ހުޅުމާލެ ނިރޮޅު މަގުގައި ދެ ސައިކަލު ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ހުޅުމާލޭގައި ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 15:15 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދެ ސައިކަލު ދުއްވަފައި ވަނިކޮށް، ކަުރިމަތިން އައި ޕިކަޕެއްގައި ޖެހިދާނެތީ، އެއް ސައިކަލު ބުރަކި ޖެއްސި ވަގުތު ފަހަތުން އައި ދެވަނަ ސައިކަލު ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު އެއް ސައިކަލުގައި 24 އަހަރުގެ ފިިރިހެނެއް އިންއިރު، އަނެއް ސައިކަލުގައި އިނީ 25 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި 24 އަހަރުގެ މީހާ ވިއްސައިގެން ދިއުމުގެ ސަބަބުން ކަނާއި ފަރާތު ނިއްކުރި މަތިން ފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އަދި އާއްމުންގެ އެހީތެރިކަމާއެކު އަނިޔާ ލިބުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލުގައި ތިބި ދެ މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށެވެ. ކަމަށް ދެ ސައިކަލަށްވެސް ގެއްލުންތަކެއް ލިބުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ތިޔަ ކަމުގަ ކުށްވެރިވަނީ ފައްޔާޒު.

    2
    2
  2. އާބިދާގެ އަންނި

    ތިއީ ފައްޔާޒު ހިންގި ޖަރީމާއެއް

    1
    1