އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނާ ހިލާފަށް އެއްވެސް ބޭފުޅަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ބޭއްވި ޖަލްސާއެއްގައި ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް އެ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މީޑިއާ ގްރޫޕްގައި އަދުރޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލީ ސޯލިހް ވިދާޅުވީ "ލަދު ހަޔާތުގެ ކަންފުޅެއް ހުއްޓަސް" އެފަދަ މޭރުކަމުން އަދުރޭ ވާހަކަ ނުދައްކަވާނެ ކަމަށެވެ. ނިމިދިޔަ ވެރިކަމުގައި އަދުރޭ އޮންނެވީ ކޯމާއެއްގައިތޯ ވެސް އަލީ ސޯލިހް ސުވާލު ކުރެއްވިއެވެ.

އޭރުގެ ވެރިކަމުގެ ދުވަސްވަރު ހައްޔަރު ކުރި ސިޔާސީ ލީޑަރުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުން ހައްޔަރުކުރީ ގާނޫނީގެ ކޮން މާއްދާއަކުން ބާރު ލިބިގެންތޯ ވެސް އަލީ ސޯލިހް ސުވާލު ކުރެއްވިއެވެ.

ސިޔާސީ ޕޯޑިއަމްތަކުގައި ފާޅުކުރެއްވި ހިޔާލަކާ ގުޅިގެން އޭރު އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރު ނުކުރަންތޯ ވެސް އަލީ ސޯލިހް ސުވާލު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް ހިސާރުކޮށް މަޖިލީހުގެ ތެރޭގައި ތިބި 12 މެންބަރަކު ހައްޔަރު ނުކުރަންތޯ ވެސް ސުވާލު ކުރެއްވިއެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ސުޕްރީމް ކޯޓުގެ "ފުރާޅުން ޓިނު ނަގައިގެން" ފަނޑިޔާރުން ހައްޔަރު ނުކުރަންތޯ ވެސް ސުވާލު ކުރެއްވިއެވެ.

އަލީ ސޯލިހް ދެން ވިދާޅުވަނީ އަދުރޭގެ "އެރޯމަޓިކް" އަށް ނުވަތަ ގާނޫނާ ހިލާފަށް އޭރުގެ ވެރިކަމުގައި ހައްޔަރު ކުރެވުނު މީހުންގެ އޮޅިފައިވާ ހިސާބަށް އޭނާ ކުރެއްވި ސުވާލުތަކުން އެކަނި ވެސް ސާފުވެ ފުދޭނެ ކަމަށެވެ.

އަދުރޭ މިފަދަ މޭރުމަކުން ވާހަކަ ދެއްކެވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި މަޖިލީހުގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ގައުމުގެ މިނިވަންކަން ގެއްލޭ ގޮތެއް ކުރައްވަމުން ގެންދަވާ މުއާމަލާތްތައް ބަލާނެ ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި މައްސަލަތައް ބަލާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. މީގެ ކުރިން ވެސް ޕީޕީއެމްގެ ވެރިކަމުގައި ގާނޫނާ ހިލާފަށް މައްސަލައެއް ބަލައި ގާނޫނާ ހިލާފަށް މީހަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހުރިހާ މައްސަލައެއް ވެސް ގެންދިޔައީ ގާނޫނީ ގޮތުން އޮންނަ ޝަރުއީ މަރުހަލާގެ ތެރެއިން ކަމަށެވެ.

އެކަމަކު، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ގޮތަކަށް ޖަލު ބަންދަކާ ކުރިމަތިވިއެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، އެއީ ރައީސް ޔާމީން ޝަރުއީ ދާއިރާއަށާއި ފުލުހުންނަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޢަޒްރާ ޢަލީ

    ކަލޭމެންގެ ލަދު ޙަޔާތް ކުޑައެއްނޫންތަ؟މިގައުމު ވީރަނާވަން ބައެއްގެ އތްމައްޗަށް ދޫކޮއްލީ

    91
    8
  2. ޕުރޮފެސަރުހިސާބުބިންއަލްއަޖުރޭ

    ހިސާބު ސޯއަށް ހުންނާނި އޮޅިފަ.. އިންތިހާބުތަކުންވެސް މެޅެނީ މި ސޯ ޖަހާ ގޯސް ހިސާބުތަކުގެ ސަބަބުން.. މި ސޯ ހުރެގެން ޕީޕީއަކަށް ނެތް މިކަން ވާކަށް..

    21
    77
  3. ބޮޑުކޯލިޝަން ހަދައިގެން ވެރިކައައީ އިކޮޅުމީހުނަށް ރައްދުދޭތަ ކޮބާތިމާމެންގެ ލަދުހަޔާތް

    އިދިކޮޅަށް ރައްދުދިނުމު ގެކުރިން ދިވެހި ގައުމަށް ގައްދާރުވެ ގެ ތިބެތިހިން ގާޖަރީމާތައްހުއްޓުވިޔާ މާރަނ ގަޅުވާނެ އިދިކޮޅަށް ރައްދުދެވޭ ފެންވަރު ގެ ބައެއް ނޫންތިއީ ދިވެހި ގައުމަށާއި ރައްޔިތުނަށް ގައްދާރުވެ ގެންތިބެ ކާޅުތަކެއްހެ ކާ ކާ ލެއްވިޔަސް ރައްޔިތުން ތިއަޑެއް ނާހާނެ ރައްޔިތުން މިތިބީ ތި ގައްދާރުނާއި ދެކޮޅަށް!

    94
    7
  4. ކަޅުކޮއެ

    ކަލޭމެން ގެ ލަދުހަޔާތް ވަކިންބޮޑުތަ މިޤައުމު ބަނޑަށްޖެހި ބައެއް ގެ އަޅުވެތި ކަމު ގެ ދަށަށް ދާއިރުވެސް މަޤާމު ގެ ދަހިވެތިކަމު ގައި ތިޔަތިބީ

    79
    7
    • ޔާމީން

      އަހަރެން އުޅެނީ މިނިވަންކޮށް. ވަގުވެސް ޖަލުގަ އޮތީ މިނިވަންކަން މަތީ ހަމަ. ޖަލުގަ އޮތީ ކުރި ކުށަކަށް އަދބެއްގެ ގޮތުން.

      12
      52
  5. ގަމާރު

    މިހިރަގަމާރާ ކަލެޔަކައް ނުފެނޭތަ ތިޔަކިޔާ މީިހުން ހައޔަރުކުރަންޖެހުނު ސަބަބު މިހާރުރައްޔިތުންނައް އެބަފެނޭ މުޅިގައުމު އއަމިއްލަ އެދުމައް ބަޔަކައް ދޫކޮއްލައިގެން ހަދާނެހާއެއްޗެއްހަދަން ދޫކޮއްލައިގެންް އަނގަމަތީގަ މަލަން އަޅައިގެން ތިިތިބީ އަނގައިންބުނެފިއްޔާ ދެންވާނެގޮތް އެނގޭތީ ބިރުން އެހެންވީމާ ކޮން ބަޔެއްކަން ލަދުހަޔާތް ކުޑަައީ އެނގޭނު ނުބުނާތި އަނގައިން ބުނެފިއްޔާ ދާންޖެހޭނީ ޖަލައް

    54
    6
  6. ދޮންބެ

    ޖޭ.ޕީއަކީ މިހާރު ގައުމީ މަސްލަހަތުގެ ދިފާޢުގައި ވާހަކަ ދެއްކޭވަރުގެ ޕާޓީއެއްނޫނެވެ.
    އެޕާޓީގެ ފެންވަރު އިންތިޚާބެއްގެ ތެރެއިން މުސްތަޤްބަލުގައި ފެނިގެންދާނެއެވެ.
    މިހާރު މިހިނގަމުން މިދާ ޤައުމީ މައްސަލަތަކުގެ ޒިންމާ ނަގަންޖެހޭ އެއްޕާޓީއަކީ
    ޖޭ.ޕީ އެވެ.

    53
    7
  7. ލ.

    އެންމެފުރަތަމަ ޤައުމް ގައްދާރުން ބަލިކުރަން ރައްޔިތުން ހޭވައްލާ ތައްޔާރު މިސަރުކާރު ގެ ކަންފަތަށް އަޑުއިވޭވަރަށް ރައްޔިތުންނުކުމެ ފިސާރިބާރަށް ވެރިން ގެ ކަންފަތު ގައިހިފަންއެބަޖެހޭ އެހެން ނޫނީ ރައްޔިތުން ގެ އަޑެއްނާހާނެ!

    50
    6
  8. މ

    ސޯލިހު ކިޔައި ފިއްޔާ ސަހަލެއް ނުވާނެ...ބަލަ އިންޓަނެޓޭ..ކިޔައިގެން ކަލޭ ޓީވީ އަށް އަރާ ކިތައްދުވަހު ދޮގު ހަދައި ފިންތަ....ދީނާ ގައުމުގެ ދިފާއުގައި ބަހެއް ބުނިޔާ މާ ތާހިރު....ބަލަ ފައިސާ ދިން ޖާބިރު އެ އޮތް ބުނަނީ ދިންވަރު... ކޯޓް އަމުރާއެކު އެ ހަތަރު މީހުން ހައްޔަރު ކުރީ.. އަދި އަންނިޔޭ އެބަކިޔައެއްނު..

    45
    4
  9. ވިސްނާލުމަށް އެދެމޭ

    ޖޕއަށް ރައްދުދޭންއެ ގެނީ އަދުރޭއަށް....ޖޕއަށް ނޭ ގޭ އަޅުވެތިވެ ގައުމު ކަނޑުމަތިވެފައޮތްކަމެ...ޖޕ ގެ ލީޑަރު ގެ އެކައުންޓްތައް ފައިސާއިންފުރިފަ އަނބި ގޮއްޔެއަށް މިނިސްޓަރުކަން ލިބިފައޮތީމަ ވާނުވާނޭ ގޭނެ...ކޮބާ އަލީއާރިފާ ނިހާނު ދެން ޕޯޑިޔަމްތަކަށްއަރާ އަނ ގަނުހުޅުވައްޗޭ ތިމީހުން..

    41
    6
  10. ކަނަމަނަ

    ޖޭ ޕީ ގާސިމްވަނީ ރައްޔަތުންނައްއައްދާރުވެފަ

    49
    2
  11. ގަރުނު

    ޖޭޕީ ކޮންމެހެން އަނގަތަޅާނެކަމެއް ނެތް ކަލޭމެންނަކީ އަރިއަޅަމުން ވެއްޓެމުން އަންނަ ސަރުކާރުގައި ކައްތިރި ވިއްދައިގެން ތިބިބައެއް ގައުމުހަލާކުގެތެރެއަށް ވަށްޓާލުމުގައި ގާސިމުގެއަތެއް އެބައޮތް ވީމާ ގާސިމްވެސްރަށްޔަތުންނަށް އިހުމާލުވުމުގެ ކުށް އެބައޮތް .

    43
    4
  12. ފާތުމަ.

    ގައްދާރު ނިގާނު.ގައްދާރު އިލްހާމު.ގައްދާރު އްލީ އާރިފު.ގައްދާރު ރިޔާޒު ރަސީދު.... ގާސިމު ހުސްކުރަން މިތިބީ ގޮސް.

    42
    3
  13. ބަކުރު

    ގާސިމުގެ ކަންފަތަކަށް އަޑެއް ނީވެ ކިތަށްފަހަރުބުނާނީ ސޯލިހުގެ ފަހަތަށް ކަލޭނާރާށޭ ގައުމުފުނޑާލުމުގެ ކުށް ގާސީމުގެ ބޮލުގައި އެޅއްޖެ ރަށްޔަތުން މިކަންބަލާނެ އަދިކުއްވެރިވާނަމަ ފިޔަވަޅު އަޅާނަން ކޮންމެހެން އެހެންޕާޓީގެ ވާހަކަދަށްކާނެ ކަމެއްނެތް.

  14. ާވަތުބަތާނަ

    އަލީ ސާލިހަށްވެސް ތިހުރީ އޮޅިފަ އެ އްނު ނަޝީދަކީ ހުކުމެ އް ތަންފީޒު ކުރިމީހެ އް ް ޤާސިމާ މަ އުމޫނަކީ ރިޝްވަތުގެ ތުހުމަތު ކުރެވޭ ދެމީހުން ދެންވެސް ތިބީ އެކަހަލަ ކޮންމެސް ކަމެ އްގަ ބަންދުކުރި މީހުން

  15. ޙިސާން

    ގާސިމް އަދި ޖޭޕީން ބަޔާންތަށް ނެރެ އްވީ ފުރަތަމަ ގާސިމްގެ މުވައްޒަފުންނަން މުސާރަޔާ އިނާޔަންތަ އް ދީފަ ޖޭޕީ އިން ކުރަންވީ ކަމަކީ އއެ މުވައްޒަފުންގެ ހަ އްޤުތަށް ޖާހިލް ގާސިމްގެ އަތުން ހޯދާ އެ ހަ އްޤުވެރިންނަން ހަވާލުކުރުން އެ އީ ކަލޭމެ އްގެ މަޢްޗަށް ވާޖިބެ އް

  16. ޢިޔާބު

    މާމިގިލީ ގާސިމްތަ ރައީސަކީ؟

    12
  17. މާމަ

    ޖުމްހޫރި ޕާޓީއަށްވެސް ބައި އަޅާގެން ޤައުމު ހަލާކުކުރަމުން މިދަނީ. އަބަދުވެސް ޤައުމުގެ ފައިސާ ނަގައިގެން ޖުމްހޫރީ ޕާޓީ އުޅެން ބޭނުންވާނީ

  18. ތާކިހާ

    ޖޭޕީ . އިއީ ކޮންބައެއް މިޤައުމުގެ ހަލާކު. އަމިއްލައަދުމުން ފިރިފައިވާބައެއް@

    15
  19. ބޯނެތްބުރުމާ

    ޖޭޕީ އަކީ މިޤައުމު ގެ ހަލާކު. ހުރިހާ ކަމެއް އޮޅުވާލައިގެން ވާހަކަދއްކާބައެއް

    14
    1
  20. އާލިމް / މާލެ

    ފެންފޯއް ވަގު، ކަލޭ ލަދެއް ހަޔާތެއް ނެތެއްނު . ކޮން ވާހަކަ އެއް ދައްކާކަށް

    5
    1
  21. ކާފަބޭ2020

    ކޮވިޑުތެރޭގަ ފުދޭވަރަކަށްވަނީލިބިފަ ނަމަވެސްއޮޅުވާލާފަ ބޯއީސްތައް ކަނޑާފަފޮނުވާލީ ތިޔަގާސިމަކަށްމައުމޫނަކަށް ވާހަކަދެއްކޭކަށްނެތް ތިޔަތިބީ19ދިވެހިޝަހީދުންގެލޭބުއި މީހުނާބައިއަތުހިފައިގެން ދީނަށްފުރައްސާރަކުރާމީހުނާއި އެއްދާންކުރަން! ތިޔައީތޯޝަހީވި19ބޭފުޅުންނަށްމައުމޫނުދެއްވި ޝަރަފަކީ؟ މިހާރުޤަބޫލުކުރެވިއްޖެ ޣައްސާން ބައްޕަދޫކުރަށްވާ ބޭބޭފުޅުއަރިއަހަށްވަޑައިގަތީ ޤައުމުގެޙައްޤުގައިކަން ދީނަށްފުރައްސާރަކުރާމީހުނާދެކޮޅަށްކަން ޣައްސާނަށްސެލިއުޓް

  22. ރާއްޖެތެރެ

    ޖޭޕީއަ ކުރި ތާއީދު ގެންގޮސްސިން

  23. މިއަދު

    2016 ވަނައަހަރު ރ ޔާމީނުގެ ވެރިކަމުގައި އިންޑިޔާއިން ހެލިކޮޕްޓަރު ގެނައިކަމަށް ބުނެ އެމްޑީޕީގެ މެމްބަރެއްކަމަށްވާ ރޮޒައިނާ ބުނީމަ ސޯލިހަށް އަޑުނުއިވުނީ ފުންކަޑެއްގަ އޮންނެވީމަތޯ އަދުލުވެރިއެއްނަމަ ކޮންމެދިމާލަކުން އައިނަމްވެސް ހައްގުބަސް ނުނަން ވާނެ

  24. މޯޑު

    ކޮބާތަ ތިޕާޓީގަ އުޅޭ ބޮކިސަޢީދު...ދަރަނިބޯ!

  25. އަހްމަދު

    ޖޭޕީ ތީރައްޔިތުންގެކަންކަމުގައި ބަސްބުނެވޭވަރައްވުރެބޮޑައް ރައްޔިތުން ނިކަމެތިކޮށްލިބައެއް ސޭޓާއެކު ވޯޓެއްހޯދަން ރައްޔިތުންކައިރިއައްނާންނާތި

  26. ތުނިޔަ

    ތުރުތު އަޅާފައި ހުރިވަރުން ކުރެވުނުކަމެއްވެސްްްްްްްްްްްްްްނޭގުނީ ގާސިމަކަސް ކާސިމަކަސް ބޮޑަތިޖަރީމާތައް ހިންގުނަސް ނޭގުނީ ސަރުކާރަށްދައްކަންއެތައްމިލިޔަނުންހުރީމަ ކުރެވޭކަަަަަންތައްއެނުދައްކަން ސަރުކާރާއިދިކޮޅުވީ

  27. ސުކުން

    ރިސްވަތުނަގާ މިސަރުކާރުގެބޮޑުން ތިޔަތިބަހަހާކުވަނީ ރަށްޔިތުންބިކަވެއްޖެ ތަަަަަަކެތީގެއަގުއުފުލެނީރަށްޔިތުންްްްްްްްްްްްްްްްްްްްިސނަވާާާާާާާާާާާާާާާާާާ

  28. #އިންޑިޔާ އައުޓް

    ޢަލީ ޞާލިހަކީ "ވަގާޖެހި ބޯޓުގެ" ވެރިފަރާތުގެ ދަރިއެއް ދެންވިސްނާ އޭނާގެ ހާލަތު، ތަރުޖަމާނެކޯ ކޯޗެއް ތަރުޖަމާ ކުރެވޭނީ، ކަލޭ ހިތުން ކަލޭގެ މޮޅުކަމުން ކަލެއަށް ދިން މަޤާމެއްގައި ތިހުރީދޯ