އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމަށާއި އެ ޕާޓީ ބައިބައި ކުރަން ބޭނުންވާ މީހުން ކުރަމުން ދަނީ ބޭކާރު މަސައްކަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވަނީ އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ސަޕޯޓަރުންނަށް ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެ ފޮނުވި މެސެޖާ ގުޅޭ ގޮތުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވަމުންނެވެ.

އެމްޑީޕީ ބައިބައިވެގެން ނުދާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވާން ފަށާފައިމިވަނީ، އެމްޑީޕީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް ވަކިކުރުމުގެ މަސައްކަތް ނަޝީދު ފެއްޓުވުމުން، ޕާޓީގެ އެތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެފައިވަނިކޮށެވެ.

"އެމްޑީޕީ ބައިބައެއް ނުވާނެ، ނުވެސް ކުރެވޭނެ، މި ޕާޓީގެ މެންބަރުން އެ ކަން ވިޔަކަ ވެސް ނުދޭނެ، ބައިބައި ކުރެވިދާނެ ކަމަށް ހީކޮށް އެ މަސައްކަތް ކުރާ މީހުން ވެސް އެ ކުރަނީ ވަރަށް ބޭކާރު މަސައްކަތެއް،" ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވިއިރު، އެމްޑީޕީގެ އެތެރެއިން އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެކޮޅަށް "ހިމޭން ބަޣާވާތެއް" ކުރައްވަން އުޅޭ ކަމަށް ވިދާޅުވެ ހަސަން ލަތީފް ޗެއާޕާސަން ކަމުން ވަކިކޮށްދޭން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ ވަނީ ރައީސްއަށް ސިޓީއެއް ފޮނުއްވައިފައެވެ.

ޝުއައިބް އެ ގޮތަށް އެދިވަޑައިގެންފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމުގައި ހުންނަވާއިރު އެ ޕާޓީގެ އިސް ލީޑަރަކީ ރައީސް ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވަނިކޮށް، ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސް ކަމަށް ހަސަން ލަތީފް ވިދާޅުވުމުންނެވެ. އެއީ ޕާޓީގެ އަސާސީ ގަވާއިދަށް އަމަލު ނުކުރުން ކަމަށް ޝުއައިބް ވިދާޅުވިއެވެ.

ހަސަން ލަތީފް ޝުއައިބްއަށް އެ ގޮތަށް ވިދާޅުވެ ސިޓީއެއް ފޮނުއްވީ ވަޒީރުންނަށް ނުފޫޒު ފޯރުވައި، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ނަޝީދަަށް ފިޔަވަޅު އަޅައިދޭން ޝުއައިބް އެދިވަޑައިގަތުމުންނެވެ. އެކަމަކު ހަސަން ވިދާޅުވަނީ އެއީ ޕާޓީގެ އިސް ފަރާތުގެ ހައިސިއްޔަތުން ނަޝީދު ކުރައްވާ މަސައްކަތެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު މަގާމުން ދުކުރުން ނަޝީދު މަސައްކަތް ކުރައްވާއިރު، ރައީސް ސޯލިހް ވިދާޅުވަނީ އެމަނިކުފާނަށް ފައްޔާޒުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. ފައްޔާޒު ވެސް ވިދާޅުވަނީ މަގާމުން ދުރުވާނީ ރައީސް އެ ގޮތަށް އެދިވަޑައިގަންނަވާނަމަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ދެ ފަޅިއަށް ވެސް އެބަ ތިއްބެވިއެވެ. ނަޝީދާއެކު ފައްޔާޒު މަގާމުން ވަކިކުރަން ބައެއް މެންބަރުން ތިއްބެވިއިރު، ރައީސް ސޯލިހް އެދިވަޑައިގަންނަވާ ގޮތަށް ފައްޔާޒުގެ ދިފާއުގައި ވެސް ބައެއް މެންބަރުން ތިއްބެވިއެވެ.

ނަޝީދު ތުހުމަތު ކުރައްވަނީ ފައްޔާޒު ޕާޓީގެ ތެރޭގައި "ބްރޯ" އަކަށް ވެގެން އުޅުއްވާ ކަމަށެވެ. ސިޔާސީ މަސްރަހުގައި "ބްރޯ" ގެ ލަފްޒު މިހާރު ބޭނުން ކުރަނީ ކުރު މުއްދަތެއްގެ ތެރޭގައި ނުފޫޒު ގަދަ ކޮށްލާ ޒުވާން ސިޔާސީ ބޭފުޅުންނަށެވެ. އެ ލަފްޒު ފުރަތަމަ ނިސްބަތް ކުރެވުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ދެބޯ ބައިބައިވެ ރޫޅި އެޅިމޭލިވެ ނިމިފައިތިއޮތީ ހުރިހާކަމެއްވެ ނިމުނީމަ ތިޔަބުނަނީ ބައިބައިކުރަން ކުރާކަންތަކަކީ ބޭކާރު ކަމެކޭ ދެން ބަލަން ދުވޭ

    45
  2. ހުސޭނުބޭ

    މީނަ އެ ބުނަނީ މީނަގެ ވާހަކަ ދޯ!

    38
  3. ޗަބޭ

    ފުރަތަމަ ތިމާމީހާގެ ހައިސިއްޔަތު ބަލާބަލަ، ހަސަނާ ތީ ވައިކުޑައިގަ ޕާޓީއަށް ފުންމާލި ގޮލައެއް، އަސްލުތީ އިބްރާގެ ބޯއީއެއް. މިއަށް ދެން ޖަވާބެއް ދީބަލަ.

    44
  4. އަހުމަދު

    ތި ހަސަނަކީ ވެސް އަންނި ގެންގުޅޭ އަޅުންގެ ތެރެ އިން އަޅެ އް. ލަބަރި އެ އއްހެން އަންނި ކިޔާ އެއ އްޗެ އް ކިޔާނެ ..... ލަދުން ބޯހަލާކު..

    42
  5. އަހްމަދު

    ބައިބައި ވާންޖެހޭ! އިރާދަ ކުރެއްވިއްޔާ ވާނޭ! ކަލޭމެން އަދި އެކަކު އަނެކަކަށް ގޮވާނެ!

    44
    1
  6. ރޯދަ މުބާރިކް

    އޮޅިއްޖެ! ފަނިކުރަން އުޅެނީ ކޮންބައެއްކަން! ޚަބަރުތަކުގަ ލިޔެފަހުރީ މަނިކުފާނުގެ އެކުވެރި/މިތުރުންގެ ފަރާތުން ކުރިވެފަ ހުރިކަންކަމެއް ނޫންތޯ!

    37
  7. Anonymous

    އަހަރުމެން ކުރިމަތީ ތިސަކަރާތް ޖަހާނެކަމެ އްނެތް، ކަލޭމެން ހުރިހާ އެންމެން ތަޅާފޮޅެން އަނެ އްރާ އްޖެ އަށްދޭ، ބޮޑު މުޞީބާތަކަށް ވެ އްޖެ. މި އީކަލޭމެންގެ އއެކަނި ގަ އުމެ އްނުން، އެހެންމީހުންވެސް ތިބިކަން ދަނެގެން އުޅޭ.

    33
  8. އަން

    ކޮންމެ ކަމަކަށްވެސް ވަގުތެއް އޮވޭ. ވަގުތު އައިސް ޖެހުނީމަ ކަލޭވެސް ބައިބައި ވާނެ. ތިކަހަލަ މީހުންތަ އަހަރެމެން މިހެން ބަލަބަލާ ތިއްބާ ބައިބައި ވެގެން އެދިޔައީ

    39
    1
  9. ސލ

    އޭ ހަސަނާއެވެ މޑޕ ވަނީ ބައިބައިވެ ރޫޅިފައެވެ އިތުރަށް
    ރޫލާނެ ތަނެއް ނެތެވެ ދެން އިތުރަށް އާލާކޮށްދިރުވޭނެ
    ގޮތެއްވެސް ނެތްމެއެވެ.

    28
  10. ފާތުމަ

    އެމްޑީޕީ ބައިބައިވާނެތާ މަޖުލިހުގެމެޖޯރިޓީދިނީމަ ފަގީރުންނައްލިބުނުފުލެޓުތައްވެސް ދިނީމާލޭގަމުއްސަނދިންނައް ކުއްޔައްދޭންވިއްޔާ ރާއްޖެ ތެރެޔޭކިޔާފަ ކުއްޔައކުއް ޔައްއުޅެންވީ ވޯޓުހޯދަންއަންނަަަންލަދުކޮބާ

    28
  11. ނަސްރީނާ

    އަދި ވަގުތު ނުޖެހެނީ ވަގުތު ޖެހުމުން ކަލޭމެއް ކަލޭމެނާ ހިފާ ދެގެރި ތަޅާނެ ދުނިޔޭގަ ތިބި ބަޔަން ފެންނާނެ

    14
  12. ކަލްދޯބަ ޖޭންގޭ

    ބަލަ ހަސާ ތުނޑު ހަސަނުހެދިގެން މާބޯބިއްލޫރިތަކެއްފެނިގެން 8ކަށިމަތމާލޭ ވެގެން ނުލަފާ ވެގެން ކޮއފަނުކުރާނެ ކަމެއް ހަސަނައްވެސް ނޭންގޭނޭ ކިޔަކިޔަ ބޮޑާބަސްތައް ކިޔަކިޔަ ހުއްޓާ ނުންތޯ ތިޔަ ހަސސނު ހަބަބިންމައްޗައްވެއްޓުނީ މާތްﷲ ގެ އިރާދަފުޅުން ބަލަ ބާރުލިބިވޮޑިގެންވާ ހަމަ އެކަނި ފަރާތަކީ މާތް ﷲ ސުބުހާނަހޫ ވަތައާލާ ތިޔަހެން ކަލޭމެން ޕާޓީ ތަކެއް ހަދައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގަމުން ރައްޔިތުން ބިކަ ކުރަމުން ދިއުމުގެ ސަބަބުން މިއަދު އެންމެ ކުޑަކުއްޖާ އައްވެސް އެބަ އެނގެޔޭ ކުޑަކުދިން ބަގީޗާ ކިޔާ ދިވެ ބަސް ކިޔަވާދޭ ފޮތެއްގަ އޮންނަ ވާހަކައެއް ލަވަޕާޓީއެއްގެވާހަކަ ހިމާރަކާ ގެރިޔަކާ މިކަހަލައެއްޗިހިތަކެއްގެވާހަކަ އެޔެކޭ ތިޔަ ޕާޓީ ތަކެކެކޭ ނެއް ތަފާތެއް ތަފާތަކީ ތިޔައީ އިންސާނުންކަން އެކަނި މީއެންނޫންތޯ ރިޔަލްޓީޔަކީ

    11
  13. މޫސަ

    ތިޔަ ޕާޓީ ދެން އިތު ރަށް ބައި ބައި ކު ރާކަށް ބަޔަކު މަސައްކަތެއް ކު ރާކަށް ނުޖެހޭ. ތިޔަ އޮތީ ބައިބައިވެ ނިމިފަ. މަތިން ކަމެއް ރޭވިގެން އަތުވެއްޖެ ހިނދު ކަލެއަށް ވެސް އެއްވެސް މީހަކަށް ކު ރެވޭނެ ކަމެއް ނޯންނާނެ.

    13
  14. ސާބިތު

    އިރާދަ ކުރެއްވި ކޮންމެ ކަމެއްވާނެ ތި ޕާޓީއަކީ މަތިން ފައިބާފައޮތް ޕާޓީއެއްބާ؟

  15. ވިސްނާ

    ތިކަންފުރަތަމަ ރަށްދުވަނީ ޕާޓީގެ ރައީސަށް އެއީ ކުރިންވެސް އަދި މިހާރުވެސް ކުރައްވާކަންތަކުންނާ އުޅުއްވާގޮތުން ވީމާ، ޕާޓީގެރައީސް ފުރަތައިސްލާހުކުރައްވާ ނޫނީ ޙަސަން
    ލަތީފްވެސް ޕާޓީން ބޭރުކުރައްވައިފާނެ އެއީ ޙަސަންލަތީފްވެސް ޕާޓީގަހުންނަވައިގެން ޕާޓީ އަމިއްލަ މިލުކަށްހަދައިގެން، އަދި ޕާޓީގެ ބުރޯއަަކަށްވެގެންއުޅުއްވާ ޕާޓީގެ ރައީސަށް އެގޮތުގައި ދެމިނުހުރެވިދާނެތީ އެމް.ޑީ.ޕީގެ ޗެއާޕާސަންކަމުން ޙަސަންލަތީފް ވަކިކޮށްދޭންއެދުން މިކަމުގެ
    ހެއްކަކަށްވާނެ ޙަސަންލަތީފް ތި ވިދާޅުވެލައްވަނީ މިކަމަށް އިޝާރަތްކުރައްވާފަތޯ އެހެންކަމަށް
    ވާނަމަ............

  16. Mahujanu

    އެމްޑީޕީ އަކީ މިހާރު ކުނިވެފަ އޮތް އޮތް އެއ އްޗެ އް.

  17. އަލީ

    ބޭކާރޭ އެބުނަނީ މިހާރުވެސް އޮތީ ބައިބައި ވެފައޭ. ދެން އިތުރަށް ކުރާނެ ބައެއް ނެތޭ.