މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ދެ ބޭފުޅުން ކަމަށް ސިޔާދު ގާސިމްއާ މަރިޔަމް ސަމާ މާލެއިން 9 މިލިއަން ރުފިޔާ އަށް ގޯއްޗެއް ބައްލަވައިގެންފިއެވެ.

އެ ދެ ބޭފުޅުން ބައްލަވައިގެންފައި ވަނީ މއ. ކަޝިޝް ނަމަކަށް ކިޔާ ގޯއްޗެކެވެ. އެ ގޯއްޗަކީ 3،216 އަކަފޫޓުގެ ގޯއްޗެކެވެ. އެ މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ބަޔާންކޮށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި އައިޝަތު އަނީސްގެ ނަމުގައިވާ ކަޝިޝް ކިޔާ 3،216 އަކަފޫޓުގެ އަމިއްލަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދާތަކާއި އަމިއްލަ ބިމުގެ މިލްކުވެރިކަން 9.65 މިލިއަން ރުފިޔާއަށް ގަނެފައިވާތީ އެ ގޯތީގެ މިލްކުވެރި ފަރާތަކީ ސިޔާދާއި ސަމާ ކަމުގައި ކަނޑައަޅައި ހުކުމް ކޮށްފައިވާ ކަމަށެވެ.

ގާސިމްގެ ދެބޭފުޅުން ކަމަށްވާ ސިޔާދުއާ ސަމާ ގޯއްޗެއް ބައްލަވައިގެންނެވިއިރު ވިޔަފާރިވެރިޔާ، މ.ވާދީރޯސް މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިންގް 12 މިލިއަން ރުފިޔާ އަށް މިދިޔަ އަހަރު ގާސިމް ވަނީ ބައްލަވައިގެންފައެވެ.

ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުކަން ކުރައްވާ ގާސިމް އިބްރާހީމް އަކީ މަޖިލިސް މެންބަރުންގެ ތެރެއިން މިލްކިއްޔާތުގައި އެންމެ ގިނަ ބިން ހުރި މެންބަރެވެ. އޭނާގެ މިލްކިއްޔާތުގައި ހަތް ބިމެއް އޮވެއެވެ. މަޖިލީހުން އާއްމު ކޮށްފައިވާ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން ގާސިމްގެ މާލީ ބަޔާނުން ދައްކާ ގޮތުގައި ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގު ހުރި މުދާ ހުރި ކަމަށް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ރާފިޢު

    ބަފާ ސްޓާފުންނަށް ލާރި ނުދިނަސް މިމީހުން މިގަނެލަނީގެގެ

    169
    3
  2. އަހުމަދު ނަސީމް

    ތި ގެ 30 މިލިޔަނަށް ވުރެ އެން މެ ރުފިޔާ އެއްވެސް ކުޑަ ނުވާނެ.

    126
    • ވަގު

      ހުރިހާ ކަމަކުންވެސް މަކަރު. ދައުލަތައް ދައްކަން ޖެހޭ ބައި ބޮޑު ތަނުން ކުޑަ ވީނު.

      82
      • ވަގު1

        ކޮބާ މަކަރަކީ؟ ދައުލަތަށް ދައްކަންޖެހެނީ ގޯތި ގަންނަ އަގުގެ ޕަސެންޓެއް ނޫން މިހާރު. މިހާރު ދައުލަތަށް ދައްކަންޖެހެނީ އަކަފޫޓަކަށް ކަނޑައެޅިފަ އިންނަ ވަކި ވަރެއް. މިސާލަކަށް 1000 އަކަފޫޓް ގޯއްޗެއްނަމަ، އަކަފޫޓަކަށް ދައްކަންޖެހެނީ 22 ރުފިޔާނަމަ، ދައުލަތަށް ދައްކަންޖެހޭނީި 22000 ރުފިޔާ. ވާނުވާ އެނގެއްޗެ އެއްޗެއް ލިޔާއިރު. ވ ވެދުން.

        17
        36
        • ބޮކި

          މަކަރަކީ އެއްޗެއްގެ އަގަށް ވުރެ ކުޑަކޮށް ދައުލަތަށް ލިބޭ ގޮތަށް ކަން ކޮށްފަ އޮތުން. ބަލަ މާލޭގެ ބިމުގެ އަގަކީ އަކަފޫޓަކަށް 22 ރުފިޔާތަ. އަހަރެމެން ކުލި މި ދައްކަނި 800 އަކަ ފޫޓު ނުޖެހޭ ތަންކޮޅަކަށް މަހަކު 16000 ރުފިޔާ.

        • ށ

          ކަލޭވެސް އުޅެބަ ޥާނުވާނޭނގި

          9
          3
        • އާބިދާގެ އަންނި

          ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ބަރާބަރަށް ދައްކަމުންދޭތަ؟

          15
          2
  3. ނ

    މިއީ އާއިލީ ވިޔަފާރި އެއް ހަމަ އަގު ނުދީ އެތެރެ ކޯލުން ނިންމާލީ

    67
    1
    • ނިންނި

      ތިޔަ ގަތްކަ މަށްގަބޫލު ކުރަން ދަތި އެއީ އެކުދިންގެ. ބޮޑުދައިތަ ގެ ގެ މިހާރު ވެސްއައިޝަތު އަނީސްގެ ހުރިހާ ކަ މެއް ކުރައްވަމުން ގެންދަވަނީ ސަ މާ

      9
      1
  4. ހަނާ

    މާލެ އިން ތި އަގުގަ ތިވަރުގެ ގެ އެއް ނުލިބޭނެ! ހުޅުމާލެ އިން 1500 އަކަ ފޫޓު މި ގަތީ ތި އަގުގަ،އެއީ އަދި 2 އަހަރު ކުރިން... ވަރަށް ގަބޫލު ނުކުރެވޭ އަދަދެއް ތީ!

    65
  5. Anonymous

    އެފޮޓޮގަ އެއީ މީކައިލްތަ؟

    30
    3
  6. އަލީ

    -/3000 ރުފިޔާއަށް އަކަފޫޓެއްގެ ރޭޓުން މާލޭގެ އެއްވެސް ބިމެއް ނުވިއްކާނެ. ތިއީ ޓެކްސް އަށް މަކަރު ހަދަން ކުޑަކޮށްފައިވާ އެގްރީމަންޓެއް. މުވައްޒަފުންނަށް މުސާރަ ކުޑަކޮށްފަ އެކަމަކު ބިންގަންނަންވީމަ ލާރި އެބަހުރި.

    71
  7. ވާނުވާ

    މީރާ އައް ދައްކަން ޖެހޭ ޕޭމަންޓް ކުޑަ ކޮއްލަން މޮޅު މަކަރެއް ހަދާލީ އުތަ؟..9 މިލް ޔޯ..ހެހެހެ

    56
    1
  8. އަހްމަދު

    ތިޔަބިމުގެއަގަކީ ނުވަމިލިއަނައްވުރެމާބޮޑުއަގަކަށްވާނީ މިމާލެއިންކާކު ތިންހާސްރުފިޔާއައް އަކަފޫޓެއްވިއްކާނީ އަމުދުން މިހާބޮޑުބިމެއް ސަރުކާރައް ޓެކްސް ދައްކަންޖެހޭތީ މިއޮތީ ބޮޑުތަނުން އޮޅުވާލާފަ

    51
    1
  9. ދިދަ ދަނޑި

    ބައްލަވައިގަނެ ނޫހުގަ ޖަހާ އިޝްތިހާރު ކުރުމަށްވުރެ ރަނގަޅުވާނެ މުވައްޒަފުންނަށް މުސާރަ ދިނިއްޔާ.. އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް މުސާރަ ނުދީ ތިޔަހެން ދުނިޔެ އަބަދަކު ނޫޅެވޭނެ..

    61
    2
  10. ނޫސްކިޔާމީހާ

    މިވިޔަފާރީގަ ވަގުހަދާފަ. 3000ރުފިޔާ އަށް އަކަފޫޓެއް މާލެއިން ނުލިބޭނެ. ސަރުކާރަށް ޓެކްސް ދައްކަންޖެހޭތީ އޮލުވާލީ. ދޮންބޭބެ.

    45
  11. ޤައުމު

    މީހުންގެ ޒާތީ އަމިއްލަ މަސލަހަތު ގެއްލޭ މައުލޫމާތް ތިގޮތައް ހާމަ ނުކުރެވޭނެ މިޤައުމުގާ އޮތީ ކޮން މިނިވަން ކަމެއްތޯ!

    މަޖިލިސް މެމްބަރުން ސަރުކާރު އިސްވެރިން ނުހައްޤު ލާރިން ކިތައް ފްލެޓާ ބިމާ ކާރާ ގަނެލައިފިތޯ ؟

    ޤަސިމް ކިތައްސަތޭކަ މިލޔަން މިޤައުމައް ހޭދަކޮއްފިތަ 9 މިލިއަނޯ ގެޔެކޯ!

    16
    43
  12. ތާކިހާ

    ކޮބާތޯ މައްސަލައަކީ

    17
    31
  13. ާހޯގުޅާ ފާތުމަ

    3216 އަކަފޫޓްގެ ގޯއްޗެއްގެ އަގަކީ 19.5މިލިޔަން ރުފިޔާ. ޓެކްސްއަށް މަކަރު ހަދަން ގޯތީގެ އަގުގެ 50% ތިއޮތީ ކުޑަކޮށްފައި. އަބަދުވެސް މަހުޖަނު ހަދަނީ ތިޔަހެން.

    56
    3
  14. ޅަތީފް

    ވެރިކަން ބަދަކުކުރަން އުޅުނީމަ މޯދީ ދިން ހަރާންލާރި ގަނޑުވެސް ެެެެެެެެެެެެެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އޮންނާނެތާދޯ ބަފާގެ މިލްކިއްޔާތުގަ

    24
    2
  15. ވިސްނާލުމަށް އެދެމޭ

    މުޅި ދައުލަތް ދަވާލާއިގެން އަ މިއްލަޖީބުފުރާ މީހުން ފެނޭތަ.... މުއައްޒިފުންނަދޭނެ ފައިސާނެތްކަ މަށްބުނެ އެ މީހުންފަކީރުން ބިކަކޮށް ނިކަ މެތިކޮއްލީ...މި މީހުންގެ ބަކެޓްލިސްޓަށް ނަ މްބަރުެުތުރުވީ...ގާސި މު ކޮއް މެހެންވެސްވާނެ ވޯޓެއޮތިއްޔާ ރައްޔިތުންގާތަށް އަންނަން...އަރިއަތޮޅު މީހުން ގާސި މުގެ ނުފޫޒުން ސަލާ މަތްވާނީ ކޮންއިރަކުން...ޖޕގެ އެކަކަށްވެސް ވޯޓުދޭކަށް ނުފެނޭ...ގައު މު ވިއްޖު މުގަ ގާސި މުގެ ހިއްސާ ކުޑައެއްނޫން..

    20
  16. ޛސޖސހ

    ކޮންމެ ކަމެއްގަވެސް މަކަރާއި ޚީލަތް ހެދުން އެހެރީ ދަރިފަސްކޮޅަށް ވާރުތަކޮށްފަ. ދައުލަތައް ދައްކަންޖެހޭ ޓެކްސަށް މަކަރެއް ހަދާލީ

    23
  17. ޖާބިރުގެ ބާގިރު

    ލަދު ކޮބާ މީހުންގެ މުސާރަ ނުދީ ސަރުކާރައް ދައްކަން އޮއްޓެކްސް ފައިސާ ނުދައްކާ އިބުރާހީމު ލައްވާ އެވެސް މާފުކުރުވާ މުޅިންވެސް ރައްޔަތުންނައް ދޯކާދޭމީހެއް ކޯލިޝަން ރޫޅާލާ ވަގުތުން ވަގުތައް

    20
    1
  18. ޣޯސް

    ޢެއީ ކުރީގެ މާގަސްދޮށުގޭ ބައެއް. ސިޔާދު މަންމަ ބެލީ އެގޭ ބޭފުޅާ. އެހެންވެ ވައްތަރީ ސިޔާދުއާ ސިޔާދު ދައްތައަށް ދިނީހެން. އެގޭ ވެރިމީހާގެ ދަރިން ނުތިބޭނެ.

    20
    2
  19. ދަރަނި ދަންތުރަ

    ރާއްޖޭގެ ފަގީރުކޮއިގެ ދެދަރިން ބޮޑުބިމެއްއަމިއްލަ ކޮށްލީ ފައިސާ އެބަހުރިތާ ތިޔަބުނިއަގު ބަބޫލެއްނުކުރަން ތިއޮތީ ވިއްކިފަރާތާ ގަތްފަރާތް ވެސް މީރާޔަށް ދޯކާދީފައި ތިޔަމައްސަލަ ތަހުގީގުކުރަންޖެހޭ ފުލުހުން ސައިކަލްބުރުގައި ބައިވެރިވި ޒުވާނުން ޖޫރިމަނާ ކުރިފަދައިން

    23
  20. ކަޅުބެ

    ތާހިރުވެއްޖެއެއްނު މުއަށްޒަފުންގެ މުސާރަޔާއި އިޔާޔަތްތަށް ކެނޑީ މި ގެބައްލަވައިގަންނަންވެގެންދޯ ގާސިމްކިތަންމެވަރަކަށް ވެރިކަމަށް އަންނަން މަސައްކަތް ކުރިޔަސް ﷲ ތައާލާ މިހިރަ ދަހިވެތި މީހާއަށް ވެރިކަމެއް ނުދެއްވާނެ އިބައިލާހުއީ ހުރިހާކަމެއް ބައްލަވާ ވޮޮޮޮޮޮޮޮޮޮޮޮޑިގެންވާ އިލާހުއެވެ.

  21. #އިންޑިޔާ އައުޓް

    މާލިއްޔަތު ބައިއަޅައިގެން ބޯނެތްބުރުމާ އަށް ލިބުނު ބަޔަށްދޯ ތިގަތީ

    10
  22. ކާފަދ

    ސަރުކާރުން ރާއްޖެތެރެ ތަރައްޤީކޮށްދޭނެކަމަށް ނުތިބެ އަމިއްލަގޮތުން ކޮޅުކޮޅު ހޯދައިގެން އެކަމާ އުޅެބަލަ. ޖާނާ މާލު ގުރުބާންކޮށްގެން ހޮވާދޭ ރައީސުލް ޖުމްހޫރިއްޔާ އާ އިއްޒަތްތެރި މެމްބަރު އަޅައެއް ނުލިއެއްނު.

  23. ނަައީމް

    ތި ގެ ގަތްގޮތުގެ ވީޑިއޯއެއް ވަރަށް އަވަހާ ފެންނާނެ އިންތިޒާރުކޮށްލާ /////؟؟؟؟

  24. ގާސިމް

    ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ކުޅެލާނީ،މުވަށްޒަފުންވެސް އުޅެން ބޭނުން ނުވަންޏާ ދާންވީ އެމީހަކު ބޭނުންތާކަށް،ވަޒީފާއަށް މީހުން ނުލިބިގެނެއް ނޫޅެން