ކޮވިޑް-19 ގެ އެލަވަންސް ނުލިބޭ ކަމަށް ބުނެ، ހުޅުމާލޭގެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުން މުޒާހަރާ ކުރި މައްސަލައިގައި ފިޔަވަޅު އެޅުމަކީ އެމީހުންނަށް ދިން އަނިޔާއެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ރޭ ވިދާޅުވެއްޖެއެވެ.

އެމްއެޗްޕީޔޫ އިން ކުރި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތްތެރިން އެމީހުންގެ ހައްގުތައް، ހޯދުމަށް އިހްތިޖާޖްކުރުމަކީ، ގާނޫނީ ގޮތުން ލިބިގެންވާ ހައްގެއް ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލްގެ މުއައްޒަފުން ކުރި އިހްތިޖާޖްއާ ގުޅިގެން އިއުލާންކުރެވި، ހޮވިފައިވާ މަގާމްތަކެއްގައި ތިބި މުއައްޒަފުން، ޑީމޯޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެޗްޕީޔޫގެ ޓުވީޓުގައި ވިދާޅުވިއެވެ.

"ފިޔަވަޅު އެޅުނު މުއައްޒަފުންނާއި، ގާނޫނީ ގޮތުން އެހީތެރިވުމުގެ މަސައްކަތް މިޔޫނިއަންއިން، މިދަނީ ކުރަމުން. މިއަމަލަކީ، މަސައްކަތްތެރިންނަށް، ދެވުނު އަނިޔާއެއް،" އެމްއެޗްޕީޔޫގެ ޓުވީޓު ނިންމާލަމުން ލިޔެފައިވެއެވެ.

އެމްއެޗްޕީޔޫގެ ޓުވީޓު މިގޮތަށް އައީ ރައީސް އޮފީހާއި ހުޅުމާލެ ހޮސްޕިޓަލާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ލޭބަ ރިލޭޝަންސް އޮތޯރިޓީ ފަދަ ތަންތަން ޓެގްކޮށެވެ.

އެނގިފައިވާ ގޮތުގައި އެ މުޒާހަރާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ސެކްޝަންތަކުގެ އިންޗާޖުންގެ މަގާމް ވަނީ ދަށްކޮށްފައެވެ. އެކަމަކު، ދެން ތިބި ނަރުހުންނާ މެދުގައި އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ކުރި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މުޒާހަރާ ކުރުމަކީ އަސާސީ ހައްގަކަށްވާ އިރު، އިހުތިޖާޖްކޮށް ޝުއޫރު ފާޅު ކުރުމުން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅައިގެން ނުވާނެއެވެ.

މި މުޒާހަރާ ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ. މި މުޒާހަރާގައި، ނަރުހުންނާއި، އެޓެންޑެންޓުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 މުވައްޒަފަކު ބައިވެރިވެ، އެލަވަންސް ނުލިބިގެން ޝަކުވާކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ އުސޫލަށް ބަލާއިރު، މި އެލަވެންސް ދެމުންގެންދަނީ ކޮވިޑާއި ގުޅުން ހުރި މަސައްކަތްތައް ކުރާ މީހުންނަށެވެ. އެގޮތުން ހުޅުމާލޭގައި ތިބި ނަރުހުންނަށް ވެސް ކޮވިޑް އެލަވަންސް ލިބޭނެ ކަމަށް މެނޭޖްމެންޓުން އެންގިއެވެ. ނަމަވެސް ފަހުން އުސޫލުތައް ހާމަކުރި އިރު އެ މުވައްޒަފުން ރިސްކް އެލޮވެންސް ލިބޭ މީހުންގެ ތެރެއަކު ނުހިމެނެއެވެ. ނަރުހުން ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ވެސް ބުނެފައެވެ.

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500ރ. ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250ރ. އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200ރ. ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކިޔުންތެރިއެއް

    މިސަރުކާރުން ކިތައްމެ އަނިޔާއެއްދިނަސް ބަލަންތިބުމެއްނު އޮތީ.

    17
    • ގ

      މަޖުލީހުގަ ތިއްބަވާ އިއްޒަތްތެރިންނަށް ފޯނު އެލަވަންސަށް ވެސް ލިބޭ އާދައިގެ މުވައްޒަފަކަށް ވުރެން ގިނަ އިން ފައިސާ. ގިނަ އިން އަދި މަތީ ފާހެއް އޮންނަނީ މި އާދައިގެ މުވައްޒަފު އަތުގަ.... އިންސާފެއް ނެތް ވެރިކަމެއް... އެތައް ގިނަ އަމިއްލަ ގޮޑިތަކެއް މަޖުލީހުގަ އުފައްދައިގެން ތިބެގެން އަމިއްލަ ބޭނުމަށް ރައްޔިތުންގެ ލާ ކަނީ....މަޖުލީހުގެ މެމްބަރުން ގެ މުސާރަ ތިންގުނަ ކުޑަ ކޮށްފިއްޔާ މިހާރަށް ފައިދާ ވާނެ.... މަޖުލީހުގަ ތިބޭ ސުޕަރ މެޖޯރިޓީ މަހުޖަނުންތަކުގެ މުސާރަ ކުޑަ ކުރިޔަސް އެމެމްބަރުން ފަގީރެއް ނުވާނެ.....

      16
  2. ޔތ

    ރަގަޅު. ބޮޑު އަނިޔައެއް. އެލަންވަންސް ދޭނަމޭބުނެ ނުފޯރާފޮތިން ފޫނުގަޅަން ގޮވާލަން. އެލަވންސް ދޭން ބުނީ ކީއްކުރަން. އެހެނަސް އެކުދިން މަސައްކަތް ކުރަނީއެލަވަންސަކަށް ނޫން. ދޭން ބުނި އެއްޗެއް ދޭންވާނީ ރަގަޅަށް

    20
    • Anonymous

      ޕާރޓީ ކުދިން ކޮޅަށް އެ ވެސް ބަހާލީ.

  3. ސުޢޫދު

    މީހައްގު މިންވަރު ހޯދަދޭން ހޭނެތޭވަރައް ވައުދުތައް ވަމުންއައްނަ ގުރޫޕެއް ވޯޓްލިބުނީމަ ގައުމު ދޮވެލާފަ ރައްޔިތުންގެ ނަމުގަ ގައުމުތަކުން ލޯން ނަގާ އެވެސް ދިރުވާލީ މިހާރު ނިއްމާފަ އޮތީ ފެންބިލް ކަރަންޓް ބިލްނުދައްކާ ތަންތަނުގެ ހިދުމައް ކަނޑާލަން އައްނަމަހު މިގުރޫޕައް ވޯޓްދޭ ކޮއްމެފަހަރަކު ރައްޔިތުން ހަނާކޮއްލާ އައްނަނީ ރައްޔިތުން ނައްހުވަފެން ދައްކަމުން .

    16
  4. Anonymous

    ރޮޒޭނާ، އަނިޔާއަކީ މަޖިލިސް ބަންދު ދުވަހެއްގަ ފާރުމަތިން އެރުމުން ހުއްޓުވުމެއްނޫން. އަނިޔާއަކީ ހައްގެއް ހޯދުމަށް އަޑު އުފުލުމުން އެބަޔަކަށް އަނިޔާވެރިވުން. ރައީސް ޔާމީން ދައުރުގައި މުވައްޒަފެއްގެ ހައްގެއް ގެއްލިގެން ނުދޭ. ތިކަހަލަ ނުލަފާ ސިޔާސީ މީހުން ގާނޫނާ ގަވާއިދާ ހިލާފުވެ ގާނޫނު އަސާސީގައި ކުށެއްކަމަށް ކަނޑައަޅާފައި އޮތް "ސިޔާދަތީވެރިކަން" ވައްޓާލަން ރިޝްވަތު ދިނުމާއި ފިތުނަ ފަސާދަ އުފެއްދުމުން ކޯޓުން ހުކުމް ކޮށް ޖަލަށްލީ. އެއީ އަދުލު އިންސާފު. މިސަރުކާރުން ފާޅުގައި އަނިޔާވެރިވަނީ. މިވެރިކަން ނިންމާލާނީ ދިވެހިރައްޔިތުން ނިކުމެ. ދާދި އަވަހަށް އެކަން ނިމިގެންދާނރ.

    17
  5. ބަޓް

    ކޮވިޑް އެލަވަންސަކީ ވަރަށް ފާޑެއްގެ އެއްޗެއް! އެއީ ވަކިބަޔަކަށް ލިބޭ އެއްޗެއް! ދަރުބާރުގޭ ގޮނޑި ހޫނުކުރާ މީހުންނަށް ލިބެންޏާ ކީއްވެ ކޮވިޑާ ގުޅޭ މަސައްކަތް ކުރާ އިދާރާތަކުގެ ސްޓާފުންނަށް ނުލިބެންވީ! ޖެންޑަރ މިނިސްޓްރީގެ ޕީ.އެސް. ބޮޑުސިންގާ މެމޯ އެއް ފުނުވިކަމަށް ވަނީ ކޮވިޑާ ގުޅޭ ކަންކަމުގަ އުޅޭ މުވަށްޒަފުންނަށް ކޮވިޑް އެލަވަންސް ލިބޭނެކަމަށް!
    އެކަމަކު އެ ލިބުނު މީހަކު ނުފެނޭ!

    14
  6. އެންޓެނާ.

    އެމް.ޑީ.ޕީ އޮޑި ހަމަ ރަނގަޅަށް ފައްތާލާފި. ގާސިމާ މަެުމޫނަކީ މޮޅު ބައެއްކަމަށް މިހާރު ގަބޫލްކުރަންޖެހޭ.

    12
    1
  7. ހަނަ

    މި އަނިޔާވެރި ސަރު ކާރު އިސްތިއުފާާ އިސްތިިއުފަާ

    16
  8. ހުސްނީ

    ތިވާނީ ވަގުތައް އޮޮޅިގެން ގެނެވުނު ހަބަރަކަށް، މުޒާޙާރާ ކޮށްގެންނެއް މިސަރުކާރުން ފިޔަވަޅެއް ނާޅާނެ.....%100 ޔަގީން.

  9. އަހްމަދު

    މިކަހަލަކަންކަން މިދިމާވަނީ އިސްމަގާމުތަކަށް ނާގާބިލްމީހުން އައްޔަންކުރާތީ ނަރުހުންނާ އެޑެންޑެންޓުން އެއީ ކިހާވަރެއްގެ މުހިންމުބައެއްކަންނޭގޭ ވެރިން ސިއްހީދާއިރާއިން ދުރުކުރުމަށް ރައީސް ސޯލިހްއަށާ ހެލްތުމިނިސްޓަރަށް ދަންނަވަން މިބާވަތުގެކަންކަން ސިޔާސީކަންކަމައް ނުހެއްދެވުމަށްވެސް ދަންނަވަން މިދަތިދުވަސްވަރު އެމުއައްޒިފުންނައް ތިދެވެނީވަރައްބޮޑުއަނިޔާއެއް

  10. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މިއީ އިބޫ އިމްޕީޗްމެންޓް އަކުން މަޤާމުން ބާލުވަން ދިވެހި ރައްޔިތުން ނަށް (ރައްޔިތުންގެ މަޖްލިހަށް) މަޖުބޫރު ވެއްޖެ ކަމުގެ އަލިގަދަ ހެއްކެއް. މިއީ ނިކަމެތި ނަރުހުން ތަކަކަށް ކަންތައް ކުރަންޖެހޭނެ ގޮތެއް ނޫން. ފައިސަލް ނަސީމް އަށް ވެރިކަން ހަވާލު ކުރިޔަސް ހުރިހާ ޕާޓީ އަކަށް ފައިދާވާ ގޮތަށް ރާއްޖެއަށް ސުލްޙަވެރިކަން ގެންނާނެ ކަން ހަމަ ކަށަވަރު. މިހާރު ވާއެއްކަމެއް ކޮބާ ؟

    • ޑރ. ރާމީ ހަސަން މަނިކު މ. ވައިނުޖެހޭގެއާގެ

      އިބޫ ގެ އުފަން ރަށް، ހިންނަވަރަށް ވެސް އިބޫގެ ފަރާތުން ކުރި ފައިދާ އެއް ޙަރާމުން ޙަރާން. ދެން ކިހިނެތް ތިމާގެ އަމިއްލަ ޕާޓީ އަށް އީމާންދާރު ވާނީ ؟ އިބޫ ބަހައްޓައިގެން އެމް.ޑީ.ޕީ އަށް ވީފައިދާ އެއް ވިދާޅުވެ ބައްލަވާ ؟ ޕާޓީ އަށް އީމާންދާރުވީކީ ނޫން. ޕާޓީ އަށް އިޙްސާންތެރިވީކީ ނޫން. ޕާޓީ ގެ އިސް ވެރިންނަށް އިޙްތިރާމް ކުރަނީކީ ނޫން. (1) އިބޫ އަށް ކޮރޯނާ ކޮންޓްރޯލް ކުރެވުނީކީ ނޫން. ކޮރަޕްޝަން ހިންގާފަ އޮތް ކަމެއްގެ ވާހަކަ ރެއާދުވާލު، 24 ގަޑިއިރު މަބްރޫކު އަރާ ކިޔަމުން ދިޔައިރު އިބޫ އަށް ރޭކާ ނުލި ކަނޑެއްކަން ފަޅެއްކަން. (2) އެެމް.އެމް.ޕީ.އާރް.ސީ ގެ ލިސްޓް އިބޫ ނެރުނީކީ ނޫން. ލިސްޓް އޮތީ އިބޫ ގެ މޭޒު ގެ ވަތް ގަނޑުގައި، ފޮރުވާފަ. މި ލިސްޓް ނެރެން އިބޫ ބިރުގަންނަ ސިއްރެއްވެސް އެބަވޭ. (3) ޕާޓީ ތަކުގެ ސްލޮޓް ތައް އިންސާފުވެރި ގޮތުގަ ބަހަނީކީ ނޫން. އަދާލަތު ގެ ޖެންޑަރ މިނިސްޓްރީ ގެ ސްލޮޓް ވެސް ދިނީ އިބޫ ގެ ކްލާސްޓީޗަރ އަށް. މިވަރުވީމަ ދެން ތިބޭ ހޭޖެހޭ މީހުން އިބޫ ބާލުވާފަ ފައިސަލް ނަސީމް އާއި ހަވާލުކުރުމަކީ ވާޖިބެއް.

  11. ކެނެރީ

    މި ސަރުކާރުން އަނިޔާ މުޅި ރާއްޖޭގެ ހުރިހާ ރައްޔަތުންނަން މިހާރު ލިބެމުން ދަނީ މީ ލާދީނީ ސަރުކާރެއް އިންޑިޔާ ރައްޔަތުންހަނިމާދޫގައި ތިބުމުން އެރަށުގެ ގިނަ މީހުންނަންވަނީ ނަފުސާނީ ގޮތުން ބިރުވެރި ކަމެއްގެ ތެރޭގަ

  12. ކަނބާ

    ޕޮޒިޓިވް މީހުން އެކިތަންތަނަށް އުފުލުމަށް ކޯސްޓްގާޑުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ނުދެނީ އެބުނާ އުސޫލުގެ އެއްވެސް ކެޓެގަރީއަކަށް އެމީހުން ނުފެތޭތީހެއްޔެވެ؟ އެންމެ ފުރަތަމަފުދުވަހުން ފެށިގެން ރެޔާދުވާލު ޕޮޒިޓިވް މީހުން އުފުލުމުގައި މިއަދާހަމައަށް ދެމިތި ޒުވާން ބައެއް ސިފައިންނަށް އެއްވެސް އެލަވަންސެއް މިހާތަނަށް އައިއިރު އަދި ނުދެއެވެ.

  13. އިންޑިޔާފަސްބައި

    ކަލޯމެން/ކަނބަލުންނޭ! މި ސަރުކާރުން ކުރާ/ހިންގާ ކަންތަކާއިބެހޭގޮތުން މުޒާޖަރާ ކުރަން- ކީއްކުރަން، އެއްޗެއް ބުނުމަކީވެސް "قانوني ފާފައެއް"! އަދި އަމިއްލަ ބޯ ފާރެއްގައި ތެޅުންފަދަ ކަމެއް! ވީމާ (ސަލާމަތުން ހުންނަން ބޭނުމިއްޔާ) ރަނގަޅީ ދެލޯ މަރައިގެން، ކަންފަތުގަ ގުދުޅިއެއް ޖަހައިގެން، އަނގަ ބަންދުކޮށްގެން ތިބުން!! އެހެން ނޫނިއްޔާ يامين އަކަށް ވެދާނެ!! ބޯ ހަލާކު!!!

  14. ހާސަރު

    ގައުމު އިނދަޖެހިފަ އޮތް އިރުވެސް ލާރި ނުލިބިގެން. ހައްގު އެއްޗެއް ދޭންވާނެ. ނަމަވެސް ތިހާވަރު ވާންޖެހޭ ކަމެއްނޫން. އެހެންނޫނަސް މައުލޫމާތު ލިބޭގޮތުން ޑިޕާރޓްމެންޓްތަކުގެ ނާރސިންގ އިންޗާރޖުން ހޮވީ އިއުލާނު ކޮށްގެނެއްނޫން. އިއުލާނު ކޮށްގެން ހޮވާފަހުންނަނީ ހޮސްޕިޓަލުގެ ނާރސިންގ އިންޗާޖު، އޭނަ ވަކި ނުކުރާކަމަށްވަނީ. އެހެންކަމުން މިޓުވީޓްތަކަކީ ބަލަންވާވަރަށް ނުބަލާ ކުރި ޓުވީޓްތަކެއް.

    1
    8
    • ނަރުހެއް ނޫން

      ހާސަރު.... މަޖުލީހުގަ ތިއްބަވާ އިއްޒަތްތެރިންނަށް ފޯނު އެލަވަންސަށް ވެސް ލިބޭ އާދައިގެ މުވައްޒަފަކަށް ވުރެން ގިނަ އިން ފައިސާ. ގިނަ އިން އަދި މަތީ ފާހެއް އޮންނަނީ މި އާދައިގެ މުވައްޒަފު އަތުގަ.... އިންސާފެއް ނެތް ވެރިކަމެއް... އެތައް ގިނަ އަމިއްލަ ގޮޑިތަކެއް މަޖުލީހުގަ އުފައްދައިގެން ތިބެގެން އަމިއްލަ ބޭނުމަށް ރައްޔިތުންގެ ލާ ކަނީ....މަޖުލީހުގެ މެމްބަރުން ގެ މުސާރަ ތިންގުނަ ކުޑަ ކޮށްފިއްޔާ މިހާރަށް ފައިދާ ވާނެ.... މަޖުލީހުގަ ތިބޭ ސުޕަރ މެޖޯރިޓީ މަހުޖަނުންތަކުގެ މުސާރަ ކުޑަ ކުރިޔަސް އެމެމްބަރުން ފަގީރެއް ނުވާނެ.....

  15. ޥބބ

    ސިއްހީދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަބަދުވެސް އިސްކުރަން ޖެހޭނީ ގަވްމު މިގަވްމުގަ މިހާރު އެބަތިބި ވަޒީފާ ގެއްލިފައި ތިބި އެތައްބަޔަކު

    2
    7
  16. ޙާނު

    ވަރަށްބޭއިންސާފުންކުރި ކަމެއްތީ
    ވަޒީފާއާ ކިޅެގެން ނުވާނެ

    10
  17. ޒާ

    ގާނޫނުން ލިބިދޭ ހައްގެއް ހައްގުހޯދަން މުޒާހަރާކުރުން. ފިޔަވަޅުއރޅިވެރިން ސައިޒް ކުރެވޭނެ ޖާގައެބައޮތް.