ދިވެހިރާއްޖެ އާއި އެމެރިކާގެ ދިފާޢީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެޤައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވޯކެއް އެކުލަވާލައިފިއެވެ.
.
"ފްރޭމްވޯކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވާލައިފައިވާ މި ފްރޭމްވޯކާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވަރނަރ އެވެ.

މިކަމަށްޓަކައި އެމެރިކާގައި މިއަދު ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި ފްރޭމްވޯކްގެ ސަބަބުން، ދިފާޢީ އަދި ސަލާމަތީ ކަންކަމުގައި، ދެޤައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަޙައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެޤައުމުގެ މަޞްލަޙަތާ ގުޅިފައިވާ ކަމަކަށްވާއިރު، ކޮވިޑް-19 ގެ މި ޙާލަތުގައިވެސް، ކަނޑުފޭރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން، ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދެޤައުމުގެ ސަރުކާރުން މަޝްވަރާކޮށްގެން ކުރިއަށްދިޔުން މުހިންމުކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ފްރޭމްވޯކްގެ ދަށުން، ދެޤައުމުގެ ދިފާޢީ ވުޒާރާއިން ގުޅިގެން، އިތުރު ޙަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ދެޤައުމުގެ ދިފާޢީ އަދި ސަލާމަތީ ދާއިރާގެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ތަނަވަސްކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ޙާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

މިނިސްޓަރ މާރިޔާ މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާގައެވެ. މި ދަތުރުފުޅަށް ސަރުކާރުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑަންޑަބޭ

    ނަޖިސް ބަައެއް..?

    17
  2. ިބޯކިބާ

    އަމިއްލަ ދަތުރެއްގަ ގޮސް އަޑިނޭނގޭ ބޮޮޑެތި ދިފާއީ އެއްބަސްވުންތަކުގަ މިސޮއެކުރަނީ ރައްޔިތުންނަށް ދޮންކަޅު އަންގާނުލާ. އެކަކު ފަތުރުވެރިން ނުގެނެވިގެން އުޅެނީ އަނެކަކު ބޭރުތަންތަނަށްގޮސް މިކިއަނީ މި ކޮވިޑުތެރޭވެސް ކަނޑުފޭރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލޭ ރާއްޖޭގަ އޮތީ.

    19
  3. ހހހ

    އަދުން އަޅުވާފަ އިންޑިޔާއަށް ރާއްޖެ ވިއްކާލައިފި. މީ އޮޅުވަން ދައްކާ ވާހަކަތަށް މި ދަނޑިވަޅުގަ. ކުދީންނޭ ހޭއަރާ ތިބޭތި

    23
  4. ކަރާ

    ވޯލްޑުކަޕް ކޮލިފައިން ކުޅެން ދިޔަ ކުޅުންތެރިންނަށް ވިސާނުދިން ގައުމެއް ތިޔާ. ރާއްޖެއަށް އެހީއެއްވާ ބައެއްނޫން.

    19
    1
  5. އަސީ

    ތިޔައީ ެެމެރުކާއިން ރައީސްޔާމީނުސަރުކާރުގަ ހުށައެޅި ސޯބާއެގްރިމެންޓް މިހަހަރު ނަންބަދަލުކޮއްލާފަ ތިޔޮތީ ދެންތިބޭ ބާރައް އަތްޖަހަން

  6. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  7. އިމްޕީރިއަލިޒްމް

    "މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަޙައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެޤައުމުގެ މަޞްލަޙަތާ ގުޅިފައިވާ ކަމަކަށްވާއިރު". ކަލޭމެންނާއި މިސަރަހައްދާ ކޮންކަމެއް؟

  8. ޙުއަތު

    ހުޅަނގަށް ފޫޅުކަނޑާފައިތިބޭ މީހުން ޤައުމު ދެކެ ލޯތްބެއް ނުވާނެ، މިޤައުމު މިދަނީ އަނދަވަޅަކާށް ވެއްޓެން