އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އާއި ގުޅޭ މައްސަލަ ބަލަން ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) ކުރަހަން އިން ސްކެޗްގެ ފޮޓޯއެއް މީސް މީޑިއާގައި އާއްމުކޮށްފިއެވެ.

އެ ފޮޓޯ އާއްމުކޮށްފައި ވަނީ އެ ބައްދަލުވުމުގައި އޭނާ ކުރަހަން އިން ފޮޓޯއާ ގުޅޭގޮތުން "ވަގުތު"ގައި ގެނެެސްދިން ހަބަރު ހިއްސާ ކުރަމުންނެވެ.

އިންތި އެ ބައްދަލުވުމުގައި އަންހެން ކުއްޖެއްގެ ސްކެޗެއް ކުރަހަން އިން މަންޒަރު ފެންނަ ފޮޓޯ މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯއަކީ އެމްޑީޕީން އެ ބައްދަލުވުމާއި ގުޅޭ ފޮޓޯތައް އާއްމު ކުރިއިރު، އާއްމުކޮށްފައިވާ ފޮޓޯއެކެވެ.

ފޮޓޯތަ ފެންނަނީ މެންބަރު އިންތި އަންހެނެއްގެ ސްކެޗެއް ކުރަހަން އިން މަންޒަރެވެ. އެކަމާއި ގުޅިގެން އިންތި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

އެކަމާއި ގުޅޭ ވަކި އެއްޗެއް ވިދާޅުނުވެ، އެތައް އިރެއް ފަހުން މިއަދު މެންދުރުގެ ވަގުތެއްގައި އޭނާ ވަނީ އޭނާ ކުރެވި ފޮޓޯ އާއްމުކޮށްފައެެވެ،

އެ ފޮޓޯ އާއްމު ކުރުމާއެކު އެއްބަޔަކު ވަނީ އެ ކުރެހުމަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފަވާ

    މަޖިލީހުގެ ތަޅުމުގައި ބޮޑުމުސާރަ ނަގާގެން ތިބެ ކުރަން ޖެހޭ ކަމަކީ ސުކެޗް ކުރުމެއްނޫން.. އެކަން ކުރޭ ކަލޭ އަގުބޮޑުކޮއް ގަނެފަ ހުންނަގޭގޭގަ ރައްޔިތުންގެ ފައިސާއިން މުސާރަނަގައިގެން.

    86
    9
    • ފާއިޒު

      ރަނގަޅަށް ޚަބަރު ކިޔާލާފަ ކޮމެންޓް ކޮށްލިނަމަ...

      24
      18
      • ޯކިޔުނތެރިޔާ

        ޙަބަރުގެ ކޮންތަނެއްތަ ކިޔަންވީ ؟ އޭގަ އޮތީ ހަމަ ރައްޔިތުންގެ ލާރީގަ މުހިންމު ޒިންމާއެއް އަދާކުރަންޖެހޭވަގުތުގަ ސަކަރާތްޖަހާ ވާހަކަ.

  2. ޝައިޚް

    ދިރޭތަކެތި އަދި ޚާއްސަކޮއް އިންސާނުންގެ ތަސްވީރު ކުރެހުމަކީ ބޮޑުހަރާމްކަމެއް އެއީ އެޑިއުކޭޝަނަލް ސަބަބަކައްނުވާނަމަ. އިމްތިޔާޒު ކުރަހާފަ ހުރި ތަސްވީރުއަދި މާބޮޑައް ހަރާމް އޭގައި އައުރަނިވާނުކުރާ އަންހެނަކު ކުރަހާފަ ހުރީމަ.

    69
    7
    • މޮޔައެނޮނިމަސް

      ހައްހައްހާ؟؟؟.އެޑިއުކޭސަނަލް ކަމކަށް ކުރެހީ

  3. ޢާކް

    ގަމާރުން ވީމަ ކޮންމެ ކަމަކަށއވެސް ޖަހާނީ އަތް. ލަދު ނުގަންނަކަން. ރައްޔިތުންގެ ލާރި ނަގަނީ އެފެންވަރުގެމީހުން. ޜައްޔިތުން އަތްޖަހަނީ. ދެން އިންޑޔާ ދަށަށް ދިޔައީމަ ކޮ ބަ މައްސަލަޔަކީ

    63
    2
  4. ސަމީ

    ސްކެޗް ކުރަންދޯ ތަންތަނަށް ގޮސް ތިބެނީ މީ ދޯ މިމީހުން ކުރާ ކަމަކީ. ތަނެއް ތަނެއް ނޯވޭ މިމީސްމީހުން މިކަހަލަ ކަންތައް ކުރާކަން، ނޫނީ ތިޔައީ ކުރެހުމުގެ މުބާރާތެއް ހިނގަުން ދިޔަތަނެއްތަ ކުރާނެއ ކަމެއް ނެތިގެން އެކަންދޯ މިހާރު ކުރަނީ

    49
    1
  5. އައާނިނީޔާ

    ސިވިލް ސާވިސް މުވައްޒަފަކު ރަސްމީގަޑީގައި ތިފަދަކަމެއްކޮށް ފަޅާއަރައިފިއްޔާ....

    36
    1
  6. އިންތި

    ސުކެޗް ކުރެހީ ސަރުކާރު ތަނެއްގައެއް ނޫން އިގޭތޯ، އެކަންކުރީ މަމެންގެ ޕާޓީގެ އޮފީހުގައި.

    20
    20
    • ސަންތި

      ބަލަ މައްސަލަ އަކީ ތިޔައީއޭ ތިމީހުންގެ ހާލަކީ. ބޮޑު މައްސަލަތަކުގަވެސް މަޝްވަރާގެ މަޖްލިސްގަ އެއިނީ މިހާރުވެސް ވަކި ގޮތެއް ނިންމައިގެން އަޑުނާހާ. މާދަން މަޖްލިސް ގަ ބޭނުން އެެއްޗެއް ހަދާނީ. މަޝްވަރާ އެއީ ނަމެއް.

  7. ސަންތިމަރިޔަބު

    “ މީސްތަކުންގެ ތެރެއިން ގިޔާމަތްދުވަހު އެންމެގަދަފަދަ ޢަޛާބު ދެއްވާނެބަޔަކީ ޞޫރަކުރަހާ ނުވަތަ ޞޫރަ ހަދާމީހުންނެވެ”

    45
  8. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މި މީހުން ސްޓިކާ ޖަހާ ރައްޔިތުން ފެލައިގެން ފައިދާހުރި ކަމެއް ނުކުރާނެ

    26
    1
  9. ސައިނާ

    އިންތި ކުރަހާނީ ބޯދިގު ފިރިހެނެއްގެ ފޮޓޯ ނޫނީ އަންނިއާއި އިންތިގެ ވެސް ލޯ ބިވާ ހިސާންގެ ފޮޓޯއެެއް ކަމަށް ހީކުރީ. އެ ބިޓު މި ބިޓު އެވިލާތު ބިޓު މިވިލާތު ބިޓު

    29
    2
  10. ގލ

    ފަތްކޮޅު ލިބިގެން މަޖިލީހަށް ވަދެތިބެގެން ފީކޯކުޅުމުން
    އެނގެނީ ޒިއްމާ އަދާކުރުމުގައި ފޭލްވެފަރިވާ ކަމެވެ އެކަމަކު
    ސަނާކިޔަން ނިކަންރަނގަޅުވާނެއެވެ މޑޕ ހަލާކުވެނިމިއްޖެވެ

    20
    3
  11. ޢިޔާބު

    ކުރަހަނވެސް އެގެނީ އޮރިޔާން ނިވާ ނުވާ އަންހެނުންގެ ފޮޓޯ

    19
    3
  12. ރަސީދު

    މީނައާއި ބޮޑަށް ވައްތަރީ މިހާރުގެ ރައީސުގެ އަންހެނުންނާއި، ހާދަ ވައްތަރޭ،

    11
    1
  13. ޒިހާން

    އިންތި ކުރަހާފަ އެއީ ރިހާނާ ގެ ސްކެޗެއް ކަންނޭންގެ

  14. Anonymous

    ކައިޒީން ތަ