ހުޅުމާލެ ފްލެޓެއްގެ ދޮރު މަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ދެ ފުލުހަކު ސްޓިކާ ޖަހާ މަންޒަރު އާންމުވި ވީޑިއޯއާ ގުޅިގެން ފުލުހުން ޖަވާބުދާރީވެއްޖެ އެވެ.

އެ ވީޑިއޯ އާއްމު ކުރި ފަރާތުން ބުނެފައިވަނީ، ނީ އޭނަގެ ގޭގެ ދޮރުމަތީގައި ސައިކަލު ބަހައްޓާފައި ހުއްޓާ ސައިކަލުހައި ސްޓިކާ ޖަހަންވީ ސަބަބެއް އޭނާއަށް ނޭނގުނު ކަމަށެވެ. އަދި ފައިސާ ހޯދަން ވިޔަސް މީ ބޮޑުވަރު ކަމަށް އޭނާ ބުންޏެވެ.

މިކަމާއު ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ހުޅުމާލޭގައި ހިނގާ ބިނގާވާ މީހުންނަށް ޚާއްސަ ކުރެވިފައިވާ އަދި އެއްގަމު އުޅަނދު ޕާކް ކުރުން މަނާ ސަރަހައްދެއްގައި ޕާކް ކޮށްފައި ހުރި އުޅަނދެއްގައި ޕާރކިން ސްޓިކަރ ޖަހާފައި ވާނެކަމަށެވެ.

"އެ ސަރަހައްދަކީ މީގެ ތިން މަސް ކުރިން އެއްގަމު އުޅަނދު ވަނުން މަނާ ސަރަހެއްދެއްކަން އެނގޭ ގޮތަށް ބޯޑު ޖަހާފައިވާ ސަރަހައްދެއް". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، އެތަންތަނުގައި ޕާކް ކުރުން މަނާކަން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގާފައިވާނެ ކަމަށެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވިޑީއޯއާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ފުލުހުންްނަށް ދަނީ އަމާޒުވަމުންނެވެ. ވީޑިއޯ އިން ފެންނަނީ ދެ ފުލުހަކު ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ސްޓިކާ ޖެހުމަށްފަހު، އޭގެ ފޮޓޯއެއް ނަގައިގެން އެތަނުން ނުކުންނަ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ސްޓިކާ ޖަހަނީ މި ސަރުކާރުން ކާނެ ލާރި މަދުވެގެން

    67
    33
    • ރަންނަ

      "އެ ސަރަހައްދަކީ މީގެ ތިން މަސް ކުރިން އެއްގަމު އުޅަނދު ވަނުން މަނާ ސަރަހެއްދެއްކަން އެނގޭ ގޮތަށް ބޯޑު ޖަހާފައިވާ ސަރަހައްދެއް". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ

      28
      11
  2. ކެހެރި ނުފަޅާ ޖަނަވާރު

    އެބަ ޖެހޭ ކޮންމެސް ގޮތަކުން ސަރުކާރު ހިންގާނެ ލާރި ހޯދަން

    45
    13
  3. ގެރި

    އެމްޑީޕީ ސަރުކާރެއްގަ އޮންނާނީ ބަލާވެރިކަން

    48
    12
  4. އެޖެންޑާ ބަކަރިހަންގަނޑު

    ސްޓިކާ ސަރުކާރު އިސްތިއުފާ

    44
    11
  5. ކިނބޫ

    ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ. ތަލަމެދުގަވިޔަސް ޕާކުކޮށްލީމަ އޯކޭވާނެ

    33
    14
    • ހައްލު

      ޕާކު ކުރާނެ ނޫނީ ވައްދާނެ ތަނެއް ނެތިއްޔާ ވެހިކަލް ނުހޯދަނީ. ތަނަކަށް އަވަހަށް ވަދެފަ ނިކުންނަން ބޭނުމިއްޔާ ސައިކަލުގެ އިނދެލާނެ މިހަކު ހޯދާނީ

      15
      21
      • މަގޭ

        ވެރިކަން ހިންގަން ނޭނގެންޔާ ވެރިކަމަށް ވެސް ނާރާނީ. ހިނގަން އެނގޭ މީހަކާ ވެރިކަން ހަވާލު ކުރާނީ. ރައްޔިތު މީހާ ފެލާނީ އެއް ނޫން.

        5
        1
  6. ބަރަބޯ

    އަނިޔާވެރި ގެރި ސަރުކާރުން ރައްޔިތުން ފެލަނީ

    36
    10
  7. ޕެޑްމޭން

    ސްޓިކާ ޖަހާފަ މިސަރުކާރަށް ކުރެވުނު ކަމެއް ނެތް. ހުސް ވަގުން

    35
    7
  8. ދިދަ ދަނޑި

    ޤަވާއިދާ ހިލާފްވެއްޖެނަމަ ސްޓިކާ ޖެހޭނެ.. ބައެއް މީހުނަށް ހީވާކަހަލަ ގެ ހިމެނޭ މަގު ވެސް އެއީ ގޯތީގެ އެެއްބައޭ.. ތަންކޮޅެއް ހިތް ވެސް މޮޅީ މިހާރު ގިނަ މީހުންގެ..

    29
    20
  9. އައްސުލްތާން ކީރިތި މަހާރަދުން

    ޕާކު ކުރާނެ ތަން ދައްކާފަ ނޫނީ ނުޖަހާނެ ސްޓިކާއެއް. ދެން ފެންނާނީ ލޮލުގަ ފެންފޮދެއް ހާކައިގެން ކީރިތި ކުރައްވާތަން

    33
    6
  10. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު ގެ އައްޕަ

    ޕާކު ކޮށްފަ ހުރި ހުރިހާ އެއްޗެއްގަ ސްޓިކާ ޖަހާލަބަލަ. ގަވައިދު ބަލާ އެއްޗެއް ނޫން. އޭރުން އަދި މާގިނަ ލާރި ލިބޭނެ

    27
    5
  11. ދޯދި

    ސްޓިކާ ޖެހި ސައިކަލު ހިތަށް އެރިހައި ތާކު ޕާކުކުރީމާ ފާޑެއް ނުކިޔާ. ދޯ؟ އެތައްބަޔަކު ވަދެނިކުމެ އުޅޭތަނެއްގެ ދޮރުމަތީގައި ޕާކު ކުރުން މައްސަލައެއް ހަމަ ނެތީހެއްޔެވެ؟

    22
    11
    • ސޯލަހް

      އަބަދުވެސް ސްޓިކާ ގޯސް ވާނީ. ސައިކަލުގެ ވެރިފަރާތުން ސައިކަލް ގޭގެ އެދުމަތީގަ ބެހެއްޓިނަމަ. މާތާހިރުވީސް

      14
      15
  12. ކިނބޫ

    އެ ސައިކަލަކީ އެމްޑީޕީ އަށް ވޯޓުދިން މީހެއްގެ ސައިކަލެއްނަމަ އެއްޗެއް ވިސްނިފަ ހުންނާނީ. ވައުދު ނުފުއްދާ ދޮގުހަދާ އަނިޔާވެރި ސަރުކާރު

    31
    8
  13. އަހުމަދު

    އަމިއްލަ ގެއެއް ނޫން ދެއްތޯ، ތިތާއުޅޭ އެހެން މީހުންގެ ޙައްޤުތައް ކޮ ބާ؟ ތިއެކޭ އެއްވެސް ހުއްދައެއް ނުނަގާ މަގުމަތީގަ ދަނޑުވެރިކަން ކުރާ މީހުންނޭ އެއްފަދަ.

    21
    14
  14. ސޭކްސްތާން

    ނުގަވައިދުން ހުރެއްޖެއްޔާ ސްޓިކާ ޖަހަންވީ. އެކަމަކު މީގައި މައްސަލައަކީ ގޭކައިރީގައި ހުއްޓާ ސްޓިކާ ޖެހުން. މީހަކު
    ސައިކަލް ދޮވެލާ ސާފުކޮށްލަންވެސް ގޭދޮރު މައްޗަށް ގެނެސްފާނެ. ދިފާއުގައި ފުލުހުން ވާހަކަ ދެއްކުމުގެ މާނައެއް ނެތް. މަނާކޮށްފައި އޮތީ އެއްގަމު އުޅަނދު އެސަރަހައްދަށް ވެއްދުންތޯ ދުއްވުންތޯ މިހިރީ ސުވާލު އުފެދޭ ކަންކަން. ލާރި ހޯދަން ރައްޔިތުން ފެލުން ހުއްޓާލަން ޖެހޭ. މިދަނޑިވަޅުގައި ރައްޔިތުން ތިބީ ވަރަށް ހާލުގައި. އޯގާތެރިވޭ ރައްޔިތުންނަށް ޖެއްްސުން ކުރުން
    ހުއްްޓާލަން ޖެހޭ.

    18
    3
  15. ފަރީދާ

    ރީތި ލަނޑެއް އަޅައިފިއެންނު އަދިވެސް މަވަރުގެ މޮޅުމީހަކު ނެތިގެން ކަމެއްވާއިރަށް ސޯޝަލް މީޑިއާގަ
    މޮޅެތި ޕޯސްޓް ލާތި! ނުބައިތާކު ޕާކް ކުރީމަ ސްޓިކާ ޖެހީ!

    8
    13
  16. އަހުމަދު ނީޒް

    ތިކަމާ ފުލުހުންނަށް ފާޑް ކިޔާނީ ހަމަ ޤަ ބޫލު ނުކުރާ އެހެން މީހުންގެ ހައްޤުތަކަށް އިހްތިރާމް ނުކުރާ މީހުން. މީހުން ގެއަށް ނުވަދެވޭ ގޮތައް އަދި ކަންކަން މަތީގަ ޕާކް ކުރާ މީހުންވެސް ބުނާނީ ތިހެން. އެކަމް ގޮތެއް ފޮތެއް ނެތި ހައްޤަކީ ހަމަ އެކަނި ތިމާ އަށް އޮތް އެއްޗެއް ކަމުގަ ދެކޭ މީހުން ގިނަ ވެއްޖެ ނަމަ ދެންވާނީ ކިހިނެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާ.

    5
    11
  17. ނަގޫބެ

    250 ޑޮލަރަކުން ނުވާނޭ ބީއެމްއެލޫ

    8
    1
  18. ނަައީމް

    ކިހާވަރަކަށް އާދޭސްކޮށްފާބުނިން އެމީހުނަށް ވެރިކަން ހަވާލްނުކުރާށޭ ރައްޔިތުންނަކަށް މޮލެއްފައިދާއެއްނެތޭ ކުރިންވީގޮތް ހަދާންކޮށްބަލާށޭ ހެޔޮނުވާނޭ ނުދޭށޭ . އެކަމަކުވެސް އެމީހުން ދެއްކިދަޅަޔަށް ހެއްލުމުން މިއަދުމިތިބީ ގެންލުންވެފަ އެހެންވެ ބުނަނީ ކޮންމެހެއްލުމަކީ ގެއްލުމެކޭ ....

    14
    1
  19. ނަައީމް

    ތިހާބޮދެތި އަދަދުތައް ޖަހާފާ މީހުންގެ ސައިކަލްމަތީގާ ބާއްވާއިރު ރަހުމެއް އިންސާނިއްޔަތުކަމެއް ކުލުނެއްވެސް ނެތީތޯ ކިހާދެރަ މިހާލުގަވެސް ރައްޔިތުން ފެލުން ސައިކަލުތައްވެސް ފެލުން

    8
    2
  20. ޤަވާއިދާއެއްގޮތް

    މަގުމަތީގައި ސައިކަލާއި ކާރު ދޮވުމުގެ މަސައްކަތްކުރާ ބަންގާޅީންކީ ހުއްދައެއް އޮވެގެން އެކަން ކުރާ ބައެއްބާ! މަޖީދީމަގުގައި މަސައްކަތެއް ހޯދަން އެތިބޭ ބަންގާޅީންނަކީ ކޮންބައެއްގެ ބެލެނިވެރިކަމެއްގައި ތިބޭ ބައެއްބާ! މިކަންކަމަކީ ކޮން ޤަނޫނަކުން ހުއްދަ ކަންކަމެއް ތޯ؟ ދިވެހިންގެ ޤައުމު، ބަންގާޅީން ހިތުހުރި ގޮތަކަށް.

  21. އެހެންތޯ

    "އެ ސަރަހައްދަކީ މީގެ ތިން މަސް ކުރިން އެއްގަމު އުޅަނދު ވަނުން މަނާ ސަރަހެއްދެއްކަން އެނގޭ ގޮތަށް ބޯޑު ޖަހާފައިވާ ސަރަހައްދެއް". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މާނައަކީ ތިން މަސް ކުރިން އެއްގަމު އުޅަނދު ވަނުން މަނާ ސަރަހައްދެއް ކަމަށް ވިޔަސް ތިން މަސް ހަމަވުމަށް ފަހު އެ ސަރަހައްދަށް އެއްގަމު އުޅަނދު ވަނުން މަނައެއް ނުވާނެއޭތޯ؟

    1
    2
  22. ރަދީފް ހުސެން

    ކައިކައި ވަގުން ލާރި ހުސްކޮއްފި. ބަޖެޓު ފޮތުގަ ޖޫރިމަނާކޮއްގެން ދައުލަތައް މިހަރު ލިބޭނެ ކަމައް އަނދާޒާކުރި ވަރު 8 ގުނަ އިތުރައް ލިބުންއިރުވެސް ޖާޑީގަ އެއްޗެއްނެތް. ދެން ހޯދެން އޮތްގޮތަކައް ފެލާނެ. ގޭތެރޭގަ ބެހެއްޓިޔަސް ޖަހާނަ އަދި ބުނާނެ ގެއެއީ ޕާކިންޒޯނެއްނޫނޭ. ފެލާފެލާ ނ.މިލަދޫ މީހުން ހެދިހެން އޮބިއަޅައިގެން ފެލާނަގާ

  23. ކިޔުންތެރިއެއް

    ހުޅުމާލޭގެ ފުރަތަމަ ފުލެޓްތައްވިއްކިއިރު އެފުލެޓްތަކަކީ ޕާކުކުރެވޭގޮތައް ތަންދެވިގެން ދިން ފުލެޓުތަކެއްކަމަށް އެޗްޑީސީން ބުނި. ނަމަވެސް ހުޅުމާލެއައް މީހުން އާބާދުވެ ، ހުޅުމާލޭގެ މުހިންމުކަން މިހާރު އެނގުނީމަ ހުޅުމާލެ އެއްމެފުރަތަމަ އާބަދުކުރި ރައްޔިތުންނަށް ޖެއްސުންކޮށް ، ފެލުން މިސަރުކާރުން އޮތީ. އެތާގަ ސައިކަލު ބަހައްޓާގެން އެފުލެޓުގަ އުޅޭ އެހެންއެއްވެސް މީހަކަށް އުނދަގުލެއްނުވާނެ ، އެހެންމީހެއްގެ ހައްގެއްވެސް ނުގެއްލޭނެ. އެއީ ވޯކްވޭއެއްވެސްނޫން. ހަމައެކަނި ގުރައުންޑް ފުލެޓަށް ވައްނަތާ ގޭ ދޮރުމަތި އެއީ. މިތާ ކޮމެޓް ކުރަށްވާ ބޭފުޅުންވެސް ހަގީގަތް ނޭންގި ކޮމެންޓް ނުކުރައްވާ. މިސަރުކާރުން އަދި އެޕާޓްމަންޓް ތެރެއައް ސައިކަލުލިޔަސް އިސްޓިކާ ޖަހާނެ. ވީ ކޮށްމެ ގޮތަކަށްވެސް ރައްޔިތުން ފެލުން އޮތީ ، ސަރުކާރު ހިންގަން.

  24. ޣުރަ

    މިހާރު ދެން ގަރުދިޔަ ކައްކާއިރު ލޮނު ނޭޅިއަސް ގޯސްވާނީ ސަރުކާރު! އެހާލަތަށް ގައުމުގެ ބައެއް ރައްޔިތުންގެ ސިނކުޑި އޮތީ ވެއްޓިފަ!