ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުންގެ ތެރެއިން 5،000ރ. ގެ އާމްދަނީއެއް ނުލިބޭ މަސްވެރިންނަށް އިންކަމް ސަޕޯޓު އެލަވަންސް ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައި ދިނުމަށް މަސްވެރިންގެ ޔޫނިއަނުން މިއަދު ގޮވާލައިފިއެވެ.

މަސްވެރިންގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން މިދިޔަ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ގަންނަމުން އައީ 35ރ. އަށް ވުރެ ދަށް އަގުތަކެއްގައި ކަމަށެވެ. އަދި ބައެއް ފަހަރު 20ރ. އާއި 25ރ. އަށް ވެސް މަސް ގަނެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އާންމު ގޮތެއްގައި މަހުގެ އަގު އެވްރެޖްކޮށް ހުންނަނީ 40ރ. އާއި 50ރ. ގެ ދަށް އަގެއްގައި ކަމުން ދެބައިކުޅަ އެއްބަޔަށް މަސް ގަންނަން އަގު ދަށްވުމުން އެވްރެޖްކޮށް ބޮޑު ކަންނެލީގެ ބޮޑު އިންސައްތަ މަސްވެރިންނަށް 5000ރ. އާމްދަނީއެއް މަހެއްގެ މައްޗަށް ލިބިފައި ނުވާކަމުގައި ކަމަށް ބަޔާނުގައިވެއެވެ.

"ސަރުކާރުގެ ފަރާތުން ކޮވިޑް-19 ގައި މަސް ގަންނަ ފަރާތްތަކަށް މަސް ގަތުމަށް ފައިސާ ދޫކޮށްފައިވާތީ ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާތީ މި ޔޫނިއަންގެ ފަރާތުން އިންތިހާ އަށް ކަންބޮޑުވުން ފާޅު ކުރަމެވެ،" މަސްވެރިންގެ ޔޫނިއަނުން ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ އެ ނިންމުން ވަގުތުން ވަގުތަށް ބަދަލުކޮށް ބޮޑު ކަންނެލި މަސްވެރިންގެ ތެރެއިން ވެސް 5000ރ. އާމްދަނީއެއް ނުލިބޭ މަސްވެރިންނަށް އާމްދަނީގެ އެހީތެރިކަން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލައިފައެވެ.

އަދި ބޮޑުކަންނެލި މަސްވެރިން ބާނާ މަސް އެކަށީގެންވާ ރަނގަޅު އަގެއްގައި ގަނެ، ގިނަ މާކެޓްތަކަށް ބޭރުކުރެވި އިތުރު ފަރާތްތަކަށް ބޮޑުކަންނެލި މަސްގަނެ ބޭރުކުރެވޭނެ ގޮތަށް ސިޔާސަތު ބަދަލުކޮށް މަސްވެރިންގެ މެދުގައި ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް ވެސް ގޮވާލިއެވެ.

އޭގެ އިތުރުން މަސްގަންނަ ފަރާތްތަކުން މަސްބޭރު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ހައްލެއް ގެނެވި، މަހުގެ އަގަށް އަންނަ ނުރަނގަޅު ބަދަލު މަސްވެރިން ހަމައެކަނި ހިއްސާ ކުރަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވެސް ޔޫނިއަންގެ ބަޔާނުގައި ގޮވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ތިޔައީ އަދި ރަނގަޅު ގޮވުމެއްނޫން، ގޮވަންވީ 20 ހާސްރުފިޔާ ނުލިބޭ ނުވަތަ އެއަށްވުރެ މަދުން ލިބޭ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް 20 ހާސް ރުފިޔާއިން މަދުވާ ބައި ކޮންމެ މަހަކު ދައުލަތުން ޖަމާކޮށްދިނުމަށް، އޭރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކީ 20000ރުފިޔާ ލިބޭ މީހަކަށް ވެގެން އުފަލުގައި އުޅޭތަން ފެންނާނެ.

    1
    1
  2. ށުވޭސ

    މީ ބޮޑު އަޖައިބެއް މަސްވެރިންގެ ފަރާތުން ދަންޑު ވެރިންގެ ފަރާތުން އެއްވެސް އެއްޗެއް ސަރުކާރަށްލިބޭތަ ؟ ޢަނެއްކާ ހުރިހާސަބުސިޑީއެއް ދީގެން މަސްވެރިކަމާ ދަނޑުރިކަން ކޮއްފަ ލިބޭ ހުރިހާ އެއްޗެއް މިވިއްކަނީ އެއްމެ ބޮޑު އަގުގައި ރައްޔިތުންނަށް ދު ވަހަކުވެސް ޖީ އެސް ޓީ އެއްވެސް ، ސީ ޖީ އެސް ޓީ އެއްވެސް ނުދައްކާ ކޮރާނާގެ ސަބުބުން ހުރިހާބާވަތެއްގެ މަހުގެ އަގު ދިޔައީ މައްޗަށް މަސްވެރިއަކަށް ވީ އެއްވެސް ގެއްލުމެއްނެތް އެއްވެސް އެއްޗެއް ދޭނެކަމެއްނެތް ، މިހާރުވެސް ހުތިހާބާވަތެއްގެ މަހެއް އެތެރެ ކުރަނީ ތައިޅޭންޑުން.

    2
    2
  3. ޑރ. ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މި ސަރުކާރަކީ މިނިސްޓަރުން ނަށް އެއްވެސް މަސައްކަތެއް ނުކުރިޔަސް މުސާރަދޭން ބޭނުންވާ ސަރުކާރެކެވެ. މިހާރު ހުރި މިނިސްޓަރ ޒަހާ ހުއްޓާ ތިޔަކަމެއް ވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މަޖްލިހުން ވެސް ޒަހާ އަށް ކިތަންމެ އިންޒާރެއް ދީފިޔޭ. އިބޫ ސަރުކާރަކީ މިނިސްޓަރ ޒަހާ ހުރެގެން ލޭނާރު ފިސްފިސް ކޮށް، ޗިސްޗިސް ކުރިއަސް އެންމެ ރަނގަޅު ސަރުކާރެކެވެ.