މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެއް މ.މުލަކު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ރޭ 19:50 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއެކު ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ޑައިވަރުން ގުޅިގެން ދަނީ ކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މި ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 5 ދިވެހިންނާއި 3 ބިދޭސީންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުރާޓޭ

    އަލަށް ދިވެހީންގެ އަދަދު ބިދޭސީންނަށްވުރެ ގިނައިންވި ހާދިސާއެއް! މުޅިންއިވެނީ 1 ދިވެސްސަކާ 2 ބިދޭސީންގެ ވާހަކަ. މިފަހަރު 5 ދިވެހީންނާ 3 ބިދޭސީން.