މަގުމަތިވެފައިވާ އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ބަލައިދޭނެ ފަރާތެއް ހޯދަން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފިއެވެ.

މީސްމީޑިއާ މެދުވެރިކޮށް އެ ކައުންސިލުން މިކަމާއި ގުޅޭގޮތުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، އެމީހާއަކީ އުމުރުން 80 އަހަރުގެ މީހެއް ކަމަށާއި، އޭނާ ނިސްބަތްވަނީ މާމެންދޫއަށް ކަމަށެވެ.

އަދި އޭނާއަކީ އަޅާލާނެ ފަރާތެއްނެތި މަގުމަތިވެފައިވާ މީހެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ، "މިކަން ކޮށްދިނުމަށް އެދޭ ފަރާތްތަކުން 15 ސެމްޓެމްބަރުވާ އަންގާރަ ދުވަހުގެ 11:00 އަށް" އެ އިދާރާއަށް ގޮސް މަޢުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

މީގެ ކުރިންވެސް މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުން، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ބައެއް މީހުންގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކެލާކުރޮޅި

    މުސްކުޅިވެ ބަލި ހާލު ބޮޑު ވީމަ ހުރިހާ ދަރިންތަށް ދުވެ ފިލާނީ މިއީ ދުނިޔޭގެ އާދަ ބަލިވީމަ ހޭލާ އިދެލާނެ ފަރާތެއްވެސް ނުވާނެ ކޮންމެ މީހަކުވެސް އެކަކު އަނެކަކުގެ ބޮލަންޖެޖޭތޯ ބަލާފަ ދުވެ ފިލާރައްކާވާނީ އެންމެ ފަހުން އެންމެ ހާލު ގަ އުޅޭ މީހާ އަށް ޖެހޭނީ ބަލަން ދެން ހުރިހާ މީހުން ފިލާ ތިބެ ދީނީ ޕޯސްޓު ކޮޅު ތަށް ފޭސްބުކަށާ ވައިބާ އަށް ލައިގެން ފޮނިކަޑާނީ މީ ހަގީގަތަކީ މީ މިއަދުގެ ހާލަތު ކިހާ ދެރަ

    58
  2. ގުދު

    ހުރި ހިތާމަ އެއްގެ ބޮޑު ކަމާއޭ މިއަދު އަޅުގަޑުމެންގެ މައިން ބަފައިން ބަލިވެ މޮޔަވެ ވާނުވާ ނޭގުނީމަ އެމީހުނަށް އަޅާލާ އެހީތެރިކަން ނުދީ ފިލަ ފިލައިގެން އުޅެނީ ކިތަށް މީހުންބާއޭ ކޮންމެ މީހަކުވެސް މޮޅެތި ވާހަކަ ދަށްކާ ދުރޫސުލްއަޚްލާގު އެހެންމީހުނަށް ކިޔާދީފަ އޮއްނަނީ ހޮރަށްވަދެ ފިލަޔެވެ މަޝްހޫރު ދީނީ އިލްމުވެރިންގެ ޕޯސްޓު ތަށް ޝެޔާ ކޮށްލަކޮށްލާ މާދީންވެރި ބަޔަކަށް ހެދިގެން އުޅޭ މިހުން މިހާރު ވަރަށް ގިނަވެއްޖެ ހުރިހާ އެންމެއްވެސް ސަވާބު ގޯނި ހޯދުމުގެ ފުރުސަތު ނަގާނުލަމާ ބަހީ މީ ވަރަށް ވާހަކަ

    28
    1
  3. އަލީ އިމްރާނ

    އަދިކިރިޔާ ތަރައްގީ ތިފެންނަނީ އަހަރުމެން ކާބަފައިންގެ ދުވަސް ވަރުވެސް ނުފެން ނާތަހުޒީބް މިފެންނަނީ

    29
    3
    • ސީލާވަތީ

      މީތަހުޒީބުގެ އަލާމަތްތައް

  4. މެކުނު

    ސަރުކާރު ނާގާބިލްކަންދޯ އިދިކޮޅުކުދިން

    10
    8
    • ސީލާވަތީ

      ޢަހްލާގީ ފޭރާން ވީދިއްޖެ.އެކަމުގަ އެންމެ ބޮ ޑު ރޯލެއް އަދާކުރީ ރަތްލާ ޖެހި އެމް ޑީޕީ ޭ

  5. ޔަތީމު

    އަހަރެން ޢުމުރުން 16 އަހަރުގައި ބައްޕަ ނިޔާވީ އެހިސާބުން އާއިލާ އެންމެން ރުޅިވީ ކަމަށް ހަދާފަ ފިލީ ބޭބެ މެންވެސް މަ ބިޓުކަޓުވަން ނުކިޔަވާ އުޅޭތީއޭ ކިޔާފަ ރުޅިވީ އާއިލާގެ އެންމެންވެސް ވަކިވީ ދުނިޔޭގަ ހުރިހާއެއްޗަކޯވެސް ބައެއްމީހުން ދެކޭގޮތުގައި ފައިސާ އިމްތިހާނު ނިމުނުތާ ދެހަފްތެރޭ ވަޒީފާ އެއް ހޯދައިގެން އެކަނިދިރިއުޅުނީ12 އަހަރު މަށަށް ވަރައްރީއްޗަށް ދުނިޔެ ދަސްވެއްޖެ އެކަމަކުވެސް ވަރަށްސަޅި އިންސާނުންނަށް ބަރޯސާނުވެ ދިރިއުޅެން ދަސްވެއްޖެ އެކަނި ސަވައިވް ކުރަން ދަސްވެއްޖެ އަހަރެން ކަހަލަ ކުދިންނަށް ބުނެލަން އޮތީއެއްވެސް މަސައްކަތަކީ ދަށްމަސައްކަތެއްނޫނޭ މީހުންނަށް ބަރޯސާނުވެއެކަނި އަމިއްލަ މަސައްކަތުން ދިރިއުޅެން ދަސްކުރާށޭ މާދީނީވެގެން ދުރުސުލް އަޚްލާގު ކިޔާ ތިމާގެ މީހުންގެ އަޑުނާހާށޭ

    • އަލި ދީދީ

      ބާކީ ކޮއްލުމަކީ ދެވޭ މާބޮޑު ދެރައެއް.. އަހަންނަށްވެސް އެކަން ވިސްނޭ..

  6. ޜަޝީދު

    ދަރިން ނެތް އަދި އެއްބަނޑު އެއްބަފާ މީހެއްވެސް ނެތް. އާއިލާ އެއް ނެތް ބިކަވެފައިވާ މީހެއް.