އައްސޭރި ޖަލާ ހަވާލުވެ ހުރި، ސުޕްރިޓެންޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅިގެން އޭނާ މަގާމުގެ ޒިންމާތަކުން ދުރުކޮށް ސަސްޕެންޑް ކޮށްފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ، އައްސޭރި ޖަލު ހިންގުމާ މިވަގުތު ހަވާލުވެ ހުރި އޮފިސަރު ސަސްޕެންޑް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހީންގެ މައްޗަށް ތުހުމަތު ކުރަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހިބިލިޓޭޝަން އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްގެ ތެރެއިން ކަމާ ނުގުޅޭ ގުދަނެއް ހުއްދަ ނެތި އެޅުމުގެ މަސައްކަތް ކޮށްފައި ވާތީ އާއި ޕްރިސް ވޯޓާ އިން ބަލަހައްޓަމުންދާ ޕްލާންޓް ގެއާއި އިންވެގެން އެކްސްޓެންޝަން މަސައްކަތެއް ހުއްދަ ހޯދުމެއް ނެތި ކުރަމުންދާ ކަމަށެވެ.

މިމައްސަލަ މިހާރު ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތާކިހާ

    ދުއްވާލަންވީމަ ކޮރަޕްޝަންތޯ؟ ހިއްލާލަންވީމަ އެޓެންޝަންތޯ؟

    13
  2. ފާއިޒް

    ތީ އެހާވަރުގެ ކަމެއްނޫން އޭނަ ތި ކުރި މަސައްކަތެއް ހުންނާނީ ތިތާ އެހެން ވީމަ ރަނގަޅު އެކަމަކު ރޯމާ ދުާލު ބޮޑުން ދައުލަތުގެ ހަޒާނާ ކައި ހުސްކުރީމަ އޭތި ކަޑަ ...

    12
  3. އަލީ

    ތިކަންކުރީ ހުއްދަނަގައިގެން. އެހުއަދަތައް ފެނިފަހުރި މީހަކަށްވާތީ mi ބުނަީ

  4. Anonymous

    ޒީރޯޓޮލަރެންސް ޒީރޯޓޮލަރެންސް ޒީރޯޓޮލަރެންސް

  5. އަދާލަތު

    ތިޔައީތަ ކޮރަޕްޝަނަކީ؟ ކޮބައިތޯ ޙަޤީޤީ ކޮރޕްޓް މީހުން؟