ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރު ފޮ އެމްބިޝަންގެ މަސައްކަތަށް، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ތައުރީފު ކުރައްވައިފިއެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުން ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ރައީސް ނަޝީދު އަށް ސީވީއެފްގެ އެމްބެސެޑަރގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ ބަންގްލަދޭޝަންގެ ސީވީއެފް ސްޕެޝަލް އެންވޯއި އަބްދުލް ކަލާމް އަޒާދު އާއި، ބަލްގްލަދޭޝް އެންވަޔަރަމެންޓް މިނިސްޓްރީއާއި ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި ސީވީއެފްގެ ޕްރެޒިޑެންސީ އިދާރާގެ އިސް ބޭފުޅުންނާއި ދަ ގްލޯބަލް ސެންޓަ އޮން އެޑެޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ތިމާވެއްޓާއި ގުޅުން ހުރި ކަންކަމާއި މެދު މަޝްވަރާ ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ސީވީއެފްގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއީ އަބްދުލް ކަލާމް އަޒާދު ވަނީ 2009 ވަނަ އަހަރު މި ފޯރަމް އުފައްދައި މަސައްކަތްތައް ކުރިއަށް ގެންދުވުމުގައި ރައީސް ނަޝީދު އަދާކުރައްވާފައިވާ ބުރަ ޒިންމާ ފާހަގަ ކުރައްވާ އެމަނިކުފާނަށް ތައުރީފްކުރައްވާފައެވެ.

ރައީސް ނަޝީދުގެ މައިގަނޑު އަމާޒަކީ މި އަހަރުގެ ނިޔަލަށް ޕެރިސް އެގްރިމެންޓްގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުން ކަމަށާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ގައުމުތައް އަހުލުވެރިކޮށް ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތައް ތަންފީޒުކުރުމަށް އެމަނިކުފާނު ވިސްނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ސީވީއެފްގެ މެންބަރު ގައުމުތަކުން ބޭނުން ކުރާ ހަކަތައަކީ 100 ޕަސެންޓް އިއާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް މަސައްކަތް ކުރުމަކީ ވެސް ރައީސް ނަޝީދުގެ އަމާޒެއް ކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނ

    ދޮގު ވެރިންނަށް ހިއްވަރުދީ ހެދުމީ އެކަމުގާ ބައިވެރިވުން
    މާބޮޑު ކަމއެއް ވީަކި ވެސް ނޫން...ނަ ޝީދާ ބައިވެރިވެގެން
    ޥެރިކަން ލިބޭތޯ ފޫގަޅަނީ

    17
    1
  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ބުރުމާވެސްމީ ގައުމަށް ޖެހިފަ އޮތް ވަބާއެއަ

    19
    2
  3. ބޯހަލާކު

    ލަނޑަޔާ ވާނީ ލަނޑަޔާ..ތީމިގައުހަލާކުކުރި 2 މީހުން..

    21
    1
  4. ފައްޔާޒު

    މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ގައުމުތައް އަހުލުވެރިކޮށް ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތައް ތަންފީޒުކުރުމަށް އެމަނިކުފާނު ވިސްނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. ނަސީދައްވާނެ ވަރު މިޔަކީ މަޖިލީހުގަ ބޭކާރު އަނގަތެޅުން.

    18
    1
  5. ާއަސޭލަރ

    ދެން ގާބެ ތާއިދު ކުރާނެ ދޯ. ޢަންހެނުންނަށް މިނިސްޓަރުކަންދީ. ޓެކްސްއާ ދަރަނިތއް ނުދައްކާ އުޅެވޭވިއްޔަ. ޜާއްޖޭގަ ހުރި ފަގީރު ރައްޔިތު މީހާ

  6. ގގގ

    ރައީސްކަން ދެން ބޭނުމެއް ނޫނޭ ބުނީމަ ގާސިމް އުފަލުން ފޮޅުނީ ތާ ދޯ.

    13
  7. މޫސަ

    ތި މާވެށި ހި މާޔަތް ކުރު މަށް ބޮއްޅަބޭ ކުރިކަ މެއް ގާސި މު ބުނެދީބަލަ. ކަކޫތާ ފެނުގަ ކެބިނެޓް ބައްދަލު ވު މެއް ބޭއްވު މަކީ ތި މާވެށި ހި މާޔަތް ކުރުން ކަ މަށްވާނަ މަ ކަލޭ ވެސް ތިޔަހުރީ ހަ މާގައިތޯ ބަލަންޖެހޭ.