ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާންގައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްލޭންއާއި އެއްގޮތައް ކޮންޓްރެކްޓަރ ފައިނޭންސްގެ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިން ސްކޫލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަމުންދާކަމަށެވެ. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1,500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 ސެޕްޓެންބަރު 2020 އިން  19 އޮކްޓޫބަރު 2020އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  މެދުވެރިކޮށެވެ.

ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލްކުރުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އެދިވަޑައިގެންފައެވެ.

މި މަސައްކަތުގެ ދަށުން ކޮންމެ ސްކޫލެއް އިމާރާތްކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 850 ހާސް ދިވެހި ރުފިޔާއިން ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް އެމެރިކާ ޑޮލަރު ވަނީ ކަނޑައަޅާފައެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބެއްޔާ

    އެއީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ފަހުން ފައިސާ ދައްކާގޮތަށް ދީފައިވަ ލޯނުގެ ތެރެއިން އަޅާ ސްކޫލްތަކެއްތޯ. ފަންޑުހޯދިގޮތް ބަލަންބޭނުން.

    19
    3
    • ޢަހޫ

      ފަންޑްލިބުނީ ފ އަތޮޅު ހިމިތީބޭންކުން 7+5=12 ޔޫއ އެސްޑޮލަރު ހިލޭ އެހީ.

  2. އަލީ

    ރައްޔިތުން މާލެ ސަރަހައްދަށް ބާރޯސާކުރުމަށް އިތުރު ބޮޅެއް. މިނޫން ދުވަހެއް ދައްކަވާށި. މައުމޫނެއް އަންނިއެއް ޔާމީނެއް ސޯލިހެއް ކިޔާނެކަމެއް ނެތް އެންމެން ހަމަ އެއްވަރު. ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ މީހެއްނެތް.

    13
    12
    • އެމްޑީޕީ ބުރޯ

      ބަލަގަ ކަލޭމެންނަށް ހެޔޮއެދޭތީދޯ 3ސުކޫލު އެއަޅަނީ! ކަލޭމެން ރާއްޖެތެރޭމީހުން މާލެ އަންނަހިތުން އުޅޭތީ 3ސުކޫލު އެއަޅަނީ!

      2
      4
  3. ރަސީ

    ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ވެރިކަން ކުރާ ސިޓީގަ ދިރިއުޅެން ބޭނުންވާ މީހުން ގިނަވާނެ. އެހެން ވުމުން އާބާދީ ގިނަ ވާނެ. ގިނަ ރައްޔިތުން އެއްތަނެއްގައި ތިބުމުން ޚިދްމަތް ދިނުން ފަސޭހަވެސް ވާނެ. ނުވަތަ މަޖްބޫރު ވެސް ވާނެ. އަނެއްކާ ކިހިނެތް ދިވިރާއްޖެ ކަހަލަ ކުދިކުދި އާބާދީތަކަށް ބެހިފައިވާ ޤައުމެއްގައި އެހާ ބޮޑެތި ޚަރަދު ކުރެވޭނީވެސް. ނަމަވެސް ދެރަކަމަކީ ޔާމީން ކުރީމައި ކަމުނުގޮސް ސޯލިހު ކުރީމާ ރަނގަޅު.

    9
    1
  4. ދީދީ

    މިސަރުކާރުން އެޅިހާ ފްލެޓް ގެ ފޮޓޯ ފެނި ...ޕީޕީ ކުދިން ޖޭވާނެ

    2
    7
    • އަލީ

      ކަލެއަށް ތިއޮތީ އެނގިފަ.... ދެން އަތްޖަހާ..... ރޭޕް ސަރުކާރުގެ ޕަޕެޓް

  5. ޢަހޫ

    ފަންޑްލިބުނީ ފ އަތޮޅު ހިމިތީބޭންކުން 7+5=12 ޔޫއ އެސްޑޮލަރު ހިލޭ އެހީ.

  6. އަލީ އާމިރު

    ހުޅުމާލެ ފޭސް-3 އަށް މާލެ ގައި ހުރިހާ އޮފީސްތަކާ ސަރުކާރުގެ އިމާރާތްތަށް ބަދަލުކޮށްފައި، މާލެ އާއި ހުޅުމާލެ ފޭސް 2 އަކީ މީހުން އުޅޭ ތަނަކަށް ހަދަން ފެނޭ، އޭރުން ވަރަށް ހަމަޖެހިލާގެން މާލެ ގައި އުޅެވޭނެ ތޯއްޗެ

  7. އަހުމަދުކަލޯ

    އަދި ވެސް ސުކޫލު ދޯ ހަދަނީ މިއުޅެނީ ނިދާނެ ތަނަކާ ފާހާނާ ކުރެވޭނެ ގޮތެއް ނެތިގެންނޭ!!!