މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެސްޓެސީ ޕިލްސް (ލަވް ޕިލްސް) އާއެކު ދެ ދިވެހިން ސްރީލަންކާ އިން ހައްޔަރުކޮށްފިއެވެ.

ރޭ ލަންކާގެ ފުލުހުންގެ ހާއްސަ ޓާސްކު ފޯހަކުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރާއި 25 އަހަރުގެ ދެ ޒުވާނުންނެވެ.

މި އޮޕަރޭޝަނުގައި ލަންކާ ފުލުހުން ވަނީ 1925 ޕިލްސް ހޯދާފައެވެ. މި ތަކެތީގެ މަގު މަތީ އަގު 10 މިލިއަން ރުޕީސް އަށް އަރައެވެ. އެ މީހުން މިތަކެތި ލަންކާ އަށް އެތެރެކުރީ ނެދަލޭންޑްސް އިންނެވެ.

މިއީ ލަންކާ އިން މިހާތަނަށް "ލަވް ޕިލްސް" އެންމެ ގިނަ އަދަދަކަށް ފެނުނު ފަހަރެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ދެހިވަލައިންނެވެ. އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށެވެ.

ލަންކާގެ ފުލުހުން ވިދާޅުވީ އެމީހުން ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އިތުރަށް ބައެއް ގައުމުތަކަށް "ޕިލްސް" އެކްސްޕޯޓު ކުރާ ކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ.

އެމީހުން ދެހިވަލަ އިން ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން އެކަކު ދިރިއުޅެމުން އަންނަނީ ލަންކާގެ ކަޅުބޯވިލާގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދިވެހި ދެ ޒުވާނުން މިހާރު ވަނީ ލަންކާގެ ފުލުހުންގެ ނާކޮޓިކް ބިއުރޯއާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބެ

    ތި ދެމީހުންގެ ޝަރީޢަތް ހިންގިމަށްފަހު މަރާލަން ފެންނަނީ!! ނުވަތަ ޢުުމުރު ދުވަހަށް ޖަލައްލާ ޖަލުގައި ބާއްވާ!! ދެރަކަމެއް!!!

  2. މަރީ

    މީ ދިވެހިން ލަންކާއަށް ގޮސް އަބަދުވެސް ކުރާ ކަންތައް.. ކިޔަވާންނޭ ކިޔާފަ،

  3. އެއްމެން

    ދެން ތެޅި މަރުވެގެން ތިޔަމީހުން ސަލާމަތް ކުރެވޭތޯ ދިވެހީން އުޅެން މިޖެހެނީ. ކިހާދެރަކަމެއް. ސިންގަޕޯރ ގެ ހަދާހެން މިފަހަރު ހަދާލަންވީ. އެހެން ނޫނިއްޔާ މިކަމެއް ރަނގަޅުވާކަށް ނޮއޮންނާނެ.

  4. އައްޓަމަސް

    ކުރިޔަށް ކުރިޔަށް ބާރަށް ދިވެހިންކުރިޔަށް

  5. ޣާދިރު

    2009 އަހަރުވީ އެއްބަސްވުމެއް އޮންނާނެ. ސަރަގު އާދަމް މަނިކު ގެ ދަރި ލަންކާ ޖަލުގަ އޮއްވަ ރާއްޖެ ގެންނަންވީ އެއްބަސްވުން.. އެއްބަސްވުމުގެ ދަށުން ތިމީހުންވެސް ގެނެވޭނެ.

  6. ސިންޓެކްސް

    ތީމީހުންނާ ސަރުކާރުގެ ބޮޑުންނާ އޮތް ގުޅުމެއް ބަލާލީމަ އެނގޭނީ އާހިރުގައި ތިކަމާ ގުޅިފަ ތިބޭނި ސަރުކާރުގެ ބޮޑުންނާ

  7. ރޯދަ އުފާ

    ފާފަ ވެރިން ބަސްޓުވީޔޯ

  8. ވަސް

    ލަންކާގެ އެންމެ ހަރުކަށީ ޖަލުގަ އުމުރުދުވަހު ބައީތީއްބާ..

  9. ލަންކާ

    ތިމީހުން ދޫކޮށްލައިފިނަމަ ނުރައްކާވާނެ. މަރު ނޫނީ އުމުރަށް ޖަލަށްލާން ފެންނަނީ.

  10. ލޮލް

    ތިމީހުންގެ އުމުރައަތުލައިގަތް ޕިލްގެ އަދަދާ ގުޅުމެއް ވޭތަ؟

  11. ޑިމޮކްރަޓިސްޓް

    ކިހާބޮޑު މުސީބާތެއްތަމީ... މިކަހަލަ ކޮންމެ ނުބައިކަމެއްގެ ފަހަތުގަ ދިވެހިން... މިހާރު ލަންކާ ހަލާކުކުރެވޭތޯ... މީގެ ހުރިހާ ބަލާއެއް ޖެހޭނީ އެތާ ދިރިއުޅޭ އާންމު ދިވެހިންނަށް..

  12. ޢިބްރާހިމް

    ތީ ޖަޒީރާ ރައީސް ހުރެގެން ކުރުވާކަންތައް.

  13. އަލީ

    ބޯން އުޅުން ބޮނޑި ތިއޮތީ ބޮއެވިފަ