ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވަމުން ގޮސް ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްޕާސަން ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

ހާމިދު މިހެން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ހިންމަފުށީ އައްސޭރި ޖަލުގެ ޑިރެކްޓަރު މުހައްމަދު ޝާހީން އަލީ ސަސްޕެންޑް ކުރުމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

ހާމިދު ވިދާޅުވީ ސަރުކާރުގެ މެނޭޖްމަންޓްގައި އޮންނަން ޖެހޭ އަހްލާގީ މިންގަނޑެއް މިހާރު ނެތް ކަމަށެވެ. ކޮރަޕްޝަން އިތުރުވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވެރިންގެ ގޮތުގައި ތިބި "ވަގު ބްރޯތައް" ބޭރު ކުރަން ވެސް އޭނާ ގޮވާލެއްވިއެވެ.

ހާމިދު އެހެން ވިދާޅުވި އިރު، މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އުޅުއްވަނީ ޕާޓީ ތެރޭގައި "ބްރޯ" އަކަށް ވެގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި "ބްރޯ" ގެ ލަފްޒެއް އުފެދުނީ ކުރީގެ ސަރުކާރުގެ ދުވަސްވަރުގެ ތެރޭގައެވެ. ޓޫރިޒަމް މިނިސްޓަރު ކަމުން ފައްޓަވައި، ފަހުން ނައިބު ރައީސް ކަމަށް ވެސް ވަޑައިގެންނެވި އޭރު ނުފޫޒުގަދަ ކޮރަޕްޝަންގެ އެކި ތުހުމަތު ކުރެވޭ އަހުމަދު އަދީބަށް ގިނަ ބޭފުޅުން ނިސްބަތް ކުރައްވަނީ "ބްރޯ" ގެ ނަމުންނެވެ.

މިހާރު އެ ލަފްޒަކީ އަދީބު ފަދައިން ކުރު މުއްދަތެއްގައި ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ކޮށްލައްވާ ޒުވާން ސިޔާސީ ބޭފުޅުންނަަށް ނިސްބަތް ކުރައްވާ ބަސްފުޅެކެވެ. ކޮރަޕްޝަން އިންތިހާއަށް ހިންގަވައި ބާރުގެ ކޮންޓްރޯލް ނަންގަވާ ބޭފުޅުންނަށް ވެސް އެ ނަމުން ނިސްބަތް ކުރައްވައެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސައްކަތް ކުރައްވަނީ ފައްޔާޒު މަގާމުން ދުރު ކުރުމަށެވެ. މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން މަސައްކަތް ވެސް ކުރެއްވިއެވެ. އެކަމަކު ޕާޓީ ތެރެއިން މައްސަލަ ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެ، ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމުގައި ގޮތެއް ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ހަމައެކަނި ތަފާތަކީ މިސަރުކާރުގެ ކޮރަޕްޝަން މާ އަވަހަށް ފަޅާއެރުން. ކާ މީހުން ބަރާބަރަށް ކާނެ ކޮންމެ ސަރުކާރެއް އަޔަސް

    39
    2
    • Anonymous

      ކާމީހުންނަކަށްވެސް ކާކަށް ނުކެރޭނެ އިސްލާމީ ޝަރިއްޔާ ގާއިމްކުރީމަ އޭރުން މާއިތިރިއަރާފާނެ

    • ގޭސް

      ހާމިދު މެންކަހަލަ ނަޝީދުގެ ޕަޕެޓުން ދައްކާ ހޮޅިވާހަކަ.. ކަރަޕްޓުވެ އެފަދަ ކަންކަން ކުރިޔަސް ކުރާނި ނަޝީދު ލައިފަ ތިބި މީހުން.. ދެން ތިއުޅެނީ ސަރުކާރަށް ނަފުރަތު އުފެއްދުމަށް ނަޝީދު އަނބުރާގޭސް

  2. އާދަނު

    ތިޔަ ޝާހީނާއި، އެނޫން ވެސް ކަރެކްޝަނަލް ސާވިސަސްގެ ސީނިއަރ މަގާމްތަކުަގއި ތިބި ގިނަވެރިންނަކީ އިންތިހާއަށް ކަރަޕްޓް ވެފައި ތިބި ބައެއް. ތިޔަ މުއައްސަސާގެ ކޯޕަރޭޓިވް އިންވެސް ވަރަށް ބޮޑެތި އަދަދު ތަކަށް މުދާ ނަގާ އިސްވެރިން ވަނީ އެފައިސާ ވެސް ނުދައްކާ، މީގެ އިތުރުންވެސް ތިޔަ މުއައްސަސާ އަކީ ކަރަޕްޝަނުގެ ހާއްޔެއް...ގޮޅިތަކަށް ފޯނު ވެއްދުމާއި، ބާތްޑޭ ޕާޓީ ބޭއްވުމާއި ކަންކަން ގޮޅިތަކުގަ ހިންގަމުން ގެންދަނީ ކުއްވެރިން ތެރޭން ތިޔަ މުއައްސަސާގެ އިސް ވެރިން ނާއި ގުޅިފަިވާ ބޮޑެތި ގައިދީން އާންމު ރައްޔިތެއްގެ ގޭގައި ޕާރޓީ ބާއްވާ ލާ ފެންވަރަށް...

    20
  3. މަދިހާ

    ހާމިދުއަށްވެސް އެގިއްޖެދޯ އެވަރު

    40
  4. ހުސޭނުބޭ

    ޔޫރިން ޓެސްޓުކުރަން އެބަ އާދޭ! އަވަހަށް ރައްޔިތުން މަޖިލީހު ތެރެއަށްވަދެ އެތަނު ރައީސްގެ މޭޒުދޮށުގައި އޮވޭ!

    39
    1
  5. ރަބަރޭ

    މަނިކުފާނޫ މަނިކުފާނޫ ތިޔާހެންވިދާޅުވޭ މީ ޒީރޯޓޮލަރަންސްގެ ސަރުކާރެއް މަނިކު ފާނު މިނިސްޓަރެއް ގެ ނަމުގާއި އުޅުއްވި ހަދާނާއި ރަށްޔިތުންގެ މަޖިލިސް ކުރާ ގެ މަނިކުފާނުދިރި އުޅޭތަނެއްގެ ގޮތުގާއި ބޭނުން ކުރުމަކީ ކޮރަޕްޝަނަކަށް ނުވޭތޯ؟ ފެނާކަރަންޓާއި ބޭނުން ނުކުރަށް ވަންތޯ؟ އެއީވެސް ޒީރޯޓޮލަރެންސް ދެއްތޯ؟
    ބޮޑުވަރު

  6. ބަކުރުބޭ

    އަންނި ގެންގުޅޭ މީހުންވީމަ މިކަހަލަ އެއްޗެހި ކިޔާނެ

  7. ގލ

    ސަރުކާރުގެ އިތުބާރު އެކަނި ގެއްލުނީކީނޫނެވެ ސަރުކާރު
    އިންދަޖެހި ފޭލްވެސްވީއެވެ ސަބަބު ވަރަށްސާފެވެ މޑޕ ގެ
    ރަތްލާޖެހި ވަގުކަލޭގެ އާއި އޭނާއާއި ބައިއަތުހިފައިގެންތިބި
    ހުނަރުވެރި އެހެންވަގުންތައް ލިބުނު ފުރުސަތުގެ ބޭނުން
    ހިފައި ރައްޔިތުންގެ ޚަޒާނާ ނިކަން މޮޅަށް ދޮވެލީއެވެ.
    ދުވަހެއްގެ ކޮޅުންވެސް މިއިން ވަގެއް އަތުލައި ނުގަނެވޭހާ
    މޮޅަށެވެ.

  8. ޝޫލާޝަރުބަތު

    ހަ މަ އަންނިގެ ރޭވުން ބޭނުކީ ރައްޔިތުންގެ ކުރި މަތީގަ އިބޫގެ އަގު ވައްޓާލުން އަންނިގެ 2ބައި އަހަރުގެ ސަރުކާރުގަ ކިހާ ކޮރަޕް ޝަނެއް ހިންގި ވުޖޫދުގަ ނެތް ކުންފުނި ތަކަށް ބިޑްތައްވެސް ދީފަ ހުރީ ދެން މާތާހިރެއްނޫން ހާ މިދު މެން އަގަ ހުޅހުވާކަށް ފުރަތަ މަ ޔޫރިން ޓެސްޓް ކޮށްފަ އާދޭ ތިޔަފަދަ ވާހަކަ ދައްކަން