އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެމްޑީޕީގެ އެ މަގާމުން ވަކިކޮށްދޭން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ އިސް ލީޑަރުގެ ގޮތުގައި މި ވަގުތު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ޝުއައިބް އަލީ ފޮނުއްވި ސީޓީއެއްގައި ވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހް ވެރިކަމުގައި ހުންނަވަނިކޮށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ޕާޓީގެ އިސް ފަރާތުގެ މާއްދާއަށް ހަސަން ލަތީފް އަމަލުކޮށްފައި ނުވާ ކަމަށެވެ.

ޝުއައިބް އިޝާރާތް ކުރައްވަނީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން ހަސަން ލަތީފަށް ޝުއައިބް ފޮނުއްވި ސިޓީގެ ޖަވާބުގައި ހަސަން ލަތީފް ފޮނުއްވި ސިޓީއެއްގައި ޕާޓީގެ އިސް ފަރާތަކީ ޕާޓީގެ ރައީސް ނަޝީދު ކަމުގައި ވިދާޅުވެފައިވުމަށެވެ.

ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއާޕާސަން ހަސަން ލަތީފް މިހާރުން މިހާރަށް މަގާމުން ދުރުކޮށް ދެއްވުމަށް ޝުއައިބު އެދިވަޑައިގެންފައިވެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ގޮތަށް ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް އެ ޕާޓީގެ އެންމެ އިސް ލީޑަރަކަށް މި ވަގުތު ހުންނަވާނީ ރައީސް ސޯލިހް ކަމަށް ޗެއާޕާސަން ހަސަން ލަތީފް ގާބޫލު ނުކުރެއްވުމަކީ އެމްޑީޕީގެ އެތެރެއިން ރޭވިގެން ހިންގާ "ހިމޭން ބަޣާވާތެއް" ގޮތުގައި ވެސް ޝުއައިބް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މަގާމުން ވަކިކޮށްދޭން ޝުއައިބް އެދިވަޑައިގެންނެވި، އެމްޑީޕީ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މަގާމުން ދުރު ކުރުމުގެ މަސައްކަތެއް ރައީސް ނަޝީދު އިސްވެ ހުންނަވާ ހިންގަވަމުން އެބަދެއެވެ.

އެކަމަކު ރައީސް ސޯލިހް ވިދާޅުވަނީ އެމަނިކުފާނަށް ފައްޔާޒުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. ފައްޔާޒު ވެސް ވިދާޅުވަނީ ރައީސް އަންގަވަން ދެން މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. ފައްޔާޒު އެހެން ވިދާޅުވިއިރު، ނަޝީދު ވަނީ ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ރަސްމީކޮށް އެމްޑީޕީގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަައީމް

    ސޯލިހަށް ގިނަމީހުން ތާއީދުކުރަނީ

    49
  2. ހަސީނާ

    ޕާޓީގެހުރިހާމެންބަރުންނިކުމެގެންނަމަވެސް މިތިބަ 2 ތި އެބަޖެހޭބޭރުކުރަން!! އެހެންޏާފަހެ ބޮޑުމުސީބާތަކަށްވެއްޖެވިއްޔާ!

    45
    1
  3. ކަމަނަ

    ކާކަށްކަން ތާއިދުއޮތީ މިފަހަރު ވާގޮތަކުން އެގިދާނެތާ

  4. ޜަނައުރާ

    ޝުޢައ އިބޫ ތިޔަ ޕާޓީގަ ހުންނަން ބޭނުންނަމަ އަގަ އާ އަތާ ފަޔާ ހިމޭނުން ލަ އިގެން ހުރެވޭތޯ ބަލާ ތިޔަ އީ ކެނެރީގޭ ނަ ޝީދުގެ އަމި އްލަ މުދާ ގަނޑަކަށް ހަދަ އިގެން އުޅޭ ތަނެ އް ތިޔަހެން އުޅެން ހަދަ އިގެން ފެންނާނީ ޕާޓީން ބޭރުކޮށްލާ ތަން

  5. ކެނެރީ

    މާލަސްވެސް ވެއްޖެ މި ބީތާ ވަކިކުރަން

  6. ހަމްދު

    ހަސަންލަތީފު ޖިންސުއްްލަތީފައް ވެފައި!