އިދިކޮޅު ފަރާތަކުން އުފައްދާ ސަރުކާރެއްގައި ފުލުހުންނަށް 30,000 ރުފިޔާގެ މުސާރައެއް ދޭނެ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ފުލުހުންގެ މުސާރައަކީ 30,000 ރުފިޔާ ކަމަށާއި ތަޖުރިބާ ހުރި ކުދިން ވަޒީފާ ހަވާލު ކުރާ ވަގުތު 100,000 ރުފިޔާގެ ގުޑްވިލް ޕޭމެންޓެއް ލިބޭނެ ކަމަށެވެ.

މުސްތަފާ މިހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

އެގޮތުން ދާދިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހި ފުލުހުންގެ ތެރޭގައި ސީރިއާ އާއި އިރާޤުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައިސްފައިވާ އައިއެސްގެ ހަނގުރާމަވެރިން ތިބި ކަމަށް ވިދާޅުވެފައެވެ.

"އިރާޤާއި ސީރިއާގައި އައިއެސް ބަލިވާން ފެށުމުން ހަނގުރާމައަށް ދިޔަ މީހުން ވަނީ އެނބުރި އަންނަން ފަށާފައި. އެމީހުން ވަނީ ރާއްޖޭގެ އަސްކަރިއްޔާ، ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަންގެ ތެރެއަށް ވަދެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން ފުލުހުން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި މިފަދަ ވާހަކަތައް ދައްކަނީ އަމިއްލަ ބޭނުމެއްގައި އަދި ފުލުހުންގެ އިތުބާރު ގެއްލުވާލުމުގެ މަގުސަދުގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ދުވާފަރު މީހާ

    މުސްތަފާގެ ޓްވިޓަރ އެކައުންޓް ބަޔަކު ހެކް ކުރީތަ؟ ތި ގޮތަށް މުސާރަ ލިބޭތާ ކޮން ޒަމާނެއް މުޅި މުއައްސަސާއަށް 30000 ވީމަ މީހަކަށް 100 ރުފިޔާ ވެސް ނުލިބޭނެ އެއްނު. ތިކަހަލަ ބޭކާރު ވާހަކަ ދެއްކިޔަސް ފުލުހުން މިހާރު ނުގުޑާނެ.

  2. އަހުމަދު

    ތިވެސް ހަމަ އިންސާފު ތޯ ؟ ވެރިކަން ހޯދުމަށް ތިނޫން ވާހަކަ އެއް ދެއްްކެން ނެތީ ތޯ. ކޮބައިތޯ ގައުމުގައި މަސައްކަތް ކުރާ އެހެނެ މުއައްސަސާ ތައް. ކޮބައިތޯ ސިވިލް ސާރވިސް. 5000 ރުފިޔާ ގަނޑު މަޖިލިހުން ފާސްކޮށް ނުދެވިގެން އުޅޭ އިރު ވެރިކަން ހޯދުމަށް ކޮންމެ ފުލުހަކަށް 1 މިލިޔަން ތިމަންނަމެން ދޭނަމޭ ބުނީމަ ކާކުތޯ ގަބޫލުކުރަނީ. އަބަދު ވެސް ކޮންމެސް މީހަކަށް ދަރާ.

  3. ހަރުމުދާ

    ފުލުހުން ނޫޅެ ހޭބަލިވެގެނެއް މުސްތޯ....

  4. ޣާދިރު

    ތިޔަވަރު ތަންކޮޅެއް ކުޑަ. މުސްތަފާ މެންނައް މަޖިލީހުން ލިބޭވަރު އޯކޭ.

  5. ޕޮގުބާ

    ނުދޭނަން ވޯޓެއް ލަނޑާއަކަށް ޔާމީން ގައުމުގަ ހުރިހާބޮޑެތިބިޔަ މަސްރޫޢުތަށް ނިންމީމަ 30000 ހާސް ރުފިޔާ ދޭނަމޯ ގޮތްކުޑަ ކާޅު

  6. ކާފަ

    ރޭގަނޑު ތަޅާ މަރާފަ ދުވާލު 30 ހާސް ދޭނަންތަ

  7. ޙުސައިން މ. މުލި

    މުސްތަފާބަެ ކޮންތާކުނީ ދޭނީ އުފުރާފަތަ
    ދަރާ ބޯހިކިފާ މިހާރުވެސް އޮތީ

  8. ފުލުހުން

    -/100000 ރުފިޔާ ދޭން ބުންޏަސް ތިޔަ ކޯލިސަނޭ ތިޔަ ކިޔާ ބައިގަނޑަކަށް ދުވަހަކުވެސް ރުހުމެއް ނުދޭނަން. ތިޔަ ބައިގަނޑަކީ މިގައުމުގައި ހަމަނުޖެހުން އުފައްދައި އަމާންއޮމާންކަމާއި ސުލްޙަވެރިކަން ނެތިކޮށް އިސްލާމްދީން ނޫން އެހެން ދީންތައް ގެނައުމަށް މަސައްކަތްކުރާ ގައުމިއްޔަތު ނެތިކޮށްލާ ވެރިކަމާއިހެދި މަރުދަންޖެހޭ ބައެއް. ތިޔަމީހުންނަކީ ދެފަހަރު ދެގޮތަށް ވާހަކަ ދައްމާ މުނާފިޤު ގައުމީ އަދުއްވުންތަކެއް. މަކަރާއި ހީލަތާއި ފަސާދަކުރުމާއި އޮޅުވާލުމުގައި އަރާތިބި ބަޔެއް. ކޮރަޕްޝަނުގެ ތެރެއިން ޤާނޫނު އަސާސީއާއި ސީދާ ޚިލާފަށް ޤާނޫނު އަސާސީއިން ނުލިބޭ ބާރުތައް ހޯދައި ކަންކަންކޮށް އެކަންތައް ތަންފީޛުކުރަންބުނެ ތަންފީޛު ނުކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފުވީ ކަމަށްބުނެ އޮޅުވާލައި ގައުމު ހަލަބޮލިކޮށް ނިކަމެތި ރައްޔިތުން މަގުމައްޗަށްނެރެ މަގުމަތިކޮށް ބިކަކޮށް ބޮޑުން ބޭރުގައުމުތަކުގައި އަރާމުގައި އުޅެމުންދާ ބަޔެއް. މިވަރުބަޔަކަށް ބުއްދި ސަލާމަތުންތިބި އެއްވެސް މީހަކު ދުވަހަކުވެސް ރުހުމެއް ނުދޭނެ. މުސްޠަފާއަށް ސަލާމް.

  9. Kulunteriehh

    ކޮބާ ސިވިލް ސާވަންޓުންނަށް ދޭނީ ކިހާވަރެއްތަ މުސްތޮފާ....؟ އޭރުން ދޯ ނިކުންނާން އެނގޭނީ ވެރިކަން ފޮރޮޅާންވެސް ދޯ......

  10. މުސްކުޅިބޭ

    ޙަހަހާ ގަރުނުގެ ބޮޑު ޖޯކު މުސްތަފާބެ ހުރިހާމަގެއް ބެދުނީދޯ

  11. ކުޑަބެ

    ފުރަތަމަ ކަމަކީ އިދިކޮޅު ކޯލިޝަންގަ ތިތިބަ އެންމެން ވެސް ތިއުޅެނީ ލިބޭވަރު މަދުވެގެން ދެން ކަލޭމެން ކިހިނެއް އެހެން ބަޔަކައް އެއްޗެއް ދޭނީ އަދި އަމްދުން މައެންގެ މުސްތަފާ ތިކަހަލަ ވާހަކައެއް ބުނީމަ ގަބޫލުކުރާނެ މީހަކު މިއުޑު ދަށަކުނުހުންނާނެ.

  12. ޅިކޮ

    ހިހި

  13. ސެލް

    މުސް ތޮފާޔައްވުރެ ގިނައިން މަދޭނަން -/85000 މަހުމުސާރަ ކޮންމެ -/30900 އެލަވަންސް

  14. ޢަލީ

    މިކަލޭގެ ހަމަ އަސްލަށް ވެސް ބުއްދި ގޯސްވެފަ މިހިރީ....

  15. ސާގަރު

    މުސްތަފާ ފުލުހުންނަށް 30 ހާސް ދޭ ވާހަކަނުދައްކައި ކަލޭގެ ދަރަނިން ކަލޭ ސަލާމަތްވާނެ ގޮތުގެ ވާހަކަ ދައްކަބަލަ! ކިހާ ބޮޑު ވޭނެއްތަ؟

  16. މުހަންމާ.

    ފުލުހުން އުވާލާފައި އެމް.ޑީ.ޕީ. ގެގުންޑާ އިންގެ ފޯހެއް ހަދާގޮތަށް އޮތީ.

  17. ވިސްނާ މީހާ

    ވަރަށް ރަނގަޅު ވާހަކަ އެއް އޭރުން ސަރުކާރުގައި ތިބޭނީ ހުސް އެކްޓިވިސްޓުން މިހާރު ތިބި އެންމެން ކޮންމެވެސް ސްކީމެއްގެ ދަށުން ބޭރުަ ކޮއްލާނެ

  18. ހުސޭނުބެ

    އޭދޮންކަލޯ ކީއްކުރާ ކޯލިޝަން ސަރުކާރެއް!! މޮޅުވާހަކަ ނުދައްކާ!!! ނޫޅެން އެންމެ ބައިރުފިޔާއެއްވެސް ކަލޭމެން އަތުން ލިބޭކަށް!!! ތީ ގައުމަށް ޙަރާމްކޯރުވެފައިވާ ބައިގަނޑެއް!!! މިހާރު ލިބޭވަރުން ފުދޭ!!!

  19. އެންމެނެއް މުސްތަފާ ގޮތަކަށް ނުވިކޭނެ

    މިހާރު ވެސް ބޭނުންކުރަނީ ހަލާލު ގޮތުގަ ލިބޭ އެއްޗެއް، މުސްތަފާ ގޮތަށް މީހުންގެ ހައްޤުތަކަށް އަރައިގަނެ، މީހުންނަށް ބަދު ދުޢާ ކޮއްގެން ހޯދާ ފައިސާއަކުން ނޫން، ނުވިކޭނެ، ނުވެސް ވިއްކޭނެ، ބައިތުލްމާލަށް އެއްޗެއް ވަދެއްޖެކަން އެނގިގެން ދޯ ތިވަރަށް ތިތެޅެނީ، ޤައުމު ބަނޑުއަޅާލި ބަގަ ތީ

  20. ވަލުގެ އަހުމަދު

    ހެހެހެ....ބަޔަކައް މުސާރަ ބޮޑުކުރަން ވާހަކަ ދެއްކުމުގެ ކުރިން ތި ބަރަވެލި މުސްތަފާ ދައުލަތައް ދައްކަން ހެހޭ ފައިސާދައްކަބަލަ.އޭރުން މިހާރުގެ މި ދީލަތި އޯގާތެރި ރައީސް ފުލުހުން ކީއްކުރަން މުޅި ދައުލަތުގެ ހުރިހާ ވަޒީފާ އަދާ ކުރާ މީހުނައް 30000ރ އައް ވުރެން ބޮޑު މުސާރަ އެއްވެސް ދޭނެ.ތި މުސްތަފާ ކަހަލަ މީހުން އުޅޭތީ މިއުޅެނީ މުސާރަ ވެސް ބޮޑު ނުވެގެން.ދައްކަން ހުރި ލާރި ނުދައްކާ ތިބެ ކޮންހާ ކޮހެއް ގޮވާކައް.

  21. ައާދަނު

    ކޮބާސިފައިން ނެތްދީ؟

  22. ކިންގފިޝަރ

    ފައިސާ ހިށަހަޅައިގެންވެސް ސަރުކާރު ވައްޓާލަން. މިއީ ބޮޑުވަރެއް.

  23. މުޙައްމާ

    ތިވާނީ ރިސްވަތަކަށް ނޫންތަ ކޮބާ ޝެއިހު ކީކެ ބުނަނީ