ކޮވިޑް-19 އާއި ގުޅިގެން ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހަރަދުކޮށްފައި ވަނީ ރަނގަޅަށް ކަަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އިއްޔެ ނެރުނު ޕްލޭނިންގ މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، ދައުލަތުގެ ބަޖެޓުން ކޮވިޑް-19 އާ ގުޅިގެން ޚަރަދުކުރުމަށް އެ މިނިސްޓްރީއަށް ކަނޑައެޅި ބަޖެޓަކީ 38،436،814 ރުފިޔާ ކަމަށެވެ. އަދި ޖޫން މަހުގެ ނިޔަލަށް އެ ފައިސާއިން ބޭނުންތަކަށް ހަރަދުކޮށްފައި ވަނީ، 26،847،116 ރުފިޔާކަމަށް އެ ރިޕޯޓްގައި ވެއެވެ.

އެހެންކަމުން ޚަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓުން ޚަރަދު ކުރެވުނު ފައިސާ ކަނޑައި ބާކީ 11،589،698 ރުފިޔާ އެބަހުރި ކަމަށް އެ ރިޕޯޓްގައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން ހަރަދު ކޮށްފައިވާކަމަށް އެ ރިޕޯޓުން ދައްކަނީ އަތޮޅު ހޮސްޕިޓަލް ގައި ޤާއިމްކުރެވުނު ފެސިލިޓީތަކަށެވެ. އެގޮތުން ޖޫން މަހާއި ހަމައަށް އެންމެ ބޮޑު ހަރަދެއްް ގޮސްފައި ވަނީ، ށ. އަތޮޅު ހޮސްޕިޓަލް ގައި ޤާއިމްކުރެވުނު ފެސިލިޓީއަށް ކަމަށް އެ ރިޕޯޓްގައި ވެއެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހަރަދެއް ގޮސްފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމްކުރެވުނު ފެސިލިޓީ އަށެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީއިން ޖޫން 30ގެ ނިޔަލަށް ކުރިޚަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ފިނޭންސް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ބާކީ ބަޔަށް ފޯނުބިލް ދައްކާލަ!

    • ފިލްވް

      ހެހެހެ... މުއިއްޒު ނަމަ ކޮވިޑް ފަންޑު ވެސް ކާލީސް

  2. މުހައްމަދު އަންޖުމް

    ހަމަހުސްދޮގު ހަމަހިލާ ނުވާނެ ތިހިނެއް ހުންނާނީ ދަމާ ވަކި އަޅާފަ އެކި ދިމަދިމާލުން މީގެކުރިންވެސް ތިކަލޭގެ ވަރަށް ފޮނިގޮތްގޮތަށް އަރިހުރަހަށް އަނގަފުޅާކޮށްފަ ދޮގުތައް ހަދަ ހަދައިގެން ވަނީ ބައިތުލްމާލުން އެތަށް ފައިސާއެއްގެ ކަޕަޅާ ކޮށްލާފަ ވީމާ އެއްވެސް އިތުބާރެއްނެތް ހަމަ ކުރާނީވައްކަން

  3. ނަައީމް

    ތީގެން ކިބާ ފައިދާހުރިކަމެއްކޮއްފަ އިމާރާތެއް