މިއަދު ހަވީރު ޒުވާނުން ނުކުމެ ބޭއްވި ސައިކަލު ބުރާއި ހިނގާލުމާއި، ގުޅިގެން ހައްޔަރުކުރި މީހުން، ވަކީލުން ހަމަޖައްސަން އޮންނަ ހައްގުން މަހްރޫމްކޮށްފައިވާ ކަމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުންދާ ވަކީލް އާދަމް ޝަމީމް މިގޮތަށް ވިދާޅުފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ވަކީލް އާދަމް ޝަމީމް ވިދާޅުވީ،‏ ހައްޔަރު ކުރެވޭ ކުރެވޭ ވަގުތުން ފެށިގެން ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަަމަށެވެ.

އެހެން ނަމަވެސް އެކަމަކު މިރޭ ހައްޔަރު ކުރި މީހުން ވަނީ އެ ޙައްޤުން މަހްރޫމުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެއްވުމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 41 މީހުންނެވެ. ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ އާއްމު ސިއްހަތުގެ ނުރައްކަލުގެ ހާލަތުގައި، ރައްޔިތުންގެ ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލާއިންތަކާއި ހިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ.

"ރައްޔިތުންގެ ސަމާލަމާއި ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރަން". ފުލުހުން ވިދާޅުވިއެވެ.

މި އެއްވުމުގައި ގިނައަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވާއިރު، ޒުވާނުން ފުރަތަމަ ބާއްވަން އުޅުނީ ސައިކަލު ބުރެކެވެ. ނަމަވެސް އެ ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅުމާއި، ގުޅިގެން، ވަނީ އެކަން ހިނގާލުމަކަށް ބަދަލުކޮށްފައެެވެ.

އެ އެއްވުމުގައި ބަޔަކު ހައްޔަރުކުރުމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، މިއަދު ބާއްވާ ސައިކަލު ބުރުގައި ކިތަންމެ ގިނަބަޔަކު ހައްޔަރު ކުރި ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ލީގަލް އެފެއާސް ޑިޕާޓްމެންޓުންގެ ލޯޔަރުން އެޓެންޑްވާނެ ކަމަށެވެ.

އެ އެއްވުމުގައި އިދިކޮޅު އިސް ފަރާތްތަކުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ހިމެނެއެވެ.

ޒުވާނުން މި ސައިކަލު ބާއްވާނެ ކަން އިއުލާނު ކުރި ފަހުން ފުލުހުން ވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަައީމް

    ހިތިގޮތަކަށް މިސަރުކާރުގެ ބޮޑުން ނިމިގެންދާނެ މިފެންނަ މަންޒަރުން

    33
    7
    • ބޭބެ

      ކޮންމެ ދުވަހަކު އަދި ކޮންމެ ރެއަކުވެސް ނިކުންނަންވީ!! އެއްގޮތަކަށްވެސް މިއަނިޔާވެރިންނަށް ދޫދީގެން ފަހަތަށްޖެހޭނެ ކަމެއްނެތް!! ނިކުންނަންވީ!! އަޑުއުފުލަން ހަމަ ނިކުންނަންވީ!! ކިތައް މީހުން ޖަލަށްލެވޭނީ؟

      12
  2. ހަނި

    ސަރުކާރެތް ހުދު މުހުތާރުވީމާ މިކަލަ ހުރިހާ ސިފަ އެށް ފެންނާނެވެ ؟މިސަރުކާރުގެ އިސްވެރިން އިސްތިއުފާދީފާ އިންޑިޔާގެ ހިި،މާޔަތްހޮދާގެން އަވަހަށްއިންޑިޔާދާށެވެ

    28
    8
  3. ނަައީމް

    ކޮންމެ ރެއަކު ނިކުމެ މިސަރުކާރު ނިމުމަކަށް ގެނެސްގެން ދެން އިތުރަށް ރައްޔިތުންނަށް މަންފާއެއްކުރާނީ ނިކަން ވިސްނާލަބަލަ ޔާމީން ވެރިކަމުގާ ރައްޔިތުންނާއި ޒުވާނުން އޫޅުނު ތަނަވަސްކަމާއި އަރާމު މަސައްކަތްތައް އޮބިނޯންނަވަރަށް ކުރަމުން އައްނި ކެނޑިހުރިހާފައިސާއެއް ރައްޔިތުންނަށް ދެމުން ވަޒީފާތަށް ގުނާނުލެވޭވަރަށް އިތުރުކޮޢް ދެންމިހެން ކިޔާނެ ކަމެއްނެތް އެތަކެއްއެތަކެއް ބައިވަރު ކަންކަން ބަލަ އޭރުވެސް ތި އެމްޑީޕީ ބައިގަނޑު ކިހާފިއްތުމެއްފިއްތީ ޔާމީނަށް އެކަމުވެސް ގައުމާއިގެން ދިޔައީ ކުރިޔަށް

    35
    4
  4. ޢިބްރާ

    ޥެއްޓޭނެ ކިތަންމެ ބާރަށް ބައްދާފައޮތަސް

    31
    5
  5. މިއަދު

    ސާބަސްދަރިންނޭ ފުކެއްދޫނުކުރާތި އެތިބީ އަހަރެމެންގެ ވޯޓްއޮޅުވާލައިގެން ގަނަތަޅުވާލާތި

    11
  6. ކަނަމަނަ

    ގާނޫނާއިޙިލާފުޕިލިހުން އެކަމަކު ކާކުއެކަންތައްބަލަނީ އަސް ބައެއްމަޖިލިސް މެމްބަރުން އެބުނަނީ ތެދެއް ތީހަމައުވާލަންވާތަނެއް އަނިޔާކުރުންނޫންދެވަނަކަމެއް ނުކުރޭ

  7. ޔާﷲ

    ޣާޒީ ހައިލަ މް ލީކުވި ފޮޓޯ އަސްލުއެފޮޓޯ ހަޤީގަތަކަށް ވެގެން މިސަރުކާރު ނި މު މަކަށް އަނާނެ އިންޝަﷲ

    11
  8. ޒާ

    ޒުވާނުން ރުޅިއަރުވާނަމަ ވަރަސް ގޯސްވާނެ. ތިޔަދަނީ ދެން މާ މައްޗަށް. ޤާނޫނުގެ އިމުގެ ތެރޭގައި ފުލުހުންވެސް އުޅެން ވާނެ. ނޫންނަމަ ރައްޔިތުން ބަސްނޭހުމުގެ ހިތި ފެނިދާނެ.

  9. ކިނބޫ

    ތިދަނީ ވެއްޓެން ބާރަށް ބަގުޑިބައްދާ
    ފުލުހުންނެރެ އައިރުޤާނޫނީ ހިންގާ

  10. ހަނދާން އެބަހުރިތަ ؟

    އިއްޔެ އާޓްފިޝަލް ބީޗުކައިރީ މަޖީދީމަގު ކޮޅުގަޓޯކީއެއްހިފައިގެން ހުރި ބޭފުޅާއަށް ބުނެލަން ބޭނުންވަނީ ބަޔަކު މުޒާހަރާކުރިއަސް އެންމެނަށް ބަލާނުޖައްސާށޭ... ޒިންމާނުނެގެންޏާ އިސްތިއުފާދީފަ އަންހެނުންކައިރީ މަޑުކޮށްލާށޭ.... ވަރަށް ސަލާމޭ... އަދި ކޮއްޔެއްހެން ނުފުއްޕައްޗޭ...ގައިގަ ޖަހާފަތިހުރީ މަހަކީ ރައްޔިތުންކާންދިނީމަ ކައިގެން ޖަހާފަހުރި މަހޭ... ތިކަނީ ރައްޔިތުންގެ ލާރިއޭ