންގުޅުއްވާ ކަމަށް ވިދާޅުވެ ދެ މިނިސްޓަރަކާއި ސުވާލު ކުރުމަށް ހުށަހަޅައިފިއެވެ.

މި ގޮތަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. ސިރާޖު ސުވާލު ކުރެއްވުމަށް ހުށަހެޅުއްވި ދެ މިނިސްޓަރުންނަކީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއެވެ.

މިނިސްޓަރު އަސްލަމްއާ ހަތަރު ސުވާލެއް ކުރެއްވުމަށް ހުށަހަޅުއްވާފައިވެއެވެ. އޭގެތެރޭގައި "ލ.ފޮނަދޫ މަގު ހެދުން-ފޭސް 2" ބަޖެޓްގައި ހިމަނާފައި އޮވެ، އޭގައި ސޮއި ނުކޮށް، ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގައި ސޮއިކުރި އުސޫލު އޮޅުންފިލުވުން ހިމެނެއެވެ.

މީގެއިތުރުން ފުރަތަމަ ސުވާލާ ގުޅޭ ގޮތުން، ފޮނަދޫގެ މަގު ހެދުމުގެ ފޭސް ދެ ޕްރޮޖެކްޓް ހިންގުމަށްވުރެ ބިމުގެ ގޮތުން މާބޮޑު ތަނުން ކުޑަ އަދި ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގުހެދުމުގެ ޕްރޮޖެކްޓަށް އިސްކަންދޭންޖެހުނީ ކީއްވެގެންތޯ އާއި ކޮވިޑް-19 ގެ ސަބަބުން ޕްރޮޖެޓްތަކުގައި ސޮއި ކުރުން މަޑު ޖައްސާލައިފައިވާ ވަގުތެއްގައި 37,871,786.00 ރުފިޔާ ހަރަދު ކުރާގޮތަށް އިސްކަމެއްދީގެން ބަޖެޓްގައި ހިމެނިފައި ނުވާ ޕްރޮޖެކްޓެއްގައި ސޮއި ކުރަން ޖެހުނު ސަބަބަކީ ކޮބައިތޯ އާއި އަދި ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލަކީ ކޮބައިތޯ ބެލުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ކުރުމަށް ހުށަހަޅާފައިވާ ސުވާލުތަކުގެ ތެރޭގައި ފޮނަދޫ މަގު ހެދުން - ފޭސް 2" ޕްރޮޖެކްޓްގައި ސޮއި ނުކުރެވި އޮވެ، 2020 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހިމެނިފައި ނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގެ ޕްރޮޖެކްޓްގައި ސޮއި ކުރީ ކުރަން ހުއްދަ ދެއްވި މައްސަލަ ހިމެނެއެވެ.

ދުވާފަރު މަގު ހެދުމުގެ ޕްރޮޖެކްޓް ފޭސް 2 ގައި ސޮއި ކުރަން ހުއްދަ ދެއްވި ސަބަބު އޮޅުން ފިލުވުމަށް ހުށަހަޅާފައިވާއިރު ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލާއި ގުޅޭ ގޮތުން ވަނީ ސުވާލު ކުރުމަށް ހުށަހަޅުއްވާފައެވެ. ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި އެހާބޮޑު އަދަދުން ހަރަދު ކުރަން ހުއްދަދެއްވީ ބަޖެޓްގައި ހިމެނިފައިވާ ހުރިހާ ޕްރޮޖެކްޓްތަށް ހިންގުމަށް ފައިސާ މިހާރު ލިބިފައިވާތީތޯ ވެސް ސިރާޖު ވަނީ ފިނޭންސް މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހަޅާފައެވެ.

ސިރާޖު މި ސުވާލުތައް ކުރެއްވުމަށް ހުށަހެޅުއްވިއިރު މިވަގުތު ރައްޔިތުންގެ މަޖިލިސް އޮތީ ޗުއްޓީގައެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ޗުއްޓީ އަށް ފަހު ފަށާ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މި މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މިތުރު

    ސަރުކާރުގެ މެމްބަރުން ސަރުކާރުގެ ވަޒީރުންނާއި އެ މެމްބަރުންގެ ދާއިރާތަކަަށް ކަންކަން ނުވެގެން ސުވާލުކުރަން މަޖްލިހަށް ހުށަހެޅުން އެއީ ލަދުވެތިކަމެއް. ސަރުކާރު ފެއިލްވެފައިވާ ކަމުގެ ހެއްކެއް. އިދިކޮޅު މެމްބަރުންގެ ދާއިރާތަކުގެ ހާލަތާމެދު އަންދާސާވެސް ކޮށްނުލެވޭނެ.

    29
    1
  2. ރަސް އައިނު

    އިންޑިޔާ ފެރީ ބާއްވަނީ ބޯޑަރު ކޮންޓްރޯލް ނިޒާމުން ބޭރުން މިކަން ބަލާ ބަލަ

    މީ އިންޑިޔާ އަވަށެއްތަ ފެރީ ބާއްވާން.. ކޮބާ ބޯޑަރު ކްލިއަރެންސް ކަސްޓަމްސް ޗެކިން..

    ޕޮލިސް އިމިގްރޭޝަން..

    މީ ގައުމެއްތައް މިނިވަން ކަން އެބައޮތް ބާ

    އިންޑިޔާއިން ރާއްޖެ ހިފައިފިހެން ހީވަނީ އެމިހުންނަށް ފްރީކޮށް ރާއްޖޭގެ ރަށްތަކަށް ބޮއްކުރާގައި އައި މިއެރެނީ ބޭނުން ކޮންމެ އިރަކުން..

  3. Juhaa

    ދުވާފަރަށް އިސްކަންދޭން ޖެހެނީ ފޮނަދޫގެ އާބާދީއަށްވުރެ ދުވާފަރުގެ އާބާދީ 2 ގުނަ ބޮޑުވީމާ. ދެން، ހުށަހަޅާ ޖުނުބުވެރިޔާއަށް ޖިމާޢުވާ ކޮންމެ ދުވަހަކު ޗުއްޓީ ދޭން.

  4. ކައްޓަލަ

    ކޮބާ ކަލޯ ޕެޑު މަޝްރޫ ކޮބާތަ

    12
  5. ޖޮނަތަން

    ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ތީ ތިތާގަ ބައްތިއްބަން އެއްގޮތަކަށްވެސް ކަމުދާ ބަޔެއްނުން.ކަރަޕްޓް މީހުން މިއުޅެނީ.

    12
  6. ކެނެރީ

    މި ސަރުކާރުގެ ކޮންމެ ސިޔާސީ މީހަކީ ކަރަޕްޓުގެ ބަފައެއް

    11
  7. ފޑބއ

    ދެން ރޮބޮޓެއް ލާފަ ބަހައްޓަަންވީނުން.

  8. ޚިޔާލު 3

    ރަގަޅު ސުވާލުތަ ކެއް ދެ މިނަސްޓަރަށްވެސް ޒިންމާދާރު ޖަވާބެއް ދެވޭނެ ސުވާލުތަ ކެއްނޫން. އުސޫލުލް ފިގުހުގައިވާގޮތުން ކަޑައެޅިފައިވާ ކަމެއް ކަޑަނޭޅިވާ ކަމެއްގެ މައްޗަށް ގަދަވެގަތުމަ ކީ ޢާންމު އުސޫލުން ކުށެ ކެވެ. އެހެނީ ބަޖެޓުގައި ނެތް ކަމެއް ކުރުވުމެވެ.

  9. ހުސްއަނގަ

    އެއްކަލަ އުސްޘާދު ޝަމީމުގެ ބޯއި ދެއްތޯ، މާމޮޅު ވަކީލެކޯ!