ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެ ރަށު މީހެއްގެ އަތުން ނަގާފައިވާ ދަރަންޏެއް އަދާ ކުރަމުން ނުދާ މައްސަލައެއް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމުގެ މައުލޫމާތު "ވަގުތަށް" ލިބިއްޖެއެވެ.
ގދ. ތިނަދޫ ވިޔަފާރިވެރިޔަކާއި، މެންބަރު މުޣުނީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، އޭނާގެ އަތުން މުޣުނީ ނަންގަވާފައިވާ އެއް މިލިއަން ރުފިޔާގެ ދަރަނި އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހެއެވެ.
އެއްބަސްވުމުގައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ލޯނު ދައްކަން އެއްބަސްވެފައިވަނީ 12 މަހަށް ބަހާލައިގެން ދައްކަން ޖެހޭ ޖުމުލަ އަދަދަށް ނުދެއްކި ބާކީ ހުންނަ އަދަދުގެ ހަތް ޕަސެންޓް އިންޓްރެސްޓްއާ އެކީގައެވެ. އެގޮތުން މިހާތަނަށް ދައްކަންޖެހޭ ޖުމަލް ޢަދަދު 1.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.
މި ފައިސާ ދައްކައި ހަލާސް ކުރެވެން ދެން މުޣުނީގެ ނަން މަތީގައި ތިނަދޫގައި ހުންނަ "އުޖާލާވިލާ" ގެ އިމާރާތުގެ ރަޖިސްޓްރީ ރަހުނުގެ ގޮތުގައި އޭނާގެ އަތުގައި ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އެއްބަސްވުމުގައިވެއެވެ.
"ވަގުތަށް" ވާހަކަ ދައްކަމުން މުޣުނީއަށް އެ ފައިސާ ދިން މީހާ ބުނީ މުޣުނީ ދަރަނި އަދާ ނުކުރައްވައި ހުންނަވާތާ 23 މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުގެ މަތިން ނަފާ ހިމެނޭހެން ނުދައްކާ ތިން ލައްކައެއްހާ ރުފިޔާ ވާނެ ކަމަށް އޭނާ ބުންޏެވެ.
މުޣުނީ ދަރަނި އަދާ ކުރައްވަމުން ނުގެންދަވާތާ އެހާ ގިނަ ދުވަސް ވުމުން އެ މައްސަލަ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. އެކަމާ ގުޅުން ހުރި ލިޔެކިއުންތައް ވެސް ތައްޔާރުކޮށް ނިމިފައިވާ ކަމަށް ބުންޏެވެ.
"ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިގެން މު ހުރީ، ލިޔެކިއުންތައް ވެސް ހަމަޖައްސައިފިން، ވަރަށް ބޮޑު މައްސަލައަކަށް ވާތީ މާލޭގައި ތިބި ބައެއް ގާނޫނީ ވަކީލުންނާ ގުޅިގެން މަސައްކަތް ކުރަމުން މި ދަނީ،" އޭނާ ބުންޏެވެ.
މި ކަމާ ގުޅޭ ގޮތުން މުޣުނީއަށް "ވަގުތު" އިން ގުޅުމުން އޭނާ ވިދާޅުވީ އެ މައްސަލާގައި އޭނާ އިތުރަށް ފާހަގަކުރައްވަން ބޭނުންވާ ކަމެއް ނެތް ކަމަށެވެ. ވިދާޅުވީ "ކޯޓަށް މައްސަލަ ހުށަހަޅައިގެން އެ ފަރާތަކުން ކުރިއަށް ދާންވީ" ކަމަށެވެ.
ތިނަދޫ އެ ވިޔަފާރި ވެރިޔާ އާއި މެންބަރު މުޣުނީއާ ދެމެދު އެ ގޮތަށް އެއްބަސްވެ ދެ ފަރާތުން ސޮއިކުރައްވާފައި ވަނީ އޭޕްރީލް 15، 2017 ގައެވެ. އެއީ މުޣުނީ މެންބަރު ކަމަށް ވަޑައިގަތުމުގެ ދެ އަހަރު ކުރިންނެވެ.
﴿278﴾ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!
[ އަލް ބަޤަރާ ސޫރަތުގެ 278 ވަނަ އާޔަތް]
މީނަވެސް މީ ގައުމަށް ޖެހިފައޮތް ބޮޑު ވަބާއެއް
އެހެ އްވީރު މީނަޔަން ކިޔަންޖެހޭނީ ދަރަނިބޯ
ސަރުކާރު ޕާޓީ މީހެއްތަ! ބައިތުލްމާލުން ތި ދަރަނި ދެއްކުމުގެ އިންތިޒާމތައް ހަމަޖައްސާދޭނެ!
މުޣުނީ ކޮރޯނާ މުޣުނީއާއި ދެކޮޅަށް މިސަރުކާރުގެ ކޯޓަކުން މައްސަލައެއް ނުނިމޭނެ. އެފަދަ ޤާމީއަކު ތިނަދޫކޯޓުގައެއް ނެތް. އެކުލައިގެ ޤާޒީންތިބީ. ތިމައްސަލަ އޮންނާނެ ދައުރު ނިމެންދެން ކޯޓުގަ.
ބޮޑު ވަގެެއްތީ. ތިނަދޫ އައްހުރި ހުތުރެއް.
އިދިކޮޅު މީހުންނަށް ކޮވިޑް ޖައްސާފަ ވެސް ދަރަނި އަދާ ކުރާނެތާ މީނަ، ލަދު ކުޑަ ބައެއް،
އިދިކޮޅުން މިކަލޭގެއަށް ދަރަނި ދައްކަދޭންވީނު.
މިބޭފުޅާ ވ. ލޯބިފުޅުވާނެ އިދިކޮޅު މީހުންދެކެ