ޔޫތް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެެ.

މި މަގާމަށް ސަރުކާރުން އައްޔަން ކޮށްފައި ވަނީ މީގެ ކުރިން އެ މިނިސްޓްރީގެ އެކްޓިިން ޕާމަނަންޓް ސެކެޓްްރީ ހުސެއިން ޝަރީފުއެވެ. އޭނާ އެކްޓިން ޕީއެސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި ނުވުމުން ވަގުތީ ގޮތުންނެވެ.

ޕީއެސްއެއް ހަމަ ނުޖެހި ގިނަ ދުވަސްތަކެއް ވުމުން ޔޫތް މިިނިސްޓްރީއިން ވަނީ އެކަން ހަމަޖައްސައިދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އެދިފައެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވިފައި ވުމުން ޔޫތް މިނިސްޓާ އިރުތިޝާމް އާދަމް ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަށް ޝުކުރު އަދާ ކުރައްވާފައެވެ.

މީގެ ކުރިން ޔޫތް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ޔޫތް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ފަހު ގޭގައި މަޑު ކުރުމަށް އަންގާފައެވެ. އެކަމާއި ބެހޭގޮތުން މައުލޫމާާތު ހޯދުމަށް ޔޫތް މިނިސްޓްރީއަށް ގުޅާލުމުން ބުނީ އެ މިނިސްޓްރީއިން ސިވިލް ސާވިސް ކޮމިޝަންގެ ކަންކަމުގައި އެއްޗެއް ވިދާޅުނުވެވޭނެ ކަމަށެވެ.