ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށް އެންވެރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްކެވި ވާހަކަތަކުގައެވެ،

ޔޫއެންގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒަރޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތް ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޔޫ އެން ސީ ސީ ޑީ އާއި ކޮމަންވެލްތް ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެމްބަރު ގަމުގެތަކުގެ މެދުގައި މަޝްވާރާކުރެވުނެވެ. އެގޮތުން، މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަޅާ ފިޔަވަޅުތައް ބާރުމިނުގައި ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ހަސަން ވިދާޅުވީ ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.

އެހެންކަމުން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ޤައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެންކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުންގެންދާކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ ޤުދުރަތީގޮތުން ޚާއްސަ ސިފަ ލިބިފައިވާ ތަންތަން ހިމާޔަތްކުރަމުން ގެންދާކަމަށާއި އަދި މި ކަންތައްތައް ހާސިލުކުރުމަށާއި ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާއިރު ރާއްޖެ ފަދަ ބިންތިރި ޤައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިނިސްޓަރ ޑރ. ހަސަން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑުގެ ދިރުންތަކަށް ގެއްލުންލިބޭ ކަމަށާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާކަމަށާއި މިކަންކަން ހައްލުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ފާހަަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރހލބނު

    ޙުސައިން މާފަހުން ތިބުނީލާރިބޭނުންވާވާހަކަ. މިހާރަކު ނެތް ތިޖޫރީހުސްވެއްޖެ. ފައްޔާޒު އިސްމާއީލް އަމީންއާ ޑިޒާސްޓާ މެނޭޖުމަންޓުން ވައްކަންކޮށްފައިވަނީ ތިޖޫރީ ހުސްވާ ވަރުބަލައިގެންނެއް ނޫން. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާއެކަމަކު އަދި މަޑުކޮށްލާ އިދިކޮޅުމީހުން މައިތިރި ވުމުން ގޮތެއްހަދާދޭނަން. މިކޮމެންޓް ޖަހާލަން ކެރޭނެބާ.

  2. ހުސޭނުބޭ

    ބައިތުލްމާލުން އެންމެ މަދުން ކެވުނީ މީނާއަށް! އެހެންވެ ހިލޭ އެހީއޭ ކިޔައިގެން އަވަހަށް ލާރިގަނޑެއް މަޅާލަން އެ ރާވަނީ! މިހާރުވެސް މި އުޅެނީ ހިލޭ އެހީގެ ގޮތުގައި ފޮނުވާފައި ހުރި ތަކެއްޗަށް ވީގޮތް ނޭގިގެން! ދެން ފައިސާއަށް ވާނެގޮތް ވިސްނާލާ!

    10
  3. ކޮކްތެރެޕ

    ތިހެން މާލެ ފެހި ކޮއް ޒީނައްތެރި ކުރުމުގެ ނަމުއިގަސްގެންނަން ކިހާ ފައިސާއެއް ޙަރަދުވިތޯ ކުރިހަރަދުގެ ނަތީޖާ އެއް ފެނުނު ބޭފުޅަކު އެބަ އުޅޭތޯ މިގައުމުގަ އަނެންކާ ގުދްރަތީ ރީތިކަމުގެ ނަމުގައި ކިހާވެރެއް ޙަރަދު އިސްރާފް ކޮއްލަންތޯ ތިޔަ ވިސްނަނީ

  4. އައްޑޫ މީހާ

    ފައިސާ ލިބޭނެ ކަނަބޮޑުނުވޭ ކެވޭވަރު މަދުވީމަ ތިޔަހެންކިޔޭނެ

  5. ޏނ

    އަބަދު ނާށިގަޑު ހިފަ އިގެން ސަލާން ޖަހަނީ.. އަމިއްލަ ފަޢިމައޗަށް ތެދުވެ ނާށިގަޑު ދޫކޮށްލަން ދަސްކޮށްބަލަ..

  6. ރަދީފް ހުސެން

    ބޭރު ގައުމުތަކުންވެސް ފެލަނީ. ހިލޭދޭއެއްޗެއްގެ ރާހަތެއްވެސް އާންމު ރައްޔިތުމީހާޔައްނުކުރެ. ކޮންމެ ދިމާލެއްބެލިޔަސް ވައްކަން. ތިއުޅެނީ ލާރިކޮޅެއް ހޯދައިގެން ޑރ 3ވަނަ ގެސްޓްހައުސް އަޅަން. ގައުމު ތަކުންނާ ޖަމިއްޔާތަކުން މިސަރުކާރު ދެމިއޮތްހާ ހިނދަކު ހިލޭ އެހީ އަދި ލޯނު ދިނުން ހުއްޓާލަންޖެހެ.

  7. ރދ

    މިގަެުމަށް ވަތްހާފައިސާއެއް ވަނީ ތިޔަތަނަށް ކޮބާ އެފަެިސާ