ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ އެލަވަންސްގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް އެލަވެންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މިއަދު ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދެވޭ ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި އެމްއެންޑީއެފް އާއި ފުލުހުންގެ 6518 މީހަކަށް އެލަވެންސް ދީފައިވާ ކަމަށެވެ. އަދި މި މީހުންނަށް އިއްޔެ ދޫކުރި ފައިސާގެ އަދަދު 44.5 މިލިއަނަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިއާއެކު ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި 78 މިލިއަން މިހާތަނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެލަވެންސް އެންމެ ފަހުން ދިން ބަޔަކީ ފުލުހުންނާއި ސިފައިންނެވެ. އެ ދެމުވައްސަސާއަށް އެލަވެންސް ޖަމާ ކުރުމުގައި ލަސްތަކެއް ވެފައި ވަނީ އާ އުސޫލެއްގެ ދަށުން އެއެލަވަންސް ދިނުމަށް ނިންމާފައި ވާތީއެވެ.

މިހާރު ސަރުކާރުން ދޫކޮށްފައި ވަނީ ރާއްޖެއިން ކޮވިޑް-19 ފެނުނު ދުވަސްކަމުގައިވާ މާރިޗް ހަތް ވަނަ ދުވަހުން ފެށިގެން ޖުލައި 15 ވަނަ ދުވަހާއި ހަމައަަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ދޫކުރަން ޖެހޭ އެލަވެންސް އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ައޮފްބެ

    އަލްހަމްދުލިﷲ

    5
    2
  2. ޢިމިގުރޭޓު

    ކަލޯ އިމިގުރޭޝަން ކަސްޓާމްސް މީހުން ތި ކޮވިޑް ރާއްޖެއައިހާ މީހުން ނަށް ޚިދުމަތްދޭން ނެރެފަ އެމީހުންގެ ތެރެއަށް ނެރެފައި އެތައްބަޔަކު ކޮވިޑް ޖެހުނު.އެލަވަންސްނުދިން.ކޮބާތޯ އިންސާފު

    10
  3. ޢަހުރން

    4 ހާހެއްހާ މީހުންނަށް ތިޔަ އަދަދު ބަހަލެެމާ އެއީ ހާދަހާ މަދު އަދަދެކޭ ކޮންެ މަހަކަށް ބެލީމަ.. ބޮޑުން ތިބެނީ ރުފިޔާ ކާން.. ހަކުރުން ވެސް

    9
    1
  4. މިއަދު

    ކުރީސަފް އޮޅިއްޖެ އަތޮޅުތެރެއިން އެކަކުވެސް ކުރީސަފަށް ނުއެރުނީ އެމީހުން ގެރިމަސް ކާލެއްމަދުވީމަބާ

  5. އަހްމަދު

    ފުލުހުންގެ ތެރެއިން 4މަސް ވަންދެން ގޭގައި ތިބިމީހުނަނަށް =/36000 ރުފިޔާ ފުރަންޓް ލައިނުގައި ސަލާމެއްނުބުނެ ހުރިހާ ދުވަހަކު މަސައްކަތް ކުރި ފުލުހުންނަށް =/14000ރުފިޔާ އަާއި=/4000ރުފިޔާ ދެމެދުގެ އަދަދެއް މީގެ އިންސާފަކީކޮބާ؟ފުލުހުންގެ މެޑިކަލްގަ އުޅޭ ބަގުލަދޭޝް މީހުންނަށް މީހަކަށް=/36000 ރުފިޔާ

    8
    1
  6. އަހްމަދު

    މަށައްވެސް ދީބަލަ މަވެސް ނުކުތީމޭ ޑެލިވަރީ ކުރަން ފްރަންޓްލައިންގަ

  7. ހުސެން

    މަށައްވެސް ދީބަލަ މަވެސް ނުކުތީމޭ ޑެލިވަރީ ކުރަން ފްރަންޓްލައިންގަ

  8. ޣާލިބ

    މުނާފިގުންނަށް ހާއްސަ ސިފައެއްވޭ، އެއީ ވައުދެއްވެއްޖެނަމަ އެ ވައުދަކާއި އެއްގޮތަށް އެކަމެއް ނުކުރުން ( ވައުދާހިލާފްވުން(

  9. އެގޭމީހާ

    ތި އެލަވަންސްދޭހާ ދުވަހަކު މިގައުމުން ކޮވިޑެއްނުދާނެ.އާނ ގައުމާއި ނުބައްދަލު އެލަވަންސް ވިއްޔާ އެދެނީ .ހާލަތައްބަލާއިރު ހާދަ ބޮޑު އެލަވަންސެއްދޯ މީ..މިވަރުގެ އެލަވަންސްއެއް ހަމަޖެހުމުން ވައްކަން ކުރަންވެސްވެސް މަގުފަހިވޭ.މިވެނިވަރަކަށް ފައިސާ ދޫކޮށްފީމޭ ބުނީމަވީތާ..އެވަރަށް ނުދިނަސް.މިވެރިކަމަކީ ވައްކަމާއި އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ ލާމަސީލު ސަރުކާރެއް..

  10. ސިންބރީ

    ލޮކްޑައުން، ސުޓޭހޯމް،ވޮސްހޭންޑް މުޅި ދުނީޔޭން ގޮވިއިރު ޤައުމް ހުއްޓުވައި މީހުން ބޭރަށް ނިކުތުން މަނާކޮއްފަ އޮތްއިރު. ޢެންމެ ރެޔެއް ގަވައިދުން 2 ރޭން 1 ރޭ މަލޭ މަގުތަކަށް ނިކުމެ ކުނިކަހާ ސާފުކުރިީ ހީވާގި ކަބަލުން މަސައްކަތް ނިންމާފަ ދަނީީލޯބިވާ ކުދިދަިންކާރިޔަށް. މީއަޅެ ރިސްކެއްނޫންތޯ! ކޮބާތޯ އެކަބަލުންގެ ރައްކާތެރިކަން އާއިލާތަކުގެ ސަލާމަތާ ރައްކާތެރިކަން. ޢެލަވަސް ހައްގުނުވަނީ؟

  11. ސިންބރ

    ލޮކްޑައުން، ސުޓޭހޯމް،ވޮސްހޭންޑް މުޅި ދުނީޔޭން ގޮވިއިރު ޤައުމް ހުއްޓުވައި މީހުން ބޭރަށް ނިކުތުން މަނާކޮއްފަ އޮތްއިރު. ޢެންމެ ރެޔެއް ގަވައިދުން 2 ރޭން 1 ރޭ މަލޭ މަގުތަކަށް ނިކުމެ ކުނިކަހާ ސާފުކުރިީ ހީވާގި ކަބަލުން މަސައްކަތް ނިންމާފަ ދަނީީލޯބިވާ ކުދިދަިންކާރިޔަށް. މީއަޅެ ރިސްކެއްނޫންތޯ! ކޮބާތޯ އެކަބަލުންގެ ރައްކާތެރިކަން އާއިލާތަކުގެ ސަލާމަތާ ރައްކާތެރިކަން. ޢެލަވަސް ހައްގުނުވަނީބާ؟

  12. ޕލސ މހ

    ބަލަ ތިޔަކަހަލަ ވާހަކަ ދައްކައިގެން ފުލުހުން ބަދުނާމު ކުރާއިރު ތިޔަ އެލަވަންސް އަހަރެމެން ނުދެކެން އެއްވެސް ކަމެއްގައި ހަރަކާތްތެރި ނުވާ މީހުންނަށް އެލަވަންސް ލިބުނު އިރު އަހަރުމެން މަގުމަތީގައި ގަދަ އައްވާއި ވާރޭގައި ތެޅުނު މީހުންނަކަށް ލޯލާރިއެއްވެސް ނުލިބޭ ހަބަރުގައި ލިޔަން ރަނގަޅު ފުލުހުންގެ ތެރެއިން ދޭން ފެނުނު ބަޔަކަށް އެލަވަންސް ދީފި މިހެން ރަނގަޅުވާނެ އެލަވްންސް ލިބުނު ބައެއް ފުލުހުންނަށް 140 ރުފިޔާވެސް ޖަމާކޮށްދިން އެއީ ކޮންއިރަކު ދޭން ނިންމި އަދަދެއްތޯ؟

    6
    1
    • އަލި ރަސްގެފާނު

      4 މަހަށްޖެހޭ 140 އެއީ