ތިން ކެޓެގެރީއަކުން ޕީޕީއެމްއިން މެމްބަރުންނަށް ލޯޔަލްޓީ ކާޑެއް ވިއްކަން ނިންމައިފިއެވެ.
އެކަން ހާމަކުރައްވާ ޕީއެންސީގެ ރައީސް އަދި ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަން ހިންގެވުމުގައި އިސްކޮށް އުޅުއްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ލޯޔަލްޓީ ކާޑު ދިނުމަށް ނިންމާފައި ވަނީ ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް ގެ ނަމުގައި ކަމަށެވެ.
އަދުރޭ ވިދާޅުވީ މި މަހުގެ ތެރޭގައި އެ ކާޑު އިފްތިތާހު ކުރަން ހަމަޖެހިފައިވާ ކަމަށާއި، އެ ކާޑު ބައްލަވައިގަންނަވަން ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އަދުރޭ ވިދާޅުވީ، ލޯޔަލްޓީ ކާޑުގެ ގިނަ ފައިދާތަކެއް ހިމެނޭ ކަމަށާއި، އެ ފައިދާތަކުގެ މައުލޫމާތު ހާމަކުރައްވާނީ އެ ކާޑު އިފްތިތާހުކުރުމުން ކަމަށެވެ،
ލޯޔަލްޓީ ކާޑެއް ވިއްކަން ޕީޕީއެމް އިން ނިންމާފައި ވަނީ، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ކަމުގެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ލޯޔަލްޓީ ކާޑު ބައްލަވައިގަންނަން ބޭނުންވާ އެތައް ބަޔަކު އެކަމަށް މިހާރުވެސް އެދެމުންދާ ކަމަށެވެ. އަދި ކާޑު ވިއްކާ އަގު ކުޑަ ވެގެން ބައެއް މެމްބަރުން ޝަކުވާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ކާޑެއް ތަޢާރަފްކުރަން ނިންމާފައި މިވަނީ، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަންގެ ހަރަކާތްތަކާ ގުޅިގެން ޖޫރިމަނާގެ ފިޔަވަޅުތަކެއް އަޅަމުންދާތީ ކޯލިޝަންގެ ސަޕޯޓަރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަންޑު ފޮށްޓެއްވެސް ހުޅުވާފައި ވަނިކޮށެވެ.
"ހައްގު ފޮށި" ގެ ނަމުގައި އިދިކޮޅު ކޯލިޝަންގެ އެ ފަންޑު ހުޅުވައިދިނީ އިކޯލިޝަންގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ކޯލިޝަންގެ އެޑްވައިޒަރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ޑރ. ވަހީދާއި ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ އެ ފަންޑު ފޮށްޓަށް ފައިސާ ޖަމާކޮށްދެއްވައިފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް ކޯލިޝަންގެ އޮފީހަށް އައިސް ސަޕޯޓަރުންނަށް ފަންޑު ފޮށްޓަށް ފައިސާގެ އެހީ ދެވޭނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބި ސަޕޯޓަރުންގެ ތެރެއިން ފައިސާގެ އެހީ ދޭން ބޭނުންވާ މީހުނަށް ބޭންކް އެކައުންޓެއް ވެސް ހުޅުވާފައިވެއެވެ. އެ އެކައުންޓްގެ ނަންބަރަކީ 7730000113564 އެވެ.
ދައުލަތުގެ ލާރިން ހެއްދި އައިނުގެ ލާރި ދައްކަންތަ ވަގު ތިއުޅެނީ
ތިޔަ ކާޑު ހިލޭ ލިބޭނަމަ ރަންގަޅު މިފަދަ ތަދު ދުވަސްވަރެއްގައި ސިޔާސީ ވެރިން ސަރުކާރާ ބައިވެރިވެގެން ރައްޔެތުން ފެލުން މިއޮތީ ހުރިހާ ފައިދާއެއް ވިޔަފާރި ވެރިންނަށް އާމުމީހާ ހުރިހާ ފީއެއް ދައްކާގޮތަށް މަހުޖަނުންނަށް ޓެކްސް ފޮރީ ހުރިހާ އެއްޗެއް ފޮރީ އަދި ނުވިތަނަކަށް
ކޮންމެ ކާޑެއް ގެ ބެކް ސައިޑު ގައި ހުންނާނީ އޮމާން ޓިނު ޖަހާ ހިޔާ ކޮށް ފައެވެ!
ލޯޔަލްޓީ ކާޑް ގަންނަން ބޭނުމެވެ ކިތަންމެ ބޮޑު އަގެއްގައި ވިއްކި ކަމަށް ވިއަސްވެހެވެ ޕޕމ ކޯލިޝަނުން ކުރަމުން ގެންދާ ގައުމީ ޖިހާދުގައި ވަރުގަދައަށް ބައިވެރިވުމަކީގައުމީ ޚިދުމަތެކެވެ ގައުމުގެ ކަންކަން ބޮއްސުންލައި ކޮރަޕްޝަނާއި
ވައްކަން ސަރުކާރުގެތރޭގައި ފެތުރި ގައުމު އިނދަޖެހުމުން
އެކަމުން ސަލާމަތްވާނެ މަގެއް ހޯދަން އެބަޖެހެއެވެ.
ލޯޔަލިޓީ ކާޑްގެ ލާރިކޮޅުވެސް ކާލާނެ..
ލޯޔަލްޓީ ކާޑް ގަންނަން ބޭނުމެވެ ކިތަންމެ ބޮޑު އަގެއްގައި ވިއްކި ކަމަށް ވިއަސްވެހެވެ ޕޕމ ކޯލިޝަނުން ކުރަމުން ގެންދާ ގައުމީ ޖިހާދުގައި ވަރުގަދައަށް ބައިވެރިވުމަކީގައުމީ ޚިދުމަތެކެވެ ގައުމުގެ ކަންކަން ބޮއްސުންލައި ކޮރަޕްޝަނާއި
ވައްކަން ސަރުކާރުގެތރޭގައި ފެތުރި ގައުމު އިނދަޖެހުމުން
އެކަމުން ސަލާމަތްވާނެ މަގެއް ހޯދަން އެބަޖެހެއެވެ.
.
ޕްލެޓިނަމް ކާޑް ލިބޭނީ ވައްކަން ކޮއްގެން 10 ފަހަރު ޖަލަށްލާފަ ތިބޭމީހުންނަށް.. ސިލްވަރކާޑް ލިބޭނީ އަވަގުރާނަ އެންމެ ގިނައިން ގޮވަންއެނގޭ މީހުންނަށް. ގޯލްޑް ކާޑް ލިބޭނީ ޔާމީނާއެކު ޖަލުގަ އޮންނަން ބޭނުންވާ މީހުންނަށް..
މިވެރިން ހާދަހާ ފަގީރު ވެއްޖޭ. ވެރިކަމުގައި ތިބިއިރު ރައްޔިތުންގެ ބައިތުލްމާލް ހުސްކޮށްފަ އަދި ނުވިތާކަށް މިހާރު މިއުޅެނީ ނިކަމެތި ރައްޔިތުންގެ އަތުގައި ރައްކާކޮއްފަ ހުރި މަދު ފައިސާކޮޅުވެސް ފޭރޭނެގޮތެއް ހޯދަންވެގެން. ދެން ވެރިކަމަށް މިވެރިން އަޔަސް ޤައުމުގެ ހަރު މަޤާމްތަކުގައި މިވެރިން ތިބެފަ ނިކަމެތި ރައްޔިތުމީހާ ގުޅީމަ ފޯނުގަޑުވެސް ނުނެގޭނެ.
އަސްލު މަަޤްސަދު އަމިއްލައަށް ތި ފަޅާއަރުވަނީ. މުޒާހަރާ ކުރަން ނެރެންވެސް ބޭނުން އަދި ކާޑޭ ކިޔައިގެން ފޭރެންވެސް ބޭނުން ?
މެމްބަރުންގެތެރޭގައިވެސް ތަފާތު ކުރުން. ބޮޑު މެމްބަރާއި ކުޑަ މެމްބަރު އަދި މެދު މެމްބަރުން. ޕާރޓީގެ އިޚްލާސްތެރިން ދަށް ފެންވަރަށް ވައްޓާލަނީ
ވެރިކަމަށް އާދެވޭދުވަހު ތިޔަ ކާރޑުން ވާނެ ކަމެއް އޮންނާނެތޯ، ހޫނ ހޫނ ނޫނ އަހާލަންބޭނުން. ތަޖުރިބާ ތަކެއްކުރެވިއްޖެ.
އަދުރޭ މެމްބަރުން ހައްދާލަން ލާރި ހޯދަން ، މޮޅު ނަމެއް ކިޔާލާފަ ކާޑެއް ވިއްކައިގެން މިފަދަ ދަތި ހާލުގަ މީހުން އުޅެމުންދާ ދުވަސް ވަރެއްގަ ރައްޔަތުން ފެލައިގެން ޕާޓީ ސަލާމަތް ކުރަން މިބޭނުންވަނީ ރައްޔަތުން ހޭއަރާ މި ބައިގަނޑު ކޭ ހުރިހާލާރިތަށް ކޮބާ؟؟؟؟؟؟؟؟؟
ނަމަނަމަ އެއްވެސް ރައްޔަތަކު ތިމަޅީ ގަ ނުޖެހޭތި ކޮންމެ މީހަކު ބިންތަކާ ކަންނެލި އޮޑި ތަކާ ގަންނަން ހަރަދު ކުރި ލާރި ތަށް ކޮބާ؟؟؟