އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މ. ކޮޅުފުށީގައި މަގުބައްތި ޖެހުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ވަނީ ވަރޗުއަލް ރަސްމިއްޔާތެއް ބާއްވާފައެވެ.

މި މަޝްރޫއަކީ 1.5 މިލިއަން ދިވެހި ރުފިޔާގެ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އަދި މިއީ އިންޑިއާއިން 2019 ވަނަ އަހަރު ދެއްވާފައިވައިވާ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގުނު މަޝްރޫއެއްކަންވެސް ފާހަަގަކޮށްލަން ޖެހެއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ކޮޅުފުށިގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ.، އަދި ޝާހިދު ވަނީ އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައިދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮޅުފުށީގެ މަތުގަތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެއްވާފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިން ހިންގާ މަޝްރޫއުތައް މެނޭޖްކުރަމުންދަނީ މަޝްރޫޢު ހިންގާ ރަށްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލިބެ

    ލޮލް. ކޮންފަދަ ބިޔަ ޕޮރޮޖެކްޓެއް ތި ނިންމާލީ ބައިނަލް އަގުވާމީ އެހީ ތެރި ކަމާ އެކީ.. އިންޑިޔާ ގެ ހިލޭ އެހީގައި ތަށި ދޮވެ ނިންމާލުން އަދި އަންނާނެ. ކޮސް!

  2. އަލި ދީދީ

    ކަލޭމެނަށް ޙައްޤުވާ މިންވަރަކީ ތީ.. ދެން ތިބޭ އަތް ޖަހަން..

  3. Anonymous

    މާލޭގަ ސްޓްރީޓް ލައިޓް ލާބަ ، މަޖީދީ މަުގަ. ޜޭ ވެއްޖެއްޔާ އަންދިރިކަމުން

  4. ހަސަންލަތީފު

    އިންޑީޔާ އައުޓު.. އިންޑިޔާ ބޭރު.. އަހަރުމެން ބޭނުމެއްނޫން.. ލައިޓެއްޖަހާދީފައި ޤައުމު ހިފަން..

    އިންޑީ ވަގުތުން ބޭރު

    5
    1