"ވަގުތު" ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި، "މިހާރު" ނޫހުގެ ފޮޓޯގްރާފަރު ނިޝާން އަލީގެ ފަހަރި ފާތިމަތު ނިސްރީން (އައްޑޫ ސިޓީ ހެލެބެލިގެ) ވަނީ މިރޭގެ ވަގުތެއްގައި ނިޔާވެފައެވެ.

ފާތިމަތު ނިސްރީން ނިޔާވުމާއި ގުޅިގެން ނިޝާން އަލީގެ އާއިލާއަށް ލިބިފައިވާ ހިތާމާގައި "ވަގުތު" އާއި "ވަގުތު" މުވައްޒަފުން ބައިވެރިވަމެވެ. އަދި ފާތިމަތު ނިސްރީންގެ އާއިލާ މެންބަރުންނަށް ތައުޒިއާ ދަންނަވަމެވެ.

"ވަގުތު" މުވައްޒަފުންގެ ދުއާ އަކީ ފާތިމަތު ނިސްރީންގެ ކުށްފާފަތައް ފުައްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި އޭނާގެ އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

ފާތިމަތު ނިސްރީން ނިޔާވީ އިންޑިއާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިއޭ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    29
    1
  2. އަބަދުވެސް ތާއީދު

    އަޅުގެވެސް ދުޢާ އަކީތީ ފާފަފުއްސަވާ ރަހުމަތްލައްވާންދޭވެ އާމީން...އަޅުގަނޑު ޙަޔާތުގެ ދުއް
    އެންމެ ރަގަނޅު ނޫހަކީ ވަގުތު ނޫސް...ރައްޔިތުންނާ
    ހަމަޔަށް ހަބަރު ގެނެސްދޭ އެއްވެސް ޗެނަލެއް ވަގުތު ނޫހާ އެއްވަރެއްނުވާނެ...މުނިފޫހިފިލުވުމުގެ ގޮތުން ވިޔަސް...ދުނިޔޭގަ މަސްރަހުންވެސް ރާއްޖޭގެ އެތެރޭގެ ހަބަރުގައިވެސް އެއްވަނަ ވަގުތު ނޫސް.

    24
    1
  3. ޯޮޮ

    ޔާﷲ!! މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާދޭވެ. އާމީން

    32
    1
  4. ޞާރި

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎