މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި މާތް ރަސޫލާ صلى الله عليه وسلم އަށް ބަދު ބަސް ރައްދުކޮށް ނެރުނު ރިޕޯޓާ ދެކޮޅަށް ތެދުވެވަޑައިގެންނެވި ރ.ހުޅުދުއްފާރު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ޢަލީ މުސްތަފާއަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އެޅުމަކީ އެމްޑީއެންގެ އެޖެންޑާގެ ދަށުން އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށާއި އަދި އެމްޑީއެން ނަމެއްގައި އުވާލެވުނު ނަމަވެސް އޭގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝަރުޢީ އަދި ޤާނޫނީ ފިޔަވަޅު އެޅުން ލަސްވަމުންދާ ދިއުމުގެ ސަބަބުން ނިކުތް ޢުދުވާނީ ނުފޫޒެއްކަން ބުއްދިއެއް ހުރި ކޮންމެ މުސްލިމަކަށް ހާމަވެގެން ހިނގައްޖެ ކަމަށް މަދަނީ ޖަމްޢިއްޔާތަކުން އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ބުނެފިއެވެ.

ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ މެޖިސްޓްރޭޓް އަލީ މުސްތަފާ އަށް ފިޔަވަޅު އެޅުމުގެ ބޭނުމަކީ ލާދީނީ އެމް.ޑީ.އެން ޖަމާޢަތާ ދެކޮޅަށް ހިންގޭ ޝަރުޢީ އަދި ޤާނޫނީ އެކިއެކި މަސައްކަތްތައް ހުއްޓުވުމެވެ. އަދި މިއީ ސިޔާސީ މަދު ފަރުދުންތަކެއްގެ ބާރުގައި ޖޭ.އެސް.ސީ މެދުވެރިކޮށް ފަނޑިޔާރުންގެ މައްޗަށް ހިންގާފައިވާ ޖަރީމާއެއްކަމަށް ސިފަކުރެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށްވެފައި، އިސްލާމްދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމަކީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށްވާއިރު، ޤާނޫނު ނެގެހެއްޓުމަށް ބާރުއަޅައި އިސްލާމްދީނާއި މާތް ރަސޫލާ صلى الله عليه وسلم ގެ ދިފާޢުގައި އަމާންކަމާއި ސުލްޙަވެރިކަމާއެކު ތެދުވި މީހާއަށް އަދަބު ދީފައި، ޖަރީމާ ހިންގިތާ އަހަރުވެގެން ދިޔައިރުވެސް އެޖަރީމާ ހިންގި މުޖުރިމުންނާ މެދު ހަމަ އެއްވެސް ފިޔަވަޅެއް ނާޅައި، މިނިވަންކަންމަތީ ތިބީ ދޫކޮށްލާފައި" ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެމް.ޑީ.އެންގެ ނުފޫޒު ގަދަކުރުމަށްޓަކައި އިސްލާމް ދީނުގެ ޙައްދު ގާއިމު ކުރަން ޒަމާނުއްސުރެ ޙުކުމް ކުރަން ހަމަޖެހިފައިވާ ކުރިމިނަލް ކޯޓުގެ ޤާޟީއަކަށް އެޖަމްޢިއްޔާއާ ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު އައްޔަން ކުރުމާއި ދިވެހިރާއްޖޭގެ އެންމެ ފަހުބަސް ބުނާ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެޖަމްޢިއްޔާގެ ފައުންޑާ މެމްބަރެއްކަމަށް ތުހުމަތު ކުރެވޭ އަންހެނަކު އައްޔަން ކުރުމުން މިކަންތައްތަށް ޝައްކެ ނެތް މިންވަރަށް ޔަގީންވާ ކަމަށް ވެސް އިއްހާދުން ބުނެއެވެ.

"މިކަމުން ޖޭ.އެސް.ސީ އަށް ލާދީނީ ސީޔާސީ ނުފޫޒު ފޯރުވުމަށްޓަކައި ހިންގެމުންދާ ނުރައްކާތެރި އެޖެންޑާގެ ޙައްސާސްކަމުގެ މިންވަރުގެ ބޮޑުކަން ހާމަވެއެވެ. އަދި އެމް.ޑީ.އެން ހިންގި ޖަރީމާގެ މައްސަލަ ޝަރުޢީ މަރުޙަލާއަށް ހުށައެޅޭ ހިނދު ޤާނޫނާ އެއްގޮތް ޢަދުލުވެރި އިންސާފުވެރި ޙުކުމެއް ކުރުމަށް އެއްވެސް ފުރުޞަތެއް ނުލިބޭނެކަމުގެ ބިރުވެރިކަން އިންތިހާއަށް ވެރިވެއްޖެއެވެ." ބަޔާން ކުރިއަށް ގެންދަމުން ބުނެފައި ވެއެވެ.

ސައްތައިން ސައްތި އިސްލާމީ މި ޥަޠަނުގައި މާތްވެގެންވާ އިސްލާމް ދީނާއި ކައު އިތުރު މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި ސުލްޙަވެރި ކަމާއެކު އެއްވެސް ގޮތަކުން އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ޙައިޘިއްޔަތަކުން އެއްވެސް މީހަކަށް ހުރަހެއް އޮތް ކަމެއް ކަމުގައި ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ އިއްތިހާދުން ބުނެއެވެ.

ރައްޔިތުންގެ އިއްތިޙާދުން ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލަނީ ޤާނޫނު ހިންގުމުގެ ބަހަނާގައި ޖޭ.އެސް.ސީ މެދުވެރިކޮށް އެމް.ޑީ.އެން ޖަމާޢަތުގެ އެޖެންޑާ ތަންފީޛުކޮށް އޭގެ ޙިމާޔަތުގައި މިހިންގޭ މަކަރުވެރި ޙީލަތްތައް ހުއްޓުވުމަށްޓަކައި ޖޭ.އެސް.ސީ ގައި ތިބި އެމް.ޑީ.އެން އާ ގާތް މީހުން މިހާރުން މިހާރަށް ވަކިކޮށް އެ މުއައްސަސާ ޠޯހިރުކުރުމަށް ކަމަށް ވެސް ރައްޔިތުންގެ އިއްތިހާދުން ބުންޏެވެ.

"އިސްލާމްދީނާއި މިގައުމުގެ ޥަޙްދަތުގެ އަޞްލު އަސާސް ރައްކާތެރި ކުރުމުގެ ޒިންމާ އެފަރާތެއްގެ ކޮޑުފުޅުގައި އެޅިފައިވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް، އެމަނިކުފާނާ ހަވާލުވެ ކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ޥާޖިބު އަދާކުރެއްވުމުގައި ފަހަތު ފައިންޕުޅަށް ބުރަވެވަޑައިނުގެންނެވުމަށާއި އެމަނިކުފާނުގެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކު އަދާކުރެއްވުމަށް ރައްޔިތުންގެ އިއްތިޙާދުން ގޮވާލަމެވެ." ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިމް

    MDN Idiots

  2. Anonymous

    ޢެމްޑީއެން ފައްސާލާނަން

    14
  3. މުރާދު

    ޢަލީމުސަތަފާއަކީ މުސްލިމަކަށްވެފައި ދިވެހިރަށްޔިތަކަށްވާހިދު މުސްލިމްގައުމެއްގައި (ދިވެހިރަށްޔިތެއްކަމުގައިނުވިއަސްމުސްލިމަކުކަމުގައިވާނަމަ ) އިސްލާމްދީނަށް ފުރައްސާރަކޮށް، މާތްﷲ ފޮނުއްވި މާތްރަސޫލާއަށް ބަދުބަސްރަށްދުކުރާފަރާތަކާދެކޮޅަށް ތެދުވުމަކީ މުސްލިމުންކުރާނެކަމެއް ވީމާ، މިފަދަފަރާތަކާދެކޮޅަށް ފުރިހަމަ މުސްލިމުން ފިޔަޅުއަޅާކަމުގައިވާނަމަ ސުވާލުފެދޭ ( އިސްލާމްދީނާ ދެކޮޅުފަރާތެއް ރުއްސުމަށް ) ނަމަވެސް މިއީ އިސްލާމްދީނަށްލޯބިކުރާފަރާތަކުން ކުރާނެކަމަށް ބަލައިގަނެވޭނެކަމެއްނޫން ވީމާ، ފިޔަވަޅު އެޅުމުގެކުރިން ލާދީނީރިޕޯޓްނެރުނުފަރާތްތަކަށް ފިޔަވަޅުއަޅުއްވާ

  4. މާމީ

    އަހަރެމެން ދައްކާ ޓެކުސް ފައިސާއިން އެނޑީއެން ގެ ލާދީނީ ރިޕޯރޓު ނެރުމުގައި އަމަލީގޮތުން ބައިވެރިވި މީހުނަށް މިސަރުކާރުން މުސާރައާއި އިނާޔައްތައް ނުދިނުމައް ރައީސައް އިލްތިމާސް ކުރާވާހަކަ ދަންނަވަން....

  5. ހުސޭނުބޭ

    ނަމެސް އެމްޑީއެންއާ ދެކޮޅަށް ތެދުވެ މިހުރީ! އަޅެ ހެނުވާނެ މަ ތި ތަނަށް ގެންގޮސް ނަޞޭހަތްދީބަމަ! ޔަޤީން އަނގައިގެ އެއްކޮޅު އޮއްވައި ***!