ގެވެށި އަނިޔާ ތަހަންމަލު ކުރާ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެމީހުން ބައިތިއްބާނެ މަރުކަޒުތަކެއް ގާއިމު ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ޖެންޑަ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަން ޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެ ތަންތަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަ ކުރުމުގެ މަސައްކަތްތައް ކުރުމަށް އެ މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ.

''ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. މި ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާއެވެ.'' ޖެންޑާ މިނިސްޓްރީ އިން ނެރުނު ބޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މި މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭ ވަސީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއަ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ވަނީ ލިބިފައި ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޒާ

  ތި ހުރިހާ މަރުކަޒެއް ހަދާވާހަކަ ދައްކާއިރު ކީއްވެތޯ ބޯހިޔާވަހިކަމެއް ނުލިބި ކުލި ދައްކައިގެން ނުކައި ނުބޮއި ހާލުގައި ޖެހިފައިވާ މީހުންނަށް ތިބޭނެ މަރުކަޒެއް ނުދެއްކިގެން ތިއުޅެނީ؟

  6
  1
 2. އަލީމޫސާ

  މީނަވެސް އެބައުޅޭ ދޯ. އުޅޭފާޑު ދޯ.

 3. ޑރ. ރާމީ ހަސަން މަނިކު މ. ވައިނުޖެހޭގެއާގެ

  ޖެންޑަރ މިނސްޓަރ، ޢާއިޝަތު މުޙައްމަދު ދީދީ އަށް ސިދާތާ ހިންގިގޮތަށް ހިންގިދާނެ ކަމަކަށް އެއްވެސްމީހަކު ޤަބޫލެއްނުުކުރާނެ. ކުއްލި އަކަށް އެއްވެސް ޕާޓީ އަކަށް ނިސްބަތްނުވާ ފަރާތަކަށް ޖެންޑަރ މިނިސްޓަރު ކަން ދިން ސަބަބެއް ރައީސް އޮފީހުން އަދި މިހާތަނަށްވެސް ހާމަ ކޮށްދީފައެއް ނުވޭ. މިއީ ކޯލިޝަން ސަރުކާރެއް. ޢާއިޝަތު މުޙައްމަދު ދީދީ އަކީ މަޖީދިއްޔާ ގައި އިބޫ ގެ ކްލާސް ޓީޗަރު. މިހިރީ އިބޫ ގެ ބޭއިންސާފި ކަން ހުރި މިންވަރު. ކްލާސް ޓީޗަރަށް ދިނަސް އޯކޭ. ދޭން ވާނީ ހިންގޭ މީހުންނަށް. ދިވެހިރާއްޖޭ ގައި ކިޔަވައިގެން ތިބި، ކެރޭ، ހީވާގި، ޒުވާން އަންހެން ކަނބަލުން ތިއްބާ ކްލާސް ޓީޗަރު އަށް ދީގެން ނުވާނެ !!!

  • ޝާފީ

   އަސްލުވެސްތެދުފުޅެއްޑޮކްޓަރތިޔަވިދާޅުވީ. ތިޔަފަޅާއަރުވާލީކުލާސްޓީޗަރަށްމިނިސްޓަރުކަންދީގެންއިބޫނޭންގޭނެކަމަށްހުއްޓާ.

  • ޝައްްފަ

   އެހެންމީހުންބުރަމަސައްކަތްކުރީމަ ކްލާސްޓީޗަރު ނަގާގޮނޑިއަށްވެޑުވީ.ދެންއަތްޖަހާ.

  • ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

   ޙުދް، ޖެންޑަރ މިނިސްޓްރީ ގައިވެސް އިފްހާމް ކަހަލަ ހިންގޭ، ތަޢުލީމީ ކިތައް ކިތައް ބޭފުޅުންތޯ ތިބީ ؟

 4. ތަހާނީ

  އަނެއްކާ އަނެއް ބޮލުރޮދި!

  2
  1
  • މުބީނު މާރނީ

   ބުއްޑާ އެއް.

  • ސުރައްޔާ އީސާ

   ގެވެހިއަނިޔާދެލިބިގެންވަރަށްގިނަމީހުންދެން އަންނާނެތާ.ހަމަޖެހޭކަމެއްނޫން.

 5. އައިމަން

  މަރުކަޒު ނަހަދާ މީހުންގެ ހިތުގައި އީމާންކަން އިތުރުކޮށް އިސްލާމް ދީނުގައިވާ ގޮތަށް އުޅުމަށް ނަސީހަތްދީ ހަދަންވީ

  3
  1
 6. ތުރާކުނު

  ކަމަނާ ކޮބާހޭ ރޯޔަލް ރޭޕް

 7. ފާތުމަތު

  ޢައިޝަތުމުޙަންމަދުދީދީ އަކީކުރީގަވެސް ޖެންޑާމިނިސްޓަރކަން ކުރައްވާއަދިތަޢުލީމީދާއިރާގައިތަޢުލީމީބޭފުޅަކަށްނޫނީއަދާނުކުރެވޭވަރުުގެއިސްމަޤާމްތަކާއި އިންޓަރނޭޝަނަލްޖަމްޢިއްޔާ ތަކުގައި ވެސްޒިއްމާދާރުމަސައްކަތްތަކެއް ކުރައަްވާފައިވާ ހިންގުންތެރި ހިތްހެޔޮ ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ބޭފުޅެއް.