އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ހުންނެވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) އެ ކޮމިޓީން ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ. އެ ގޮތަށް ނިންމީ ދެންމެއަކު ބޭއްވި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ވަނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމިޓީގެ މެންބަރު ކަމުން ޝުއައިބް އަލީ އެއް ފަރާތްކޮށްފައި ވަނީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ ޝުއައިބްގެ މައްސަލައެއް ކޮމިޓީން ބަލަން ނިންމުމުން ކަމަށެވެ.

އެއީ ކޮން މައްސަލައެއް ކަން އެމްޑީޕީން ހާމައެއް ނުކުރެއެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާޓޫން ކުރަހައިގެން ޓްވިޓާގައި ޝުއައިބް އަލީ އާންމުކުރި މައްސަލައެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މިއަދުގެ އެ ބައްދަލުވުމުގައި ތިއްބެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ރައީސް އޮފީހުގެ މިނިސްޓަރ ޑރ. މުސްތަފާ ލުތުފީއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބް ވަކިކުރަން ނިންމާފައި މިވަނީ، މަޖިލީހުގެ ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެ މަގާމުން ވަކިކޮށްދިނުމަށް ޝުއައިބް އެދިވަޑައިގެންފައިވަނިކޮށެވެ.

ނަޝީދަށް ފިޔަވަޅު އަޅައިދެން އެދިވަޑައިގެން ޝުއައިބް ސިޓީއެއް ފޮނުވީ ޗެއާޕާސަން ހަސަން ލަތީފަށެވެ. އެކަމަކު ނަޝީދަށް ފިޔަވަޅު އަޅަން ނެތް ކަމަށް ހަސަން ލަތީފް ވިދާޅުވެ ޝުއައިބަށް ޖަވާބު ދެއްވުމުން، ޗެއާޕާސަން ކަމުން ހަސަން ލަތީފް ވަކިކޮށްދޭން ޝުއައިބް ސިޓީއެއް ފޮނުއްވީ ރައީސް ސޯލިހަށެވެ.

ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދޭން ޝުއައިބް އެދިވަޑައިގަތީ ރައީސް ސޯލިހްގެ އެންމެ އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު މަގާމުން ވަކިކުރަން މަސައްކަތް ކުރައްވަމުންދާ މައްސަލާގައެވެ. ނަޝީދު އެ ގޮތަށް މަސައްކަތް ކުރައްވަނީ ސަރުކާރު ބަލިކަށި ކުރަން އަމިއްލަ ޒާތީ މަސްލަހަތެއްގައި ކަމަށް ޝުއައިބް ތުހުމަތު ކުރެއްވިއެވެ.

އެކަމަކު، ރައީސް ނަޝީދު ވަނީ އެ ތުހުމަތު ދޮގުކުރައްވައިފައެވެ. އެމްޑީޕީގެ "ހަބަރު ސިޓީ" ކޮލަމްގައި އެމަނިކުފާނު ލިޔުއްވި މަޒުމޫނުގައިވާ ގޮތުން ރާއްޖޭގައި ވެރިކަން ކުރައްވަން އެމަނިކުފާނު ދެން ބޭނުންފުޅެއް ނުވެއެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ އެމްޑީޕީން ހެޔޮ ވެރިކަމެއް ކުރުމަށާއި ރައީސަށް ދެވަނަ ދައުރެއް ކަށަވަރު ކުރަން ކަމަށް ލިޔުއްވާފައިވެއެވެ.

ވަޒީރު ކަމުން ފައްޔާޒު ދުރުކުރަން ނަޝީދު މަސައްކަތް ކުރައްވާއިރު، ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ރައީސް ސޯލިހް ވަނީ މީޑިއާ މެދުވެރިކޮށް ވިދާޅުވެފައެވެ. މީޑިއާ މެދުވެރިކޮށް ފައްޔާޒު ވެސް ދެއްވި މެސެޖަކީ މަގާމުން އަމިއްލަފުޅަށް ދުރުވެވަޑައިގަންނަވާނީ ރައީސް އެ ގޮތަށް އެންގެވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ސަމީ

  ޑިމޮކްރަސީގެ ބައްޕަ ޕާޓީ ޕާޓީގެ މީހަކު ޕާޓީގެ އިސްމީހަކު ގެ ވިޔާނުދާ ވާހަކައެއް ބުނާ އިރަށް ވަކި ކުރުން މީތޯ ބައްޕަ ޑިމޮކްރަސީގެ ޙާލަތަކީ ލަދު ކުޑަ

  132
  2
 2. ކައްޓޮޅި

  މުޅިއެމްޑީޕީ އަކީ އަބަދުވެސް ހަޖަމްގެ މައްސަލަ ޖެހިފަ ތިބޭމީހުންނަ ސިކުނޑީގެ މައްސަލަ ހުންނަ ނުކުޅެދޭ މީހުންގެ ޕާޓީއެއް. ދެންޝުއަބް އަށްވަރަށް ވެދުން .

  67
 3. ނައިމް

  މާ ބަރު އެއްޗެއް ކޮނޑަށް ލެވުނީތި!

  56
 4. ހާލަތު

  ނަޝީދާ ދެކޮޅަށް ފާޅު އެއްޗެއް ބުނާ ކޮންމެ މެމްބަރަކު ޕާޓީން ވަކުރާ ޑިމޮކްރަސީ އޮންން ޕާޓީއެއް. ނަޝީދު ހެޔޮ ޕާޓީގެ ސީނިއަރ މެމްބަރުންނަށް ކޮންމެ ފަދަ ތުހުމަތެއްކޮށް ކޮންމެ ވާހަކައެއް ދެއްކިޔަސް.

  62
  2
 5. ޒާ

  ތީ އަލްހާންނަށްވެސް ދިންލަނޑު. އެއީ އެމްޑީޕީން ޑިމޮކްރަސީ މާނަކުރާގޮތް. އަދިވެސް ލަދެއް ނުގަނޭނު އަނގަފަތުރަން.

  57
  1
 6. ޙަސަނު

  ޑިކްޓޭޓަރ ބުއްޅަބެއަށް ހަޖަމެއް ނުވާނެ ދެން އަތްޖަހާ ގުނބޯ ބައިގަނޑު އަތްޖަހާ

  57
 7. އަލިށާ

  ކާޓޫން ކުރެހުމުގެ ކުޅިގަނޑު ފެށި މީހުން، ފިޔަވަޅު އަޅާވާހަކަ ދެއްކީމަ އަންނަނީ ކިނބޫ ހިނިގަޑެއް

  57
 8. ާައަހުމަދު

  އަކްރަމް ވެސް ސަސްޕެންޑް ކުރޭ.

  46
 9. ހުވަދޫމީހާ

  ޑިޮކްރަސީ ކޯދުލާ ވިރި އޮހޮރެނީ

  55
 10. ކޮރަލް

  ފިޔަވަޅު އަޅާ ކޮމިޓީގަ ތިޔަ އޮތީ އަންނި ގެ ވަފާތެރީންނެވެ. ތިޔަ ނިންމުން މިނިވަނެއް ނުވާނެ އެވެ.

  51
  2
 11. އަހްމަދު

  މީހަމަ އިބްރާޔާ މުނައްވަރު އަދި ރީކޯއައްވެސް ދިމާވިމައްސަލަ ރޫހާނީލީޑަރާޖައްސާލައިގެން ޕާޓީއަކުނޫޅެވޭނެ ވަރައްސާފު

  49
 12. ގުލް

  ވެންމަސް ވެނައް ކާންދޭ

  25
 13. ޭައަހުރނ

  ޑިވެހިން ދެނ ތިބޭެ އޑޕ ބައިބާވާތަން ބަލަން.. ވައްކަމ7ގެ ވާހަކަ އޮބުނީ.. އެހެން ތިއްބާ އިންޑިއާ އަށް ގައުމު ވިއްކާ ނިންމާނެ.

  24
 14. ހުސޭނުބޭ

  ރަސްގެފާނާމެދު ފިޔަވަޅުއަޅަން ގޮވާލީމާ ވާނީ ތިހެން! އަދިވެސް ޑިކޮކްރަސީއޭ ކިޔާފައި ނެތްމިނަށް އަނގަފުޅާކުރާތި

  26
  1
 15. އަހުމަދު

  އެ މް ޑީ ޕީ އަކީ އަންނިގެ އަޅުވެތި ކަ މުގަ އުޅެންޖެހިފަވާ ޕާޓީ އެއް.
  އަންނި އިރު ދައްކާފަ އެއީ ހަނދޭ ބުނާއިރަށް އަޅުންތައް ބުނާނެ އާދެ މަ ސާހިބާ އެއީ ހަ މަ ހަނދޭ..... ވީމ މާ ލާދީނީ ޕާޓީގަ އުޅެން ބޭނުން ނަ މަ އަންނި އަށް އަބަދު ސަނާކިޔައިގެން ތިބުން އޮތީ ނޫނީ ޕާޓީން ވަކިކުރާނެ.

  26
 16. އުތުރުން

  މމމ މޑޕގެ ފިޔަވަޅު އަޅާކޮ މެޓީން ޝުއައިބު ވަކިކުރަން ނިންމ މި
  ނިން މުމ މަކީ ދަށު ދަރަޖައިގެ ހުތުރުވެގެންވާ ކަ މެކެވެ
  ރާއްޖޭގެ ސަރުކާރު ހިންގު މ މާ ހަވާވެގެން މ މިވަގުތު އޮތީ
  ނާގާބިލް ކަމަށް މަށްވިއަސް މޑޕ އެވެ އެހެންކަ މުން ހުތުރު އަދި މިބާވަތުގެ ދަށުދަރަޖައިގެ ކަންކަން ނުކުރަން ގޮވާލަ މެވެ.

 17. މުހުސިނު

  ނަޝީދުގެ ވެރިކަމުގަހިގިކަންތަށް އޮޅުން ނުފިލާ ކުޑަކުއްޖަކުވެސް ނުހުންނާނެ އޭނަ މިވެނިކަމެއް ނުކުރާނަމޭ ބުނެފިތަ އެމަމެއްކުރާނެ މިވެނިކަމެއްކުރާނަމޭ ބުނެފިތަ އެކަމެއް ނުކުރާނެ ދެންރައީސްކަމެއް ބޭނުމެއްނެތޭ ބުނެފިތަ އެކަންކުރަން އޭނަޔަށް ކުރެވެންހުރިކަމެއްކުރާނެ މީތޯތޯވާހަކައެށްނޫން މީއަތުގަހުރިރޮގުތަށް ފެންނަފަދައިން ޔަގީން ކަމެއް

 18. ނަައީމް

  ފަރަންޖީންގެބާރު ލިބިގަނެގެން އުޅޭމީހާ މިގައުމުގެ ބޮޑުވަޒީރުކަންކުރަން ފޫގަޅާއުޅުނަކަސް މިފަހަރިކު ތިކަމެއްނުވާނެ ރައްޔިތުންމިތިބީ ވަރަށް ހުސިޔާރަށް

  • ޙަސަނުގެދަރި

   ކީއްވެ ނުވާނީ ހަމަޓަސްލާފަ މަޖްލިސް އިން ފާސްކޮށްލަފާނެ ބަރުލަމާނީ އަށް ވެރިކަން ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ބޭނުމެއް ނޫނޭ ރާއްޖޭގަ ގިނައީ ހިދުކޮޅުގަ ތި ބެން ބޭނުންވާ ޒުވާނުން، އެމީހުން ބޭނުންވަނީ ޔޫރަޕްގެ ގައުމު ތަކުގަ އުޅޭހެން އުޅެން ،
   ނައިޓް ކްލަ ބްތަކާ ކެސިނޯ ތައް ހުޅުވަން ލަވަކިޔާ މަޖާ ކުރަން ބޮޑުވަޒީޜުކަން ބޭނުން ވެގެން އުޅޭ ކަލޭގެވެސް ބޭނުން ވަނީ އެ ގޮތަކަށް ގައުމު ބަދަލު ކޮށްލަން

 19. އަޅުންގެޕާޓީ

  މިދިވެހިރާއްޖޭގަ އުފެދުނު އެންމެ ބޮޑު ޑިކުޓޭޓަރ ހުރިޕާޓީތީ ދެންތި ޕާޓީގަ ތިބޭނީ އެކަލޭގެ ގެންގުޅޭ އަޅުން

  10
 20. ރަބަރޭ

  ޢަދިކިރިޔާނު ތިފެންނަން ފެށީ ދީންމުގުރާތީ ނިޒާމުގެ ހަރުދަޑިކަން ދާދާ އާއި އެސިސްޑެންޓް ދާދާއަށް ނިސްބަތް ކޮށް ކުޑަވަރެއްގެ ބަހެއްބުނެލުން ކަނޑާވައްޓާލީ
  އިންޑިއާ އައުޓް

 21. ޑިކްޓޭޓަރު ކެރެފާ ބާޢީ

  ލޮލް.. ހީހީ ހަލާކު. ތިހިރީ ޑިމޮކްރެޓިކް ވެފައޭ. މުޅި އޮޑީގައި "ހަސަނުގެ" ދެފައި.

 22. ށަސްމީން

  ރައީސް ނަޝީދާ.ކުަޅެގެން ވާނެ ނުވާނެ